Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިނޭގެ ތަރައްގީ

ފިނޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް، މަގުތައް ޒަމާނީ ފެންވަރަކަށް ހަދާނަން – ރައީސް

3 ސެޕްޓެމްބަރު 2023 | އާދީއްތަ 12:11

ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ގާއިމް ކުރެއްވުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 ސެޕްޓެމްބަރު 2023 | އާދީއްތަ 12:11
ރައީސް ސާލިހް ފިނޭއަށް ވަޑައިގެން، ރައްޔިތުންނާ ސަލާމް ކުރައްވަނީ

ރައީސް ސާލިހް ފިނޭއަށް ވަޑައިގެން، ރައްޔިތުންނާ ސަލާމް ކުރައްވަނީ

ހދ. ފިނޭގެ ބޯހިޔާވަހިކަމަށް ހައްލު ގެނައުމަށް އަންނަ ދައުރުގައި ފުލެޓް އަޅުއްވާނެ ކަމަށާއި، މަގުތައް ޒަމާނީ ފެންވަރަކަށް ހައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ހދ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން، ފިނޭގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ބާކީކޮށްފައި އޮތް ފެނާއި ނަރުދަމާގެ މަސައްކަތް ނިމިއްޖެކަމަށާއި، އިންޖީނުގެއާއި ފެނަކަ އައު އޮފީސް ނިމިއްޖެ ކަމަށެވެ. ރައީސް ވިދާޅުވީ އަދިވެސް އެތައް ކަންތައްތަކާއެކު ފިނޭ ވަނީ ބަދަލުވެފައި ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ މި ގެންނަ ބަދަލުތަކަކީ މީހުންނަށް އިހުސާސް ނުވެދާނެ ކަންކަން ކަމަށެވެ. ފެނާއި ނަރުދަމާ އޮންނަނީ ބިމު އަޑީގައި ކަމަށާއި، އަބަދުވެސް ފެންނަނީ އުސްކޮށް ނަގާފައި ހުންނަ އިމާރާތް ކަމަށެވެ. ރައީސް ވިދާޅުވީ މިކަމުގައި މުހިންމީ މީހާއަށް އަންނަ ބަދަލު ކަމަށެވެ.

ރައީސް ވިދާޅުވީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާމެދު ވިސްނަންޖެހޭ ކަމަށެވެ. އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ބޭފުޅުންނަކީ ކުރީ ސަރުކާރުތަކުގައި ނުފޫޒުގަދަ މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުން ކަމަށާއި، މިހާރު ނުކުމެ ވިދާޅުވަނީ އަނިޔާވެރިކަން ނައްތަވާލައްވައި ހަމަޖެހޭ ތަނަކަށް ހައްދަވާ ވާހަކަ ކަމަށެވެ. ރައީސް ވިދާޅުވީ މިހާރު އެ ވާހަކަ ދައްކަވާ ބޭބޭފުޅުންގެ ސަރުކާރުގައި މީހުން ހިފައި ހައްޔަރުކޮށް ޖަލަށް ލެވުނު ކަމަށެވެ.

ރައީސް ވިދާޅުވީ، ގެންދަވަނީ ހައްލު ހޯއްދަވައިދެއްވައި، ރައްޔިތުންނާ ވާހަކަދައްކަވައިގެން ކަންކަން ކޮށްދެއްވަމުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ކަންކަން ކުރައްވާނީ އެގޮތަށް ކަމަށާއި، ސިޔާސަތަކީ އެއްވެސް ރަށެއް ބާކީ ނުކުރެއްވުން ކަމަށެވެ.

ރައީސް ވިދާޅުވީ، ފިނޭގެ ތަރައްގީއަށްޓަކައި ކުރިއަށް އޮތް ދައުރުގައި ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން މަގުތައް ޒަމާނީ ފެންވަރަށް ހައްދަވައިދެއްވައި، ތާރުއަޅުއްވައި، ބޯހިޔާވަހިކަމަށް ފުލެޓް އިމާރާތްކޮށްދެއްވާނެ ކަމަށެވެ. އަދި ޒުވާނުންނަށް ކުޅިވަރުކުޅޭނެ ވަސީލަތައް ގާއިމްކޮށްދެއްވައި، މޫދަށް އެރޭނެސަރަހައްދެއް ހައްދަވައިދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އިތުރު ކަންކަން ކައުންސިލާ ވާހަކަދައްކަވައިގެން ހުށަހަޅުއްވާނެ ކަމަށާއި، ރައްޔިތުން އެދޭ ކަންކަން ކޮށްދެއްވާނެ ކަމަށެވެ.  

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް