Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުފާވެރި މާލެ

މާލޭގެ މަގުތައް ވިއްކައި، ލާރި ނަގައިގެން ކެމްޕޭން ކުރަން ފުރުސަތެއް ނޯންނާނެ - ރައީސް

ބޮޑެތި ފަޅުތަކާއި ރަށްތައް ވިއްކެވި ގޮތަށް މިއަދު މާލޭގެ މަގުތައް ވިއްކަވައި ހުސްކުރައްވައިފި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 2 ސެޕްޓެމްބަރު 2023 | ހޮނިހިރު 02:13
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، އުފާވެރި މާލެ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، އުފާވެރި މާލެ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ

މާލޭގެ މަގުތައް ވިއްކައި ލާރި ނަގައިގެން ކެމްޕޭން ކުރަން ފުރުސަތެއް ނޯންނާނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

"އުފާވެރި މާލެ" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ވެލިވަޅު ކޮނެގެން ބޯފެން ހޯދަން ރައްޔިތުން ކުރި އުނދަގޫ ތަޖުރިބާ ލޮލުން ދެކެވަޑައިގަތް ކަމަށެވެ. އެހެންކަމުން ފެނާއި ނަރުދަމާ ރަށްރަށުގައި އަޅާއިރު، އެއީ ބޭކާރު ކަމެއްކަމަށް ދެކޭނީ އެކަން ތަޖުރިބާ ނުކުރާ މީހުން ކަމަށާއި، އެމަނިކުފާނު މާލޭގައި އުޅުއްވާތާ 50 އަހަރު ވެފައިވާ ކަމަށެވެ. އަދި މާލޭގެ ރައްޔިތުންގެ ހާލު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާ އެއް ބޭފުޅަކީ އެމަނިކުފާނު ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލެއަށް ގެންނަންޖެހޭ ބަދަލު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ވެސް އެމަނިކުފާނަށް ކަމަށެވެ. ބޯހިޔާވަހިކަމުގެ ދަތިކަމާއި، ޓްރެފިކުގެ މައްސަލައާއި، ގޭންގުތަކުގެ މައްސަލައަކީ ހައްލުކުރަންޖެހޭ މައްސަލަ ކަމަށާއި، ޓްރެފިކްގެ މައްސަލައާއި މަގުތަކުގެ މައްސަލައަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީ ކައުންސިލުން ހައްލުކުރަންޖެހޭ ކަންކަން ކަމަށެވެ.

ކާނިވަލުގެ ސްޓޭޖާ ހުންނަ ދިމާލުން ޕާކިންއަށް ދީފައި ހުރި ތަންތަނަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، އެއީ އެޑްވާންސަށް ލާރި ނަގާފައި ޕާކިންއަށް ވިއްކާފައި ހުރި ސްލޮޓްތަކެއް ކަމަށެވެ.

ރައީސް ވިދާޅުވީ، މުއިއްޒުމެން ބޮޑެތި ފަޅުތަކާއި ރަށްތައް ވިއްކެވި ގޮތަށް މިއަދު މާލޭގެ މަގުތައް ވިއްކަވައި ހުސްކުރައްވައިފި ކަމަށެވެ. ރައީސް ވިދާޅުވީ ދެން އަންނަ ދައުރެއްގައި މިކަން ބަދަލުކުރަންޖެހޭ ކަމަށާއި، އެތަންތަން ނަގަންޖެހޭ ކަމަށެވެ. ރައީސް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ސިޔާސަތަކީ މަގުތައް ހުސްކޮށް ޕާކިންއަށް ވަކި ސަރަހައްދުތަކެއް ކަނޑައެޅުން ކަމަށެވެ.

ރައީސް ވިދާޅުވީ ސިޔާސީ ހަލަބޮލިކަމުގެ ނިކަމެތިކަން އެންމެ ބޮޑަށް ލިބުނު ރައްޔިތުންނަކީ މާލޭ ރައްޔިތުން ކަމަށެވެ. މާލޭގެ ހުރިހާކަމަކަށް އޭގެ ނުރަނގަޅު އަސަރުކުރި ކަމަށެވެ. އާއިލާތަކަށް އޭގެ އަސަރުކުރި ކަމަށާއި، ބޯހިޔާވަހިކަމުގެ މައްސަލަ އޮތީ ބޮޑުވެފައި ކަމަށެވެ.

ރައީސް ވިދާޅުވީ މިހާތަނަށް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދުމަށް އެންމެ ބޮޑު މަސައްކަތެއް ކުރި ސަރުކާރަކީ މި ސަރުކާރުކަމަށެވެ.

ރައީސް ވިދާޅުވީ ރަށްރަށުގައި ބަނދަރު ހަދަމުންދާ ކަމަށާއި، ލޯންޗުގައި ބާރު ސްޕީޑުގައި އައިސް ވާޓަރާ ކައިރިކޮށްފައި ކާރުގައި ދުއްވާފައި ގެއަށްދާ މީހުންނަށް ރަށްރަށުގައި މީހުން ދިރިއުޅޭ ހާލަތު ނުވިސްނޭނެ ކަމަށާއި، ބަނދަރު ހައްދަވަނީ ރަށްރަށުގެ ހާލަތު އެނގިވަޑައިގަންނަވާތީ ކަމަށެވެ.

ރައީސް ވިދާޅުވީ ކަރަންޓު ނެތިގެން ފުޅިބައްތި ދިއްލައިގެން އުޅޭ ހާލު އެކަން ތަހައްމަލުކުރި ބަޔަކަށް ނޫނީ ނޭނގޭނެކަމަށާއި، އެކަން ތަހައްމަލުކުރި ބަޔަކު އެކަން ރަނގަޅުކުރަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެކަންކަން ރަނގަޅުކޮށްފައިވަނީ އެކަންކަން އެނގިވަޑައިގަންނަވާތީ ކަމަށެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

ފޮޓޯ ނަގައިގެން ހައްޔަރު ކުރި ޓޫރިސްޓް އިމިގްރޭޝަނާ ހަވާލު ކޮށްފި

02 މާރިޗު 2017
ފޮޓޯ ނަގައިގެން ހައްޔަރު ކުރި ޓޫރިސްޓް އިމިގްރޭޝަނާ ހަވާލު ކޮށްފި
21 ފެބުރުއަރީ 2017

މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

21 ފެބުރުއަރީ 2017
 މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި
18 ފެބުރުއަރީ 2017

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު