Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިނުގެ ޑިފެންސް މިނިސްޓަރު ވަކިކުރެއްވުން

ޔޫކްރެއިނުގެ ޑިފެންސް މިނިސްޓަރު ބަދަލުކުރައްވަނީ

ދެން އެމަގާމަށް އައްޔަނުކުރައްވަން ޒެލެންސްކީ ބޭނުންފުޅުވަނީ އެގައުމުގެ ޕްރައިވެޓައިޒޭޝަން ފަންޑުގެ އިސްވެރިޔާ، ރުސްޓެމް އުމެރޮވް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 4 ސެޕްޓެމްބަރު 2023 | ހޯމަ 15:49
ޔޫކްރެއިނުގެ ޑިފެންސް މިނިސްޓަރު، ރެޒްނޮވިކް

ޔޫކްރެއިނުގެ ޑިފެންސް މިނިސްޓަރު، ރެޒްނޮވިކް

ޔޫކްރެއިނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ، އެގައުމުގެ ޑިފެންސް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އޮލެކްސީ ރެޒްނިކޮވް މަގާމުން ވަކިކުރައްވައި އެހެން ބޭފުޅަކު އެމަގާމަށް އައްޔަނުކުރައްވަން ނިންމަވައިފިއެވެ.

ޔޫކްރެއިނުގެ ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުން ރެޒްނޮވިކް ވަކިކުރައްވަން ނިންމަވާފައިވާކަން ޒެލެންސްކީ އިއުލާނުކުރައްވާފައި ވަނީ އާދިއްތަ ދުވަހުއެވެ. މިއީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު، ޔޫކްރެއިން-ރަޝިއާ ހަނގުރާމަ ފެށުނުފަހުން އެގައުމުގެ އަސްކަރިއްޔާއަށް ގެނެވޭ އެންމެ ބޮޑު އެއް ބަދަލެވެ.

ޒެލެންސްކީ ވިދާޅުވެފައިވަނީ ދެން އެމަގާމަށް އައްޔަނުކުރައްވަން އެމަނިކުފާނު ބޭނުންފުޅުވަނީ އެގައުމުގެ ޕްރައިވެޓައިޒޭޝަން ފަންޑުގެ އިސްވެރިޔާ، ރުސްޓެމް އުމެރޮވް ކަމަށެވެ. އަދި ރުސްޓެމްއަށް ޑިފެންސް މިނިސްޓަރުކަން ދެއްވުމަށް، މި ހަފުތާ ތެރޭގައި މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ޔޫކްރެއިނުގެ ޑިފެންސް މިނިސްޓަރުކަމާ ރެޒްނިކޮވް ހަވާލުވެވަޑައިގެންފައި ވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. ރެޒްނިކޮވް ވަނީ ހަނގުރާމައަށް ބޭނުންވާ އަސްކަރީ އެހީގެ ގޮތުގައި އެތައް ބިލިއަން ޑޮލަރެއްގެ އެހީ ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިނަށް ހޯއްދަވައިދެއްވާފައެވެ. ނަމަވެސް، އޭނާގެ މިނިސްޓްރީން އެފަންޑުތައް ނަހަމަގޮތުގައި ބޭނުންކުރާކަމުގެ ތުހުމަތުތަކެއްވެސް އަމާޒުވެފައިވެއެވެ.

ޒެލެންސްކީގެ މި ނިންމެވުން އިއުލާނުކުރައްވާފައި މިވަނީ ޔޫކްރެއިނުގެ ސަރުކާރުގެ އިދާރާތަކުގައި ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އެގައުމުން ޔޫރަޕިއަން ޔޫނިއަނާ ގުޅުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނާއި ހަނގުރާމައިގެ ސަބަބުން، އެގައުމުގައި ކޮރަޕްޝަންގެ އަމަލުތަކަށް އާންމުންގެ ނުރުހުން ވަނީ އިންތިހާއަށް އިތުރުވެފައެވެ.

އިތުރަށް ކިޔާލަން

31 މެއި 2017

އެމެރިކާ އިން ކާމިޔާބުކަމާ އެކު މިސައިލް ޑިފެންސް ސިސްޓަމެއް ޓެސްޓްކޮށްފި

31 މެއި 2017
އެމެރިކާ އިން ކާމިޔާބުކަމާ އެކު މިސައިލް ޑިފެންސް ސިސްޓަމެއް ޓެސްޓްކޮށްފި
24 އެޕްރީލު 2017

ތާލިބާނުން ދިން ހަމަލާ އާ ގުޅިގެން އަފްޣާން ޑިފެންސް މިނިސްޓަރާއި އާމީ ޗީފް އިސްތިއުފާ ދެއްވައިފި

24 އެޕްރީލު 2017
ތާލިބާނުން ދިން ހަމަލާ އާ ގުޅިގެން އަފްޣާން ޑިފެންސް މިނިސްޓަރާއި އާމީ ޗީފް އިސްތިއުފާ ދެއްވައިފި
24 އެޕްރީލު 2017

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި
07 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު

07 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު
01 އެޕްރީލު 2017

ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

01 އެޕްރީލު 2017
ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި
07 މާރިޗު 2017

ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި

07 މާރިޗު 2017
ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި
27 ފެބުރުއަރީ 2017

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި
27 ފެބުރުއަރީ 2017

ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު

27 ފެބުރުއަރީ 2017
ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު
14 ފެބުރުއަރީ 2017

ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް

14 ފެބުރުއަރީ 2017
ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު