Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދައުލަތުގެ އާމްދަނީ އިތުރުކުރުން

ދައުލަތުގެ އާމްދަނީ 10 އަހަރުތެރޭގައި 50 ބިލިއަން އަށް އަރާނެ: ރައީސް ސާލިހު

3 ސެޕްޓެމްބަރު 2023 | އާދީއްތަ 07:10

ޒުވާނުން ތަމްރީން ކުރަން ވަނީ ފެށިފައި، ރާއްޖެ އަށް ބޮޑު ހެޔޮ ބަދަލެއް އަންނާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 3 ސެޕްޓެމްބަރު 2023 | އާދީއްތަ 07:10
ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރިޔާސީ ބަހުސް 2023ގެ ތެރެއިން

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރިޔާސީ ބަހުސް 2023ގެ ތެރެއިން

ދައުލަތުގެ އާމްދަނީ 10 އަހަރު ތެރޭގައި 50 ބިލިއަން އަށް އަރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ރިޔާސީ ބަހުސްގައި ރައީސް ސާލިހު ވިދާޅުވީ، ވޯޓުދޭއިރު ވޭތުވެދިޔަ 20 އަހަރު ރާއްޖެ ކަނޑައްތު ކުރި ދުވަސްތަކާއި ދޭތެރޭގައި ފުންކޮށް ވިސްނަން ޖެހޭކަމަށެވެ.

Advertisement - newsAdvertisement

ރައީސް ސާލިހު ވިދާޅުވީ 2018 ވަނަ އަހަރު ރައްޔިތުން އެމްޑީޕީއާއި ސަރުކާރު ހަވާލުކުރުމުން ގިނަ މަސައްކަތްތަކެއް އެއްފަހަރާ ކުރަންޖެހުނު ކަމަށެވެ.

އެގޮތުން 141 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމާއި، 152 ރަށަކަށް ކަރަންޓުގެ ޚިދުމަތް ދިނުމާއި، އިންޖީނުތައް އިމާރާތްކޮށް، އަޕްޑޭޓް ކުރުމާއި، ނެޓްވޯކް އެޅުމާއި، 125 ރަށަކަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ހައްލު ގެނެސްދިނުމުގެ އިތުރުން ފުރަތަމަ އަހަރު 127 ރަށަކަށް އެމްބިއުލާންސް ފޮނުވަން ޖެހުނު ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިހު ވިދާޅުވީ ހިލޭ ޑިގްރީ އާއި ސްކޮލާރޝިޕް ދެވި، ޒުވާނުން ތަމްރީން ކުރަން ފެށިފައިވާ ކަމަށާއި، ރާއްޖެ އަށް ބޮޑު ހެޔޮ ބަދަލެއް ގެނެވުނު ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މިހެޔޮ ބަދަލުގެ ހެޔޮ އަސަރު ގައުމުން ވެސް ފެނިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ޕޭ ހާމަނައިޒް ކުރެވި، މިނިމަމް ވޭޖް ކަނޑައެޅި، ސާވިސް ޗާޖް ކަނޑައެޅި، ހަމަހަމަކޮށް ދެ ޖިންސަށް ފުރުސަތުތައް ލިބެމުންދާ ކަމަށެވެ. ފޮރިން ސާވިސްގައި އެމްބެސިޑަރުންނާއި ހައި ކޮމިޝަނަރުންގެ ގޮތުގައި ދެ ޖިންސުންވެސް ހަމަހަމަ މިންވަރަށް މުވައްޒަފުން ތިބިކަން ފާހަގަކުރައްވާ ރައީސް ސާލިހު ވިދާޅުވީ، ކެބިނެޓްގައި 33 އިންސައްތަ އަކީ އަންހެނުންކަމަށާއި، މި ސަރުކާރުން އިގްތިސާދު ދެ ގުނަ ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު، ރާއްޖޭގެ އިކޮނޮމީގެ ސައިޒް އަކީ 81 ބިލިއަން ރުފިޔާ ކަމަށާއި، 2028 ވަނަ އަހަރު އަންނައިރު އެމިންވަރު ދެ ގުނަވެ 170 ބިލިއަން އަށް އަރާނެ ކަމަށެވެ. އަދި ސަރުކާރާއި ހަވާލުވެވަޑައިގެންނެވިއިރު، ދައުލަތުގެ އާމްދަނީ އަށް ލިބެމުން އައީ 22 ބިލިއަން ރުފިޔާކަމަށާއި އެ އަދަދު 10 އަހަރު ތެރޭގައި 50 ބިލިއަން އަށް އަރާނެ ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.

2013 އިން 2018ގެ ވެރިކަމަށް އިޝާރާތް ކުރަައްވައި ރައީސް ސާލިހު ވިދާޅުވީ އެދުވަސްވަރު ރައްޔިތުން 5 އަހަރު ހޭދަކުރީ އަނިޔާވެރިކަމާއި، ބިރުވެރިކަމާއި، ހަމަނުޖެހުމާއި، ސިޔާސީ ހަލަބޮލިކަމުގައި ކަމަށެވެ. ވެރިންނާއި، ސިޔާސީ ލީޑަރުން ޖަލައްލުމާއި ކުރިމަތިލާން ޖެހުނު ކަމަށާއި ބަސްބުނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވެސް އެ ވެރިކަމުގައި ނެތްކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުން އެތައް އަނިޔާވެރިކަމެއް ތަހައްމަލްކޮށްފައިވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
06 ފެބުރުއަރީ 2017

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް