Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޅުދުއްފުށި ސިޓީގެ ތަރައްގީ

އަންނަ ދައުރުގައި ކުޅުދުއްފުއްޓަށް ގެންނަވާނެ ބޮޑު ބަދަލު ރައީސް ވިދާޅުވެދެއްވައިފި

ކުޅުދުއްފުށި ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2023 | ހޯމަ 17:43
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ކުޅުދުއްފުށީގައި ވާހަކަފުޅުދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ކުޅުދުއްފުށީގައި ވާހަކަފުޅުދައްކަވަނީ

އަންނަ ދައުރުގައި ކުޅުދުއްފުއްޓަށް ގެންނާނެ ބޮޑު ބަދަލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެދެއްވައިފިއެވެ.

"އުފާވެރި އަމާންރާއްޖެ" ކުޅުދުއްފުށީ ކެމްޕޭން ޖަލްސާފައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ބޮޑުތިލަދުންމަތި ތަރައްގީކުރާއިރު ކުޅުދުއްފުށި ސިޓީއަށް ބޮޑު ބަދަލެއް އަންނަންޖެހޭ ކަމަށެވެ. އެގޮތުން 1000 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށާއި، ކުޅުދުއްފުށި އިތުރަށް ހިއްކެން އޮތް މިންވަރަކަށް ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރައްވާނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ރިކްރިއޭޝަނަލް ސެންޓަރެއް ގާއިމްކޮށްދެއްވާނެ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ކައިރި ރަށްރަށުން ތަކެތި ވިއްކުމަށް އަންނަ ފަރާތްތަކަށް ޚާއްސަކުރެވިގެން ކޮމާޝަލް ބަނދަރެއް ހައްދަވައިދެއްވާނެ ކަމަށާއި، އަދި ސަރުކާރުން މިހާރު ހަދަމުންދާ މަގުތަކާއެކު ބާކީ ހުރި ހުރިހާ މަގުތަކެއް ތަރައްގީކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުނބުރުދުއަކީ އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ހަދައި ބޯޓް ބިލްޑިން މަސައްކަތަކާއި ގުދަންކުރުމާއި ޕެކިން ކުރާ ތަނެއްގެ ގޮތުގައި ތަރައްގީކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުޅުދުއްފުށިން ކްރޫޒްލައިނާތަކަށް ޚިދުމަތް ދޭގޮތަށް ހައްދަވާނެ ކަމަށެވެ. މީގެ އިތުރުން މަގު ހަދާއިރު ރަންވޭ ފަހަތުން ދަތުރުކުރެވޭގޮތަށް އެކްސެސް ރޯޑެއް ހައްދަވާާނެ ކަމަަށާއި، ކުޅުދުއްފުށީ ރައްޔިތުން ދަތުރު ދިއުމަށް ކައިރިން ޕިކްނިކް އައިލެންޑެއް ހައްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ކުޅުދުއްފުށީ ރައްޔިތުން އެދުނު ފަދައިން، ލޯކަލް ޓުއަރިޒަމް ތަރައްގީކުރުމަށް އެ ސަރަހައްދަށް ޚާއްސަ ސްކީމެއް ތައާރަފްކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އަމާޒަކީ އެ ސަރަހައްދުގައި 5000 އެނދު ތަރައްގީކުރެއްވުން ކަމަށެވެ. އަދި ލޯކަލް ޓުއަރިޒަމްގެ ފުޅާކުރުމަށް ކުރާ މަސައްކަތަކާއެކު ހެޔޮ ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ކުޅުދުއްފުށި ސިޓީގެ ހިއްސާ ބޮޑުކޮށް ފުރިހަމަ ބައިވެރިވުން އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ބޮޑު ތިލަދުންމަތީގެ 40 ރަށާއި 1 ސިޓީއަށް ވަޑައިގެންނެވިއްޖެ ކަމަށާއި، 71،000ށްވުރެ ރައްޔިތުން ތިބި ކަމަށާއި، ވޯޓުލާ އާބާދީގެ 40،000ށްވުރެ ގިނަ ރައްޔިތުން އެބަތިބި ކަމަށެވެ. އަދި ވަޑައިގެންނެވުނު ރަށްރަށުން ފެނިގެންދަނީ އެއްބުރުން އިންތިހާބު ކާމިޔާބުކުރެއްވޭނެ ކަން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުރިހާ ރަށްތަކަކުން އެ މަންޒަރު ފެންނަނީ ސަބަބެއް ނެތިއެއް ނޫން ކަމަށެވެ. އެއީ ތަރައްގީއަށް ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ކުރެއްވިފައި ހުރި މަސައްކަތަކާއި، މާޒީގެ ތެރޭގައި ކުރެވިފައިވާ އަނިޔާއާއި ކަޅު ދުވަސްތަކުގެ ތެރެއަށް އަނބުރައި ދާން ބޭނުން ނުވާތީ ކަމަށެވެ. ރައީސް ވިދާޅުވީ ކުރީ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ބޮޑުތިލަދުންމަތީގެ އިގްތިސާދަށް ލޮޅުން އައިކަމަށާއި، ދަރިފުޅަށް ކިޔަވައިދޭންޖެހުނަސް ދާންޖެހުނީ މާލެއަށް ކަމަށެވެ.

ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލާއެކު ބާރުތައް ދޫކުރަމުންދާ ކަމަށާއި، ހންގުމުގެ ބާރާއި ގޮތް ނިންމުމުގެ ބާރު ދޫކުރައްވާނެ ކަމަށެވެ. ކުރިން އެކަން އޮތީ މަރުކަޒު ކުރެވިފައި ކަމަށާއި ލާމަރުކަޒީ ނިޒާމް އޮތީ އޭގެ ބޭނުން ނުހިފޭނެ ގޮތަށް ހަދާފައި ކަމަށެވެ. އަދި ބޭނުންފުޅުވަނީ ކުޅުދުއްފުށި ސިޓީއަށް ހެޔޮ ބަދަލު ގެންނަވަން ކަމަށާއި، އެކަމަށް ބޭނުންވާ ކަންކަން ރާއްވަވާފައި ވާކަމަށެވެ.

ރައީސް ވިދާޅުވީ ވާދަވެރިންގެ ސިޔާސަތަކީ އެއްތަނަކަށް ބާރުތައް ޖަމާކޮށް އިގްތިސާދުވެސް އެއްތަނަކަށް ޖަމާކުރުން ކަމަށެވެ. މިއަދުވެސް މަސައްކަތް ކުރަނީ އެގޮތަށް ކަމަށާއި، އެ ފުރުސަތު ދީފިނަމަ އަނެއްކާވެސް ބާރުތައް ޖަމާކޮށް ހިފަހައްޓާނެ ކަމަށެވެ. ވާދަވެރިން އެންމެ ބޮޑަށް އަމާޒުކޮށް ދައްކާ ވާހަކައަކީ ރާއްޖެ ބަނގުރޫޓްވެދާނެ ވާހަކަ ކަމަށާއި، ދަރާފައިވާ ވާހަކަ ކަމަށެވެ. ރައީސް ވިދާޅުވީ އެއީ ސިޔާސީ ބޭނުމުގައި ދައްކާ ބުހުތާނު ދޮގު ވާހަކައެވެ. ރައީސް ވިދާޅުވީ އެ ބޭފުޅުން ދައްކަނީ 2026 ވަނަ އަހަރު ދައްކަންޖެހޭ ލޯނެއްގެ ވާހަކަ ކަމަށެވެ. އެ 800 މިލިއަން ޑޮލަރުގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ދެއްކުން ފަސްކުރެވޭނެ ފައިސާ ކަމަށެވެ. އަދި 500 މިލިއަން ޑޮލަރުގެ ތެރެއިން ކުރީ ސަރުކާރުން ނަގާފައިވާ ސަނީސައިޑް ބޮންޑަށް 250 މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށާއި، އެ ނުދެއްކިނަމަ ރާއްޖެ ޑީފޯލްޓްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުގެ ސަނީސައިޑް ބޮންޑަށް 250 މިލިއަން ޑޮލަރު ދައްކާފައި ބާކީ ފައިސާ ޚަރަދުކުރީ މުވައްޒަފުންގެ މުސާރައާއި ކޮވިޑް ތެރޭގައި ކޮންމެހެން ކުރަންޖެހުނު ކަންކަން ކުރުމަށް ކަމަށެވެ. އަދި ބާކީ ފައިސާވެސް ދެއްކޭނެ ގޮތްތައް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިހާރުވެސް ބޭރުގެ މާލީ އިދާރާތަކުން ރާއްޖެއަށް ބޭނުންވަރަކަށް ފައިސާ ދޭނެ ކަމަށެވެ. ކެމްޕޭންގެ ތެރޭގައި ވެވަޑައިގަންނަވާ ވައުދުފުޅުތަކަކީ ފައިނޭންސް ކޮށްފައިވާ ކަންކަން ކަމަށާއި، 31 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓުގެ ވައުދުފުޅު ވެވަޑައިގެންފައި ވާކަމަށެވެ.

ރައީސް ވިދާޅުވީ މިއީ އެންމެން އެކީ ކުރިއަށްދާންވީ ވަގުތު ކަމަށެވެ. އަދި އެކީގައި ކުރިއަށް ދެވިއްޖެނަމަ ބޮޑުތިލަދުންމައްޗަކީ ފުދުންތެރި، ހިތްހަމަޖެހޭ އުފާވެރި އާއިލާއެއް ދިރިއުުޅެމުން އަންނަ ތަނަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު