Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯނާއި ރާއްޖެއަށް ލިބޭ ބޭރުގެ އެހީ

ލޯނަކީ ރަނގަޅަށް އިންވެސްޓް ކޮށްފިނަމަ ދަރަންޏެއްގެ ގޮތުގައި ބެލޭނެ އެއްޗެއް ނޫން: ރައީސް ސާލިހު

2 ސެޕްޓެމްބަރު 2023 | ހޮނިހިރު 05:29

ގައުމުގެ އިގްތިސާދާއި ރިޒާވަށް ބެލުމަށްފަހު، ލޯނަކީ ބައެއް ފަހަރު ނަގަންޖެހޭ އެއްޗެއް

އަމްނާ އިމާދު
އަމްނާ އިމާދު | 2 ސެޕްޓެމްބަރު 2023 | ހޮނިހިރު 05:29
ފަށާއިރު ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވާހަކަފުޅުދައްކަވަނީ

ފަށާއިރު ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވާހަކަފުޅުދައްކަވަނީ

ލޯނަކީ ރަނގަޅަށް އިންވެސްޓް ކޮށްފިނަމަ ދަރަންޏެއްގެ ގޮތުގައި ބެލޭނެ އެއްޗެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ، ގައުމުގެ އިގްތިސާދާއި ރިޒާވަށް ބެލުމަށްފަހު، ލޯނަކީ ބައެއް ފަހަރު ނަގަންޖެހޭ އެއްޗެއް ކަމަށެވެ. އަދި އެ ލޯނު ރަނގަޅަށް އިންވެސްޓް ކުރާނަމަ އެއީ ދަރަންޏެއް ކަމަށް ނުބެލެވޭނެ ކަމަށެވެ. ނަމަވެސް އެލޯނުން ފައިސާ ނަގައި ޚަރަދުތައް ކުރާނަމަ އެއިން ނޭދެވޭ އަސަރެއް ކޮށްފާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ހާލަތަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، މި ސަރުކާރުން ލޯނު ނެގީ ކޮވިޑްގެ ހާލަތާ ގުޅިގެން ދައުލަތުގެ ރިޒާވްގައި ފައިސާ މަދުވެ، މަޖުބޫރުވުމުން ކަމަށެވެ. އެ ހާލަތުގައި ވިޔަފާރިވެރިންގެ ޚިޔާލު ހޯއްދެވިކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ އެދުވަސްވަރު ލޯނު ނުނެގިނަމަ ރާއްޖޭގެ އިގްތިސާދު ނުހިފެހެއްޓޭނެ ކަމަށާއި، މުޅި ރާއްޖެ އިނދަޖެހިދާނެ ކަމުގެ ބިރު އޮތްކަމަށެވެ.

ރައީސް ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރަމުންދާ ގޮތް ކޮންމެ ހަފުތާއަކު ހާމަކުރަމުން ގެންދާ ކަމަށާއި، އެފައިސާ އަނބުރާ ދައްކާނެ ގޮތްތައް ވަރަށް ތަފްސީލުކޮށް ލިޔެފައިވާ ކަމަށެވެ. އަދި ދައުލަތުގެ އާމްދަނީ ކުރިއަރާވަރަށް ބަލާއިރު އެއްވެސް ކަހަލަ ދައްޗެއް ނެތް ކަމަށާއި، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ލޯނުގެ ބޮޑުބައެއް ދައްކައި ނިންމާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބޭރުގެ ގައުމުތަކުގެ ހިލޭ އެހީއަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، ކުރިއާއި މިހާރަށް ބަލާއިރު ހިލޭ އެހީ ލިބޭ މިންވަރު މިހާރު މަދު ކަމަށެވެ. ނަމަވެސް މިހާރު އެހީ ލިބޭ ގައުމުތައް އިތުރުވެފައިވާ ކަމަށާއި، ރާއްޖެއަކީ ޕްރޮމޯޓް ވެފައިވާ ގައުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ މިއަދު ޑިވެލޮޕިންގ ގައުމެއް ކަމަށެވެ. އެގޮތުން މިހާރު ވެސްޓަރން ޔޫރަޕިއަން ގައުމުތަކުންނާއި، ގަލްފުގެ ގައުމުތަކުން އަދި މިޑްލް އީސްޓްގެ ގައުމުތަކުން އެހީ ލިބޭކަން ރައީސް ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

މަސީޙު ވަކިނުކޮށްފިނަމަ އަންނަން އޮތް ޖީލުތައް މަޢާފެއް ނުކުރާނެ، ވޯޓު ނުދޭ މެންބަރުންނަށް ތާޢީދެއް ނުކުރާނަން: މަޢުމޫން

26 މާރިޗު 2017
މަސީޙު ވަކިނުކޮށްފިނަމަ އަންނަން އޮތް ޖީލުތައް މަޢާފެއް ނުކުރާނެ، ވޯޓު ނުދޭ މެންބަރުންނަށް ތާޢީދެއް ނުކުރާނަން: މަޢުމޫން
21 މާރިޗު 2017

ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

21 މާރިޗު 2017
ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި
10 މާރިޗު 2017

ރާއްޖޭގައި ބިޔަ ބޮޑު މަޝްރޫއެއްގައި އިންވެސްޓްކުރަން ނޫޅެން: ސައުދީ އެމްބަސީ

10 މާރިޗު 2017
ރާއްޖޭގައި ބިޔަ ބޮޑު މަޝްރޫއެއްގައި އިންވެސްޓްކުރަން ނޫޅެން: ސައުދީ އެމްބަސީ
19 ފެބުރުއަރީ 2017

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް
18 ފެބުރުއަރީ 2017

ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި

18 ފެބުރުއަރީ 2017
ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި
13 ފެބުރުއަރީ 2017

މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

13 ފެބުރުއަރީ 2017
މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް
13 ފެބުރުއަރީ 2017

އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން

13 ފެބުރުއަރީ 2017
އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން
11 ފެބުރުއަރީ 2017

މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު

11 ފެބުރުއަރީ 2017
މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް