Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަނޑުވެރިންގެ ކާގޯ ފެރީ

ދަނޑުވެރިން ހައްދާ ތަކެތި ތާޒާކަމާއެކު ތަންތަނަށް ވިއްކަން ފޮނުވޭގޮތަށް ކާގޯ ފެރީގެ ހިދުމަތުގެ ޔަގީންކަން ރައީސް ދެއްވައިފި

ބަނދަރުގެ މައްސަލަ ހައްލުކުރައްވާނެކަމަށް ވިދާޅުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 ސެޕްޓެމްބަރު 2023 | ހޯމަ 07:54
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ހދ. ވައިކަރަދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް ރައްޔިތުން މަރުހަބާ ދަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ހދ. ވައިކަރަދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް ރައްޔިތުން މަރުހަބާ ދަންނަވަނީ

ހދ. ވައިކަރަދޫގެ ދަނޑުވެރިން ހައްދާ ތަކެތި ތާޒާކަމާއެކު ތަންތަނަށް ވިއްކަން ފޮނުވޭގޮތަށް ކާގޯ ފެރީގެ ހިދުމަތް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭނަށް ހދ. ވައިކަރަދޫއަށް ވަޑައިގެން ބޭއްވި "ބަނދަރު ބައްދަލުވުން" ގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވައިކަރަދޫއަކީ އެމްޑީޕީ އަދި އިސްލާހަށް ކުރާ މަސައްކަތުގައި އިސް ސަފުގައި ތިބި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ ރަށަކުން ވެސް މި މަންޒަރު ފެންނަ ކަމަށެވެ. ރައީސް ވިދާޅުވީ މާޒީގައި ދެކެފައިވާ އަނިޔާވެރި ބިރު ނާމާން ދުވަސްތަކަށް ދާން ބޭނުން ނުވެ ތަރައްގީއާއެކު ކުރިއަށްދާން ބޭނުންވާކަން ފެންނަ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ މިދިޔަ 5 އަހަރު ތެރޭގައި ސިޔާސީ ހަމަޖެހުމުގެ ސަބަބުން ރަށްތަކަށް ގެނެސްފައިވާ އުފާވެރިކަމާ ހަމަޖެހުން ފެނިގެންދާ ކަމަށާއި، މާލެއިން ވެސް އެ މަންޒަރު ފެންނަ ކަމަށެވެ. ރައީސް ވިދާޅުވީ ކޮވިޑްގައި ކުރި މަސައްކަތާއެކު 2019 ގައި އިގްތިސާދު އޮތް ހިސާބަށް ދެވިއްޖެ ކަމަށާއި، މިހާރު ގެންނަ ތަރައްގީގެ މަސައްކަތް ނިމޭއިރު ސަރަހައްދީ ގައުމުތަކާ އަޅާ ބަލާއިރު ރާއްޖެ ކުރިއަަރައިގެން ދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ވައިކަރަދޫއަކީ ދަނޑުވެރިކަން ކުރާ ރަށެއް ކަމަށާއި، ބޭނުންވާ ހައްދާ ތަކެތި ތާޒާ ކަންމަތީގައި ވިއްކޭނެ ގޮތް ހެދުން ކަމަށެވެ. އާރުޓީއެލް އިން އެންމެ އެދެވޭ ގޮތަށް އެކަން ނުވި ނަމަވެސް ކާގޯ ފެރީގެ ހިދުމަތް ފެށުމުން އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި އެއާއެކު ދަނޑުވެރިން ހައްދާ ތަކެތި ތާޒާކަމާއެކު ވިއްކާ ލާރިކޮޅު ލިބިގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މައިގަނޑު ސިޔާސަތަކީ އެއްވެސް ރަށެއް ބާކީ ނުކޮށް ފަށާފައިވާ މަސައްކަތްތަކާއެކު ކުރިއަށް ވަޑައިގަތުން ކަމަށެވެ. އިގްތިސާދީ ބޮޑު ބަދަލެއް ގެންނަ އިރުގައި އޭގެ އަމާޒަކީ ފަތުރުވެރިކަމާއި، މަސްވެރިކަމާއި ދަނޑުވެރިކަމަށް ބަދަލު ގެނައުން ކަމަށެވެ. އެގޮތުން މައިކްރޯ ސްކީމަށް ފައިނޭންސް ހޯދޭނެ ގޮތް ހަމަޖައްސައި ދެއްވާނެ ކަމަށާއި، އިންޓްރެސްޓް ރޭޓް ކުޑަ ލޯން ހަމަޖައްސައިދެއްވާނެ ކަމަށެވެ. އަދި ލޯކަލް މާރުކޭޓާއި ރިސޯޓްތަކާއި ބޭރަށް އެތަކެތި ބޭރުކުރެވޭނެ ގޮތް ހައްދަވާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެކަން ސަރުކާރުން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވައިކަރަދޫގެ ތަރައްގީއަށްޓަކައި ރައްޔިތުން ބޭނުންވެފައިވާ ބޯހިޔާވަހިކަމަށް ރޯހައުސް އަޅުއްވައިދެއްވާނެ ކަމަށާއި، ކުމުންދޫގައި ވެސް ބޯހިޔާވަހިކަމަށް ފުލެޓް ނުވަތަ ރޯހައުސްއަޅުއްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ތާރުއަޅާނެ ކަަމަށާއި، ބަނދަރުގެ މައްސަލަ ހައްލު ކުރުމަށް އޮއިދެމޭގޮތަށް ބަދަލު ގެނެސް މޫދަށް އެރޭނެ ތަނެއް ގާއިމްކޮށްދެއްވާނެ ކަމަށެވެ. މީގެ އިތުރުން ސްކޭޓް ޕާކަކާއި، ހާގަ ތަނަވަސް މިސްކިތެއް ވެސް އަޅުއްވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދަނޑުވެރިން ހައްދާ މޭވާ އަދި ތަރުކާރީ ގެންދެވޭނެ ގޮތަށް ކާގޯ ފެރީ ތާރަފްކުރައްވާނެ ކަމަށާއި، ފަތުރުވެރިކަމަށް ތަރައްގީކުރާ އެނދުތަކުގެ ތެރެއިން ވައިކަރަދޫގައި ވެސް އޭގެ ބައެއް ހިމެނިގެންދާނެ ކަަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ބައި ކިލޯ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި

27 އެޕްރީލު 2017
 ބައި ކިލޯ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި
27 އެޕްރީލު 2017

މަސްތުވާތަކެތި އެތެރެކުރި ބޯޓެއްގެ އިންޑިއާ ކެޕްޓަންގެ މައްޗަށް ކުރި އުމުރު ދުވަހުގެ ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި

27 އެޕްރީލު 2017
މަސްތުވާތަކެތި އެތެރެކުރި ބޯޓެއްގެ އިންޑިއާ ކެޕްޓަންގެ މައްޗަށް ކުރި އުމުރު ދުވަހުގެ ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި
23 އެޕްރީލު 2017

އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ އާއި ތަކެތި ވަގަށް ނަގައިފި

23 އެޕްރީލު 2017
އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ އާއި ތަކެތި ވަގަށް ނަގައިފި
16 އެޕްރީލު 2017

1.3 ކިލޯގެ މަސްތުވާތަކެތި ފުުލުހުން އަތުލައިގެންފި

16 އެޕްރީލު 2017
1.3 ކިލޯގެ މަސްތުވާތަކެތި ފުުލުހުން އަތުލައިގެންފި
21 މާރިޗު 2017

ޑޮމެސްޓިކް ފްލައިޓަކުން ދަތުރުކުރި އަންހެނެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި

21 މާރިޗު 2017
ޑޮމެސްޓިކް ފްލައިޓަކުން ދަތުރުކުރި އަންހެނެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު