Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ސާލިހު - ފަށާއިރު

ކޮންމެ ކަމެއްގައި ނުކުމެ ސަރުކާރާ ދެކޮޅުވުމަކީ އަދި ޑިމޮކްރަސީއެއް ނޫން: ރައީސް

އެމަނިކުފާނު އެންމެ ފަޚުރުވެރިވާ ކަމަކީ ހިލޭ ޑިގްރީގެ ދަށުން ޒުވާނުންނަށް ފަހިކޮށްދެއްވި ފުރުސަތުތައް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 ސެޕްޓެމްބަރު 2023 | ހޮނިހިރު 03:49
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަނީ

ކޮންމެ ކަމެއްގައި ނުކުމެ ސަރުކާރާ ދެކޮޅުވުމަކީ އަދި ޑިމޮކްރަސީއެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރަށް ނިސްބަތްވާ މެމްބަރުން މަސައްކަތް ކުރައްވަންވާނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރެއްވުމަށް ކަމަށެވެ.

އެމަނިކުފާނު މެމްބަރުކަމުގައި ހުންނެވިއިރުވެސް އެ ރޫހުގައި މަސައްކަތް ކުރައްވާފައި ވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މެނިފެސްޓޯ ތަންފީޒުކުރުމަށްޓަކައި މަޖިލީހުގެ މެޖޯރިޓީ ސަރުކާރާ އެއްކޮޅަށް އޮތުން މުހިއްމު ކަމަށާއި، މަޖިލީހުން އެ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ.

މިސާލެއްގެ ގޮތުން ރައީސް ވަނީ، ކޮވިޑުގެ ބަލިމަޑުކަމުގެ ހާލަތަށް އަލިއަޅުއްވާލައްވާފައެވެ. މިއަދު މަޖިލީހާއި، ވިޔަފާރިވެރިންނާއި، ދީނީ އިލްމުވެރިންނާއި، ސިއްހީ އަދި އެކި ދާއިރާތަކުގެ އެހީގައި އެކަމުން އަރައިގަނެވިފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަލްޓި ޕާޓީ ޑިމޮކްރަޓިކް ނިޒާމެއްގައި މަޖިލީހުގެ މެޖޯރިޓީ ސަރުކާރާ އެއްކޮޅަށް އޮތުން މުހިއްމު ކަމަށެވެ.

އޭގެ އިތުރުން، ކޮންމެ ކަމެއްގައި ނުކުމެ ސަރުކާރާ ދެކޮޅުވުމަކީ އަދި ޑިމޮކްރަސީއެއް ނޫންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

ސަރުކާރުން ގިނަ މަސައްކަތްތައް ކުރެވިފައިވާއިރު އެމަނިކުފާނު އެންމެ ފަޚުރުވެރިވެވަޑައިގަންނަވާ ކަމަކީ ހިލޭ ޑިގްރީގެ ދަށުން ޒުވާނުންނަށް ފަހިކޮށްދެއްވި ފުރުސަތުތައް ކަމަށް ރައީސް ވިދާޅުވިއެވެ.

ދެވަަނަ ކަމެއްގެ ގޮތުން ރައީސް ފާހަގަކުރެއްވީ މުޖުތަމައުގެ އަމަންއަމާންކަން ގާއިމުކުރުމަށް ސަލާމަތީ ބާރުތައް މެދުވެރިކޮށް ކުރެވުނު މަސައްކަތްތަކެވެ. އެ މަސައްކަތުގެ ދަށުން މަގުމަތީގެ އަމާންކަން ގާއިމު ކުރެއްވުނުކަން ރައީސް ފާހަގަކުރެއްވިއެވެ.

ދައުރުތެރޭގައި ބޭނުންފުޅުވެ، ނުކުރެއްވުނު އެއް ކަމަކީ ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތެއްކަމަށްވާ އައިޖޯއައިޖީ ބޭއްވުން ކަމަށާއި، ދެވަނަ ދައުރެއްްގައި އެކަން ކުރައްވާނެކަމަށް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓް ދެއްވާއިރު އެމްޑީޕީގެ ސިޔާސަތުތަކާއި އެހެން ކެންޑިޑޭޓުންގެ ސިޔާސަތުތައް މިނެކިރަންޖެހޭނެ ކަމަށާއި، އަދި އެމްޑީޕީން ގެންގުޅޭ ސިޔާސަތުތައް އެހެން އެއްވެސް ބޭފުޅަކަށް ހުށަނޭޅުއްވޭނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން

08 މާރިޗު 2017
މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން
22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!
16 ފެބުރުއަރީ 2017

މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

16 ފެބުރުއަރީ 2017
މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު