Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަނދަރު ތަރައްގީކުރުން

ގއ. ގެމަނަފުއްޓާއި ނ. ފޮއްދޫގެ ބަނދަރު ހެނދުމުގެ މަސައްކަތް އެމްޓީސީސީއަށް

3 ސެޕްޓެމްބަރު 2023 | އާދީއްތަ 12:44

ގއ. ގެމަނަފުށީ ބަނދަރުގެ މަޝްރޫއަކީ 70،168،186.44 ރުފިޔާގެ މަޝްރޫއެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 3 ސެޕްޓެމްބަރު 2023 | އާދީއްތަ 12:44
ގއ. ގެމަނަފުއްޓާއި ނ. ފޮއްދޫ ބަނދަރު ހެނދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުން

ގއ. ގެމަނަފުއްޓާއި ނ. ފޮއްދޫ ބަނދަރު ހެނދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުން

ގއ. ގެމަނަފުއްޓާއި ނ. ފޮއްދޫ ބަނދަރު ހެނދުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

އާދިއްތަ ދުވަހު ނ. ފޮއްދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީން ވަނީ އެމްޓީސީސީއާއެކު ސޮއިކޮށްފައެވެ.

Advertisement - newsAdvertisement

މި މަޝްރޫއުގެ ދަށުން ރަށުގެ ބަނދަރު 3.5 މީޓަރު ފުންކޮށް ކޮނުމާއި، ނެރު 4 މީޓަރު ފުންކޮށް ކޮނުމާއި، 20 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރ ޖެހުމާއި، 65 މީޓަރުގެ ނެރުފައިކަށި ޖެހުމާއި، 165 މީޓަރުގެ ސޭންޑްފިލްޑް ބްރޭކްވޯޓަރ ޖެހުމާއި، 60 މީޓަރުގެ ލޯކްރެސްޓެޑް ބޮޑުހިލަ ބްރޭކްވޯޓަރ ޖެހުމާއި، 130 މީޓަރުގެ އެލްބްލޮކް ވާޓަރު ހެދުމާއި، 7 ބަނދަރު ބައްތި ޖެހުމާއި، 2 ނެރު ބައްތި ޖެހުމާއި، 120 މީޓަރުގެ ކޮން ކްރީޓް ޕޭވްމަންޓް ހެދުމާއި، 750 މީޓަރުގެ ޖެޓީއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަކީ 53،754،575.40 (ފަންސާސް ތިން މިލިއަން ހަތް ލައްކަ ފަންސާސް ހަތަރު ހާސް ފަސްސަތޭކަ ހަތްދިހަ ފަސް ރުފިޔާ، ސާޅީސް ލާރީގެ) އަގުހުރި މަޝްރޫއެކެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 390 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

އާދިއްތަ ދުވަހު ގެމަނަފުށީ ބަނދަރު ހެދުމަށްވެސް ވަނީ ހަވާލުކޮށްފައެވެ.

ގއ. ގެމަނަފުށީ ބަނދަރުގެ މަޝްރޫއަކީ 70،168،186.44 (ހަތްދިހަ މިލިއަން އެއްލައްކަ ފަސްދޮޅަސް އަށް ހާސް ސަތޭކަ އަށްޑިހަ ހަ ރުފިޔާ، ސާޅީސް ހަތަރު ލާރީގެ) އަގުހުރި މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން، ރަށުގެ ބަނދަރުތެރެ އަދި އައު ބަނދަރު 3.5 މީޓަރު ފުން މިނަށް ފުންކުރުން, 201 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް، 221 މީޓަރުގެ ސޭންޑްފިލްޑް ބްރޭކްވޯޓަރ، 11 މީޓަރުގެ ސަބްމާޖްޑް ބޮޑުހިލަ ބްރޭކްވޯޓަރ، 405 މީޓަރުގެ އެލްބްލޮކް ވާޓަރު، 39 ބަނދަރު ބައްތި އަދި 2 ނެރު ބައްތި 36 މީޓަރުގެ ކޮންކްރީޓް ޖެޓީ ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ދެ ކޮންޓްރެކްޓުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދ،ި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ ޕަބްލިކް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް