Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެފްއޭއެމް

އެފްއޭއެމް ހިންގުމުގައި ފެއިލްވެ، ކުރާ ވައްކަމާއި، ހިންގާ ކޮރަޕްޝަން!

ބައްސާމްގެ ނަމުގައި ވަނީ ގްލޭޒިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑު ނަމަކަށް ކިޔާ ކުންފުންޏެއް ރަޖިސްޓްރީ ކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2023 | ހޮނިހިރު 15:27
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ބައިކޮޅަށް ކުޅެވޭ ކަމަށް އެއްބަސްވީ ނަމަވެސް އިސްތިއުފާ ދޭން ދެކޮޅު ހަދައި

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ބައިކޮޅަށް ކުޅެވޭ ކަމަށް އެއްބަސްވީ ނަމަވެސް އިސްތިއުފާ ދޭން ދެކޮޅު ހަދައި

މި ވާހަކަތައް ފަށަން ބޭނުންވަނީ 2018 ވަނަ އަހަރާ ހަމައިންނެވެ. ރާއްޖޭގެ އެއް ވަނަ ކުޅިވަރު ކަމަށްވާ ފުޓުބޯޅައިގެ މައި އިދާރާ، އެފްއޭއެމްގެ ތެރޭގައި ހުރި މައްސަލަތަކުގެ ވާހަކަ މީހުން އަބަދު ވެސް ދައްކަ އެވެ. އެންމެ ފުރަތަމަ ފެންމަތިވެގެން އައީ 2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ކެމްޕެއިން ހަރަކާތްތައް އެފްއޭއެމް ތެރޭގައި ހިންގެވި ވާހަކަ އެވެ. ރައީސް ޔާމީންގެ އަނބިކަނބަލުން އިސްވެ ހުންނަވައި، ކެމްޕެއިންގެ އެކި އެކި ހަރަކާތްތައް އެފްއޭއެމް އެތެރޭގައި ހިންގި ކަމަށް ބުނާ ވާހަކަ އަކީ އޭގައި ތެދުތަކެއް އެކުލެވިގެންވާ ވާހަކަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ކޮރަޕްޝަންގެ އެކި އެކި ވާހަކަތައް އެފަހުން އައީ ފެންމަތިވަމުންނެވެ. ބައްސާމާ ގުޅޭ ކޮރަޕްޝަނާއި، ވައްކަމުގެ ވާހަކަތައް ފުޓުބޯޅައިގައި އުޅޭ މީހުންނާއި، އާންމު ރައްޔިތުން ވެސް ދައްކަ އެވެ. އެފްއޭއެމްގެ ފައިސާ ބައްސާމްގެ އަމިއްލަ ކަންކަމަށް ބޭނުން ކުރާ ކަމަށް ކުރެވޭ ތުހުމަތަކީ އައު ތުހުމަތެއް ވެސް ނޫނެވެ. ނަމަވެސް، އެ ވާހަކަތަކަށް ބައްސާމް ދެކޮޅު ހައްދަވަ އެވެ. ދޮގު ކުރައްވަ އެވެ. ނަމަވެސް، އޭގެން ބައެއް ވާހަކަތައް އެކި ކަންކަމާ ގުޅުވާލެވެ އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ބިޒްނަސް ޕޯޓަލް އިން ފެންނަން އޮތް ގޮތުގައި ބައްސާމްގެ އަމިއްލަ ވިޔަފާރި އެއް އެބަ އޮތެވެ. ބައްސާމްގެ ނަމުގައި ވަނީ ގްލޭޒިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑު ނަމަކަށް ކިޔާ ކުންފުންޏެއް ރަޖިސްޓްރީ ކޮށްފަ އެވެ. އެއީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު ހުއްދަ ދީފައިވާ ކުންފުންޏެއް ކަމަށް ފެންނަން އޮވެ އެވެ. އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރަކީ ބައްސާމް އެވެ. ބޯޑު އޮފް ޑައިރެކްޓަރުންނަށް ތިއްބެވީ ބައްސާމާއި، އޭނާގެ އަނބިކަނބަލުން އައިމިނަތު މައުރީން އެވެ. ހިއްސާދާރުންގެ ގޮތުގައި ތިއްބެވީ ވެސް އެ ދެމަފިރިންނެވެ.

އެ ކުންފުނީގެ ނަމުގައި ތިން ވިޔަފާރީއެއް ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އެއީ މިނޫޝިއާ، މިނޫޝިއާ ބައި ބީޗް އަދި ލެއޫރް އެވެ. މިނޫޝިއާ އޮންނަނީ ރެސްޓޯރެންޓެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފަ އެވެ. އަދި ލެއޫރް އޮތީ ސެލޫން ވިޔަފާރީއެއްގެ ގޮތުގަ އެވެ. މި ތަންތަނަށް ހުއްދަ ދީފައި ވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހު އަދި ސެޕްޓެމްބަރު މަހު އެވެ.

މިއީ ބައްސާމް އެފްއޭއެމް މެދުވެރިކޮށް ހިންގާފައިވާ ޚިޔާނާތާއި، ވައްކަން މެދުވެރިކޮށް ކުރަމުން އަންނަ ވިޔަފާރިތަކެއް ކަމަށް ރަށު ތެރޭގައި އަބަދު ވެސް ދެކެވެ އެވެ. އަޑެއް ކިޔައިފިއްޔާ ރެނދޭން ނުލާންވީ ސަބަބެއް ނެތެވެ. މިކަންކަން ގުޅުވާލެވެނީ އެފްއޭއެމްގެ ރައީސްކަމުގައި ބައްސާމް ހުންނަވައިގެން، ފައިސާތަކަށް ވަމުންދާ ގޮތް ފެންނަން ނެތުމާ އެވެ.

މި ނޫން ވެސް އެހެން ވާހަކަތައް ރަށު ތެރޭގައި ދަނީ ދެކެވެމުންނެވެ. ދާދި ފަހުން ބައްސާމް އަގު ބޮޑު މަސް ލޯންޗެއް ބައްލައިގެން އުޅުއްވާ ކަމަށް ވެސް ވާހަކަ ދެކެވެ އެވެ. މީގެ އިތުރުން ލަގްޒަރީ ފެންވަރުގެ އެޕާޓްމަންޓް ބައްސާމް ބައްލަވައި ގަތުމާއި، ރިސޯޓެއް ތަރައްޤީ ކުރުމަށް ފައިސާ ޚަރަދު ކުރާ ކަމަށް ވެސް ވާހަކަ ދެކެވެ އެވެ. އެ ރިސޯޓަށް ބައްސާމްގެ ވަކި ހިއްސާއެއް އޮންނަ ކަމަށް ދެކެވޭއިރު، އެ މަސައްކަތަށް އޭނާ 30 މިލިއަން ރުފިޔާ އިންވެސްޓު ކޮށްފައިވާ ކަމުގެ އަޑުތައް މަދުން ނަމަވެސް އިވެ އެވެ.

އެފްއޭއެމްގެ ރައީސްކަމުގައި ހުންނަވައި ފެއިލްވި ކަމަށް ބައްސާމް ޤަބޫލު ނުކުރައްވަ އެވެ. ވިދާޅުވަނީ ކުލަބުތަކުގެ އިތުބާރު އޭނާ އަށް އޮތް ކަމަށެވެ. ބައެއް ހޯދުންތަކުން އިނގެން އޮތް ގޮތުގައި ބައެއް ކުލަބުތަކުގެ އިސްވެރިން އުޅުއްވަނީ ބައްސާމްގެ ޚަރަދުގަ އެވެ. ބައެއް ބޭބޭފުޅުންނަށް ބައްސާމް އެޕާޓްމަންޓް ގަނެދީފައިވާ ކަމަށް ވާހަކަ ދެކެވޭ އަޑުއިވޭއިރު، އަނެއް ބައި ބޭފުޅުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ދޭ ކަމަށް ދެކެވެ އެވެ. އާޚިރުގައި ކުލަބުތަކުގެ ކުޅުންތެރިން އުޅެން ޖެހެނީ މުސާރަ ލިބޭނެ ގޮތެއް ވެސް ނެތި އެވެ.

ބައްސާމް އުޅުއްވަމުން ގެންދަވާ މުއްސަނދި ދިރިއުޅުމުގެ ވާހަކަ އޭރު ވެސް، އަދި މިހާރު ވެސް ދެކެވެ އެވެ. ބައްސާމް ރާއްޖޭގައި އުޅުއްވާ ދުވަސްތަކަށްވުރެ ގިނައީ، ރާއްޖެ އިން ބޭރުގެ އެކި އެކި ޤައުމުތަކުގައި އުޅުއްވާ ދުވަސްތަކެވެ. މިއީ އާންމު ރައްޔިތުންހެން އެންމެން މިއަދު ދައްކަމުން އަންނަ ވާހަކަ އެވެ.

މީގެ ކުރިން އަމިއްލަ ވިޔަފާރި އާއި މުއްސަނދި ކަމެއް ލިބިވަޑައިގެން ނެތް ބައްސާމް، މި ހުރިހާ ކަމެއް އެފްއޭއެމްގެ ރައީސްކަމަށް ވަޑައިގެން ފަހުން ކުރެއްވުމުން ގިނަ މީހުންގެ ތުހުމަތުގެ އިނގިލި އޭނާ އަށް އަމާޒުވެ އެވެ. ނަމަވެސް ކޮންމެ ފަހަރަކުމެ ބައްސާމް މި ވާހަކަތަކާ ދެކޮޅު ހައްދަވައިފަ އެވެ. ކޮރަޕްޝަނެއް ނުވަތަ ވައްކަމެއް ކުރުމަށްފަހު އަމިއްލަ އަށް އެއްބަސްވާނީ ފަހެ ކާކު ހެއްޔެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ވިޔަފާރިއަށް ފަހި މާޙައުލެއް ޤާއިމްކުރުމުގައި މިނިސްޓަރ ސަޢީދު ފެއިލްވެއްޖެ

ވިޔަފާރިއަށް ފަހި މާޙައުލެއް ޤާއިމްކުރުމުގައި މިނިސްޓަރ ސަޢީދު ފެއިލްވެއްޖެ

05 އެޕްރީލު 2018
ދެ ކިޑްނީ ފެއިލްވެފައިވާ މަންމައެއް، އެދެނީ ދީލަތި އެހީތެރިކަމަށް

ދެ ކިޑްނީ ފެއިލްވެފައިވާ މަންމައެއް، އެދެނީ ދީލަތި އެހީތެރިކަމަށް

26 ޖެނުއަރީ 2018
ރައީސް ޔާމީންގެ ފެއިލްވެފައިވާ ބޯހިޔާވަހިކަމުގެ ވައުދު

ރައީސް ޔާމީންގެ ފެއިލްވެފައިވާ ބޯހިޔާވަހިކަމުގެ ވައުދު

16 ޖެނުއަރީ 2018
އިންސާފު ޤާއިމްކުރުމުގައި ސުޕްރީމް ކޯޓު ވަނީ ފެއިލްވެފައި!؟

އިންސާފު ޤާއިމްކުރުމުގައި ސުޕްރީމް ކޯޓު ވަނީ ފެއިލްވެފައި!؟

07 ޖެނުއަރީ 2018
ފުޓުބޯޅައަށް އިންޤިލާބެއް ގެންނަން ބުނި އެފްއޭއެމްގެ ލީޑަރޝިޕް ފެއިލްވެއްޖެ!

ފުޓުބޯޅައަށް އިންޤިލާބެއް ގެންނަން ބުނި އެފްއޭއެމްގެ ލީޑަރޝިޕް ފެއިލްވެއްޖެ!

08 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު