Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޮޅުވެލިފުށީގެ ތަރައްޤީ

އޮޅުވެލިފުށީގެ ބިން ހިއްކުމާއި ބޯހިޔާވަހިކަން އަދި ޕިކްނިކް އައިލެންޑެއްގެ ވައުދު

ކައުންސިލް އައު އިމާރާތުގެ ވައުދުފުޅުވެވަޑައިގެންނެވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 31 އޯގަސްޓު 2023 | ބުރާސްފަތި 09:40
ރައީސް ޞާލިހު އޮޅުވެލިފުށީގައި ވާހަކަފުޅުދައްކަވަނީ

ރައީސް ޞާލިހު އޮޅުވެލިފުށީގައި ވާހަކަފުޅުދައްކަވަނީ

ޅ. އޮޅުވެލިފުށީގެ ބިން ހިއްކުމާއި ބޯހިޔާވަހިކަން އަދި ޕިކްނިކް އައިލެންޑްގެ ވައުދުފުޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެ ރަށަށް ވެވަޑައިގަންނަވައިފިއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭނަށް ޅ. އޮޅުވެލިފުއްޓަށް ވަޑައިގެން ރައީސް ވިދާޅުވީ މި ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ތަފާތު އިންގިލާބީ ބޮޑު ބަދަލުތަކާއި ކުރިއެރުންތަކެއް މި ރާއްޖެއަށް ގެނެސްދެއްވާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ މީހުން މަދުރަށެއް ބޮޑުރަށެއް ތަފާތު ނުކޮށް އަސާސީ ހިދުމަތްތައް ދިނުމުގައި މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އަދި އޮޅުވެލިފުށީގައި ބައެއް މަސައްކަތްތައް ނިމި އަނެއްބައި މަސައްކަތްތައް ނިމެމުންދާ ކަމަށެވެ. ރައީސް ވިދާޅުވީ ގައުމީ ތަރައްގީއަކީ ހަމަޖެހޭ، އަމާން އުފާވެރި ރާއްޖެއެއްގައި އުޅުން ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ ފުދުންތެރި ގައުމެއް ކަމަށާއި، ސިޔާސަތުތައް ނެތުމުގެ ސަބަބުން މީގެ ކުރިން ތަރައްގީ ގެނެސްފައިނުވާ ކަމަށެވެ. ރައީސް ވިދާޅުވީ އުފާވެރި އަމާން ރާއްޖޭގައި އުފާވެރިކަމާއެކުގައި ހަމަޖެހޭ ދިރުއުޅުމެއް ބޭނުންވާނަމަ އަސާސީ ހިދުމަތްތައް ލިބެންޖެހެ ކަމަށެވެ. އަދި މި ކަންކަން ލިބެން ފެށީ އަދިކިރިޔާ ކަމަށާއި، މި އެޅުނީ ބިންގާ ކަމަށެވެ.

ރައީސް ވިދާޅުވީ އަމާޒަކީ ބިން ކުދި ރަށްތައް ހިއްކާ ބޯހިޔާވަހިކަން ފޯރުކޮށްދެއްވުން ކަމަށާއި، އޮޅުވެލިފުށީގެ ބިން އިތުރުކޮށް ރަށަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ފުލެޓް ނުވަތަ ރޯ ހައުސް އަޅުއްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ އަމިއްލަ ގޯތީގައި ގެދޮރު އަޅާފައި ނެތް ފަރާތްތަކަށް ލޯން ދޫކުރަން ހާއްސަ ބޭންކެއް ގާއިމްކޮށް ލޯން ފޯރުކޮށްދޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ވާދަވެރިން ވާ ވައުދުތަކާ މެދުގައި ރައްޔިތުން ވިސްނާލަން ޖެހޭ ކަމަށެވެ. އެގޮތުން ހައުސިންގ ލޯން 6 ޕަސެންޓަށް ކުޑަކޮށްދެއްވާނެކަމަށް ވިދާޅުވުުމުން، އަނެއްދުވަހު އިދިކޮޅު ކެންޑިޑޭޓް އަރާ 5 އިންސައްތައަށް ކުޑަކޮށްދޭނަމޭ ބުނަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ ވަޑައިގެންނެވި ރަށްތަކުން ފެނިވަޑައިގަންނަވަނީ އެއްބުރުން އިންތިހާބު ކާމިޔާބުކުރެއްވޭނެކަން ކަމަށާއި، މިއަދު ވޯޓެއް ނެގިޔަސް އެކަން ކާމިޔާބުކުރައްވާނެ ކަމަށެވެ. އަދި މާދަމާ ވޯޓު ނަގައިފިނަމަ އެއަށްވުރެ ރަނގަޅުވާނެ ކަމަށާއި 9 ސެޕްޓެމްބަރުގައި ވޯޓު ނަގައިފިއްޔާ މާ ބޮޑުތަނުން ކާމިޔާބުކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އޮޅުވެލިފުށީގެ ތަރައްގީއަށްޓަކައި ކުރައްވަން ނިންމަވާފައިވާ ކަންކަން އެބަހުރި ކަމަށާއި، އޭގެ ތެރެއިން އެއްކަމަކީ ބިން ހިއްކާ ބޯހިޔާވަހިކަން ފޯރުކޮށްދެއްވުން ކަމަށެވެ. ރައީސް ވިދާޅުވީ އޮޅުވެލިފުށީގެ ފެނާ ނަރުދަމާގެ މަސައްކަތް ދަނީ ނިމެމުން ކަމަށާއި، ދެން އޮންނާނީ މަގު ހެދުން ކަމަށެވެ. އެގޮތުން ރަށުގެ ބޮޑެތި މަގުތަކުގައި ތާރުއެޅާނެ ކަމަށާއި އަންނަ ދައުރުގެ ތެރޭގައި އެ މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.

މީގެ އިތުން ސިއްހީ ހިދުމަތް ރަނގަޅުކުރުމަށްޓަކައި ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް ރަށަށް ބޭނުންވާ އޭޓީއެމް އަދި ކައުސިލް އައު އޮފީސް އިމާރާތްކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރަށުގެ ރައްޔިތުންގެ ފަރާތުން އިތުރު މިސްކިތެއް އަޅައިދިނުމަށް އެދިފައިވާތީ މިސްކިތެއް ބިނާކޮށްދެއްވާނެކަމަށެވެ.

މީގެ އިތުރުން ބޮޑުފިނޮޅަކީ ޓުއަރިޒަމަށް ކަނޑައަޅާފައިވާ ރަށެއް ކަމަށާއި، ނަމަވެސް ރަށުގެ ރައްޔިތުން އެ ރަށް ޕިކްނިކް އައިލެންޑަކަށް ބަދަލުކޮށްދިނުމަށް އެދިފައިވި ނަމަވެސް، އެމަނިކުފާނަށް ފެނިވަޑައިގަންނަވަނީ އެ ރަށް ޓުއަރިޒަމަށް ދޫކޮށްލެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ބިން ހިއްކުމުގެ މަސައްކަތް ކުރާއިރު ކައިރީގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޅ.އޮޅުވެލިފުށިރައީސް އިބްރާހީމް މުޙައްމަދު ސޯލިޙުއުފާވެރި އަމާން ރާއްޖެމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އިތުރަށް ކިޔާލަން

24 ޑިސެމްބަރު 2025

ސޯލިހް އާއި ނަޝީދުގެ ގުޅުން - ދެބަސްވެގެން މާގިނަ ދުވަހު ތިބެން އަޅުގަނޑުމެންނަށް އުނދަގޫ ވާނެ: ރައީސް ނަޝީދު

24 ޑިސެމްބަރު 2025
ސޯލިހް އާއި ނަޝީދުގެ ގުޅުން - ދެބަސްވެގެން މާގިނަ ދުވަހު ތިބެން އަޅުގަނޑުމެންނަށް އުނދަގޫ ވާނެ: ރައީސް ނަޝީދު
24 ޑިސެމްބަރު 2025

ގާނޫނު އަސާސީ އަށް ރައީސް މުއިއްޒު ގެންނަ ނޭދެވޭ ކުއްލި ބަދަލު ހުއްޓުވުމަށް އެމްޑީޕީ އިން ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑު: ރައީސް ސޯލިހް

24 ޑިސެމްބަރު 2025
ގާނޫނު އަސާސީ އަށް ރައީސް މުއިއްޒު ގެންނަ ނޭދެވޭ ކުއްލި ބަދަލު ހުއްޓުވުމަށް އެމްޑީޕީ އިން ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑު: ރައީސް ސޯލިހް
24 ޑިސެމްބަރު 2025

ރައީސް ޞާލިހާއި ރައީސް ނަޝީދު: ޚިޔާލު ތަފާތުވިޔަސް އެކުގައި ކުރިއަށް ދެވޭނެ ގޮތް އަބަދުވެސް ހޯދި، ވިދާޅުވީ ދެބަސްވުމެއްގައި މާ ގިނަ ދުވަހު ނުތިބެވޭނެ ކަމަށް

24 ޑިސެމްބަރު 2025
ރައީސް ޞާލިހާއި ރައީސް ނަޝީދު: ޚިޔާލު ތަފާތުވިޔަސް އެކުގައި ކުރިއަށް ދެވޭނެ ގޮތް އަބަދުވެސް ހޯދި، ވިދާޅުވީ ދެބަސްވުމެއްގައި މާ ގިނަ ދުވަހު ނުތިބެވޭނެ ކަމަށް
24 ޑިސެމްބަރު 2025

ރައީސް ސޯލިހް އާ ރައީސް ނަޝީދު ބައްދަލު ކުރައްވައިފި

24 ޑިސެމްބަރު 2025
ރައީސް ސޯލިހް އާ ރައީސް ނަޝީދު ބައްދަލު ކުރައްވައިފި
24 ޑިސެމްބަރު 2025

ރައީސް ޔާމީން އާ އެކުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ތިއްބެވި ކަމަށް ރައީސް ސޯލިހް އާއި ރައީސް ނަޝީދު ވިދާޅުވެއްޖެ

24 ޑިސެމްބަރު 2025
ރައީސް ޔާމީން އާ އެކުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ތިއްބެވި ކަމަށް ރައީސް ސޯލިހް އާއި ރައީސް ނަޝީދު ވިދާޅުވެއްޖެ
22 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ބާރުތައް މުށުތެރެ އަށް ލާ، ކަންކަން ކުރެވޭ މީހާ އަކީ ހަމަ އެކަނި ތިމާ ކަމަށް ދެއްކުމަށް: ރައީސް ޞޯލިހު

22 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ބާރުތައް މުށުތެރެ އަށް ލާ، ކަންކަން ކުރެވޭ މީހާ އަކީ ހަމަ އެކަނި ތިމާ ކަމަށް ދެއްކުމަށް: ރައީސް ޞޯލިހު
22 ޑިސެމްބަރު 2025

ހިރިލަންދޫ އިން ރައީސް ސޯލިހް އަށް ވަރަށް ފުރިހަމަ މަރުހަބާ އެއް ދަންނަވައިފި

22 ޑިސެމްބަރު 2025
ހިރިލަންދޫ އިން ރައީސް ސޯލިހް އަށް ވަރަށް ފުރިހަމަ މަރުހަބާ އެއް ދަންނަވައިފި
22 ޑިސެމްބަރު 2025

ރައީސް ސޯލިހް, ރައީސް ނަޝީދު އާ ބައްދަލު ކުރައްވަނީ

22 ޑިސެމްބަރު 2025
ރައީސް ސޯލިހް, ރައީސް ނަޝީދު އާ ބައްދަލު ކުރައްވަނީ
10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު