Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ޚާރިޖީ ސިޔާސަތު

"ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮންނާނީ އިސްއުފުލޭ ސިޔާސަތެއްގެ ގޮތުގައި، ބަސް ކިޔާނީ އަޅުގަނޑުމެން"

3 ސެޕްޓެމްބަރު 2023 | އާދީއްތަ 02:20

ފާއިތުވި 5 އަަހަރު 180 އަށް ވުރެ ގިނަ ޤައުމާއި އެކުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 3 ސެޕްޓެމްބަރު 2023 | އާދީއްތަ 02:20
2023 ވަނަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަނީ

2023 ވަނަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަނީ

ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮންނާނީ އިސް އުފުލޭ ސިޔާސަތެއްގެ ގޮތުގައި ކަމަށާއި ޚާރިޖީ ކަންކަމާއި ބަސްކިޔާނެ ބަޔަކީ އަޅުގަނޑުމެން ދިވެހިން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަހުސްގައި ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޚާރިޖީ ސިޔާސަތު މިހާރުވެސް ބައްޓަންކޮށް ކުރިއަށް ގެންދަނީ ޑިމޮކްރަސީ ކުރިއަރުވާ އިންސާނީ ޙައްޤުތައް ކުރިއެރުވޭނެ ގޮތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމުގައި ޤައުމުތަކާއި އެކުގައި މަސައްކަތް ކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ފާއިތުވި 5 އަަހަރު 180 އަށް ވުރެ ގިނަ ޤައުމާއި އެކުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރެވި، 80 އަށް ވުރެ ގިނަ ޤައުމަށް ވިސާއާ ނުލާ ދަތުރުކުރެވެން ފަށާފައިވާ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އަރަބި ޤައުމުތަކާއި އެކުގައި ގުޅުން ކަނޑާލާފައި އޮތް އޮތުން ބަދަލުކޮށް، ކޮމަންވެލްތަށް އަލުން ރުޖޫއަވެ، ޔޫރަޕިއަން ޔޫނިއަނާ އެކު ގާތް ގުޅުމެއް މި ދައުރުގެ ތެރޭގައި އުފެދިގެން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިނގިރޭސިވިލާތާއެކު ފްރީޓްރޭޑް އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ޞާލިހު ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރައްވާނީ ރާއްޖެ އަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން ހީނަރުކަމަށް ބުނާ ވާހަކަތަކަށް ވެސް އެމަނިކުފާނު ވަނީ ރައްދުދެއްވާފައެވެ. ޗައިނާއާ އެކުގައި އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. މިހާރުވެސް ޗައިނާ އިން ރާއްޖެ އަށް ގިނަ އެހީތައް ލިބޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އައްޑޫގައި ހިންގާ ޓުއަރިޒަމް ޕްރޮޖެކްޓް ވެސް ހިންގަނީ ޗައިނާގެ ކުންފުންޏަކުން ކަމަށެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ޗައިނާ އިން ރާއްޖޭގައި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ކާމިޔާބުކަމާއެކު ޤާއިމްކޮށްފައި ވަނިކޮށް ތިލަމާލެ ބްރިޖުގެ މަސައްކަތް އިންޑިއާގެ ކުންފުންޏަކާއި ހަވާލުކުރެއްވީ ކީއްވެތޯ ގިނަ ބަޔަކު ދަންނަވަމުންދާ ސުވާލަށް ޖަވާބުދެއްވާފައެވެ. ރައީސް ވިދާޅުވީ ތިލަމާލެ ބްރިޖްގެ މަސައްކަތަކީ އެގްޒިމް ފައިނޭންސްގެ ދަށުން ހިންގާ ޕްރޮޖެކްޓަކަށް ވުމުން އެ ޕްރޮޖެކްޓް ހިންގަން ޖެހެނީ ފައިސާ ދޭ ޤައުމުގެ ކުންފުންޏަކުން ކަމަށެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ އިންޑިއާ ފަރސްޓް، ވަން ޗައިނާ ސިޔާސަތު ކަމަށާއި، އެއީ ހެނދުނު ފުރައްސާރަކޮށް، ހަވީރު ފިރުމާގޮތަށް އޮތް ސިޔާސަތެއް ނޫން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
09 ފެބުރުއަރީ 2017

އެމްޑީޕީ އޮންނާނީ ރައީސް ނަޝީދާއެކުގައި، ރިޔާސީ ކެންޑިޑޭޓަކީވެސް ނަޝީދު: ނިޒާރު

09 ފެބުރުއަރީ 2017
އެމްޑީޕީ އޮންނާނީ ރައީސް ނަޝީދާއެކުގައި، ރިޔާސީ ކެންޑިޑޭޓަކީވެސް ނަޝީދު: ނިޒާރު
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް