Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޕީއެލް ފްލެޓުތައް

އެމްޕީއެލް ފްލެޓުތަކުގެ ކުލި ކުޑަކޮށްފި

ޑައުންޕޭމަންޓަށްފަހު ކުއްޔަށް ދައްކާ ޖެހޭ ފައިސާ މިހާރު 25 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ދެއްކޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2023 | ހުކުރު 04:28
އެމްޕީއެލް ފްލެޓުތައް

އެމްޕީއެލް ފްލެޓުތައް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ "ޕޯޓް ރެޒިޑެންސް" ގެ ކުލި ކުޑަކުރަން އެ ކުންފުނީގެ ބޯޑުން ނިންމައިފިއެވެ.

އެމްޕީއެލުން ބުރާސްފަތި ދުވަހު ބުނީ މަހުން މަހަށް މުވައްޒަފުން ދައްކަން ޖެހޭ ކުއްޔަށް ލުއިތަކެއް ދޭން ނިންމައި އުސޫލަށް ބަދަލުގެންނާނެ ކަމަށެވެ. އެގޮތުން ޑައުންޕޭމަންޓަށްފަހު ކުއްޔަށް ދައްކާ ޖެހޭ ފައިސާ މިހާރު 25 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ކުރިން އުސޫލު އޮތްގޮތުން ފައިސާ ދައްކަން ދިނީ 20 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެންނެވެ.

އުސޫލަށް ގެންނަ މި ބަދަލާއެކު ފުރަތަމަ އޮޕްޝަންގައި ޑައުންޕޭމަންޓް ދައްކާފައިވާ މުވައްޒަފުންގެ ތެރެއިން އެއް ކޮޓަރީގެ ޓައިޕް އޭ، ސްޓޫޑިއޯ އެޕާޓްމަންޓު ލިބުނު މުވައްޒަފުން ފުރަތަމަ ފަސް އަހަރު ކޮންމެ މަހަކު ދައްކަން ޖެހޭނީ 3،741.38 ރުފިޔާއެވެ. އަދި ޓައިޕް ބީގެ ސްޓޫޑިއޯ އެޕާޓްމަންޓުތަކަށް ދައްކަން ޖެހޭނީ މަހަކު 3،872.94 ރުފިޔާއެވެ. އެއަށްފަހު ބާކީ 20 އަހަރު ދުވަހު ދައްކަން ޖެހޭނީ ޓައިޕް އޭގެ އެޕާޓްމަންޓުތަކަށް 4،061.54 ރުފިޔާ އަދި ޓައިޕް ބީގެ އެޕާޓްމަންޓުތަކަށް 4،204.37 ރުފިޔާއަށެވެ.

ކުރިން އެ އުސޫލު އޮތްގޮތުން ޓައިޕް އޭގެ އެޕާޓްމަންޓަކަށް މަހަކު 4،585.16 ރުފިޔާ ދައްކަން ޖެހޭއިރު ޓައިޕް ބީގެ އެޕާޓްމަންޓުތަކަށް ދައްކަން ޖެހޭނީ މަހަކު 4،746 ރުފިޔާއެވެ.

މި ބަދަލާއެކު 1 ޕްލަސް 2ގެ އެޕާޓްމަންޓުތަކުގެ ތެރެއިން ޓައިޕް އޭގެ އެޕާޓްމަންޓުތަކަށް މަހު ކުލީގެ ގޮތުގައި ފުރަތަމަ ފަސް އަހަރު 7،015.08 ރުފިޔާ ދައްކަން ޖެހޭއިރު ޓައިބް ބީގެ އެޕާޓްމަންޓުތަކަށް ދައްކަން ޖެހޭނީ 7،182.60 ރުފިޔާއެވެ. ބާކީ 20 އަހަރު ޓައިޕް އޭއަށް މަހަކު 8،073.56 ރުފިޔާގެ ކުލި ދައްކަން ޖެހޭއިރު ޓައިޕް ބީއަށް މަހަކު ދައްކަން ޖެހޭނީ 8،260.45 ރުފިޔާއެވެ.

އޮޕްޝަން އެކެއްގެ އިތުރުން އޮޕްޝަން 2،3 އަދި 4ގެ ދަށުން ޑައުންޕޭމަންޓް ދައްކާފައިވާ މުވައްޒަފުންނަށް ވެސް ކުލި ދައްކާ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެމްޕީއެލުން ބުންޏެވެ. އެގޮތުން މި އޮޕްޝަންތައް ޚިޔާރުކޮށްފައިވާ ފަރާތްތަކަށް ފުރަތަމަ އޮޕަޝަނުގެ ދަށުން ޑައުންޕޭމަންޓް ދެއްކުމުގެ ފުރުސަތު ދެ އަހަރު ދުވަހުގެ ތެރޭގައި ލިބިގެންދާނެ ކަމަށާއި ޑައުންޕޭމަންޓަށް ދައްކަން ޖެހޭ ފައިސާ ދައްކާ ހަމަކުރާ ދުވަހުން ފެށިގެން ލުއިތައް ދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޕީއެލުން ތިން ޓަވަރެއް ހަދާއިރު މި ތިން ޓަވަރުގައި މިހާރު ކުރިއަށްދަނީ ލިފްޓާއި ފެނުގެ މަސައްކަތެވެ. މި މަސައްކަތް ނިމި މި މަހުގެ މެދުތެރެއިން ފެށިގެން ފްލެޓުތަކުގައި މުވައްޒަފުންނަށް ދިރިއުޅެވެން ފެށޭނެ ކަމަށް އެ ކުންފުނިން ލަފާ ކުރެއެވެ. މިދިޔަ މަހުން ފެށިގެން އެ ކުންފުނިން ވަނީ މުވައްޒަފުންނާ ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަން ފަށައިފައެވެ.

މި މަހުގެ މެދުތެރޭގައި ފްލެޓުތަކަށް މީހުންނަށް ވަދެވޭނެ ކަމަށް އެމްޕީއެލުން ލަފާ ކުރާއިރު މިއަހަރުގެ ނިޔަލަށް އެފްލެޓް ތަކުން ކުލި ނުނަގާނެކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އެމްޕީއެލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

12 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން

ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން

05 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި

03 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު