Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޓީސީސީ

އެމްޓީސީސީއިން މ. އަތޮޅުގައި ސްޕީޑް ފެރީގެ ޚިދުމަތް ފަށައިފި

5 ސެޕްޓެމްބަރު 2023 | އަންގާރަ 02:18

ފުރަތަމަ ހަފުތާގައި މި ޚިދުމަތް ދޭނީ ހިލޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 5 ސެޕްޓެމްބަރު 2023 | އަންގާރަ 02:18
އެމްޓީސީސީއިން މ. އަތޮޅުގައި ސްޕީޑް ފެރީގެ ޚިދުމަތް ފެށުން

އެމްޓީސީސީއިން މ. އަތޮޅުގައި ސްޕީޑް ފެރީގެ ޚިދުމަތް ފެށުން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މ. އަތޮޅުގައި ދެމުން އައި ފެރީ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ސްޕީޑް ފެރީ ޚިދުމަތް ފަށައިފިއެވެ.

އެ ކުންފުނިން މި ޚިދުމަތް ފެށީ ހޯމަ ދުވަހުއެވެ. މި ޚިދުމަތުގައި ބޭނުންކުރާ ސްޕީޑް ފެރީތަކަކީ 45 ފަސިންޖަރުންނަށް ދަތުރުކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އުޅަނދުތައް ކަމަށް އެމްޓީސީސީއިން ބުނެއެވެ.

Advertisement - newsAdvertisement

އެމްޓީސީސީއިން މ. އަތޮޅުގެ ހުރިހާ ރަށަކަށް ހަފުތާއަކު ތިން ދުވަހު ފެރީގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ. އަދި ސްޕީޑް ފެރީ ޚިދުމަތުގެ ޝެޑިއުލް އެމްޓީސީސީ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.

އެމްޓީސީސީއިން ބުނީ އެއް ހަފުތާގެ މުއްދަތަކަށް މ. އަތޮޅުގައި ސްޕީޑް ފެރީގެ ޚިދުމަތް ދޭނީ ހިލޭ ކަމަށެވެ. ހިލޭ ދަތުރުކުރެވޭ މުއްދަތުގައި ދަތުރަށް ޖާގަ ހޯދުމަށް ގުޅަން ޖެހެނީ އެމްޓީސީސީގެ ނަންބަރު 7955508 އަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެއް ހަފުތާވަންދެން ހިލޭ ދަތުރުތައް ކުރަނީ އާއްމުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް, އެ ޚިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމަށެވެ. އަދި ކަސްޓަމަރުންގެ ޚިޔާލާ އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ ވެސް މަޤްސަދެއް ކަމަށް އެމްޓީސީސީއިން ބުނެއެވެ.

އެއް ހަފުތާއަށްފަހު މި ފެރީތަކުގައި ދަތުރުކުރެވޭނީ ޓިކެޓް ނަގައިގެންނެވެ. ރަސްމީކޮށް އަގު ނަގައިގެން ޚިދުމަތް ފެށުމާއެކު ޚިދުމަތް ދިނުމަށް ތައްޔާރުކޮށްފައިވާ ވެބްސައިޓް stl.mtcc.mv މެދުވެރިކޮށް އޮންލައިންކޮށް ޓިކެޓް ނެގޭނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

05 މާރިޗު 2017

ފ. އަތޮޅުގައި ރާއްޖެޓީވީގެ ވަގުތީ ބިއުރޯއެއް

05 މާރިޗު 2017
ފ. އަތޮޅުގައި ރާއްޖެޓީވީގެ ވަގުތީ ބިއުރޯއެއް
24 ފެބުރުއަރީ 2017

އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި

24 ފެބުރުއަރީ 2017
އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި
22 ފެބުރުއަރީ 2017

ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް

22 ފެބުރުއަރީ 2017
ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް