Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސޯލިހު-ނަޝީދު

ސޯލިހް އާއި ނަޝީދުގެ ގުޅުން - ދެބަސްވެގެން މާގިނަ ދުވަހު ތިބެން އަޅުގަނޑުމެންނަށް އުނދަގޫ ވާނެ: ރައީސް ނަޝީދު

އެމްޑީޕީގެ މައި އޮފީހުގައި ބުދަ ދުވަހު ރައީސް ނަޝީދު އާ ރައީސް ސޯލިހް އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެބޭފުޅުން ވަނީ އެކަކު އަނެކަކަށް ކުރި ތުހުމަތުތަކާއި ފާޑުކިޔުންތައް ފަހަތައް ޖައްސާލައްވާފައެވެ. ދެބޭފުޅުން ވަނީ ދެމިގެންދާ މައްސަލައެއް އޮންނާނެ ކަމަށް ދެކެނުވާ ކަމަށް ވިދާޅުވެފައެވެ. ސިޔާސީ ކަންތައްތަކުގައި އަބަދުވެސް ޚިޔާލު ތަފާތުވުން ހުރި ނަމަވެސް އެ ތަފާތުތަކުގެ ތެރެއިން ކުރިއަށް ދެވޭނެ ގޮތް އަބަދުވެސް ހޯއްދަވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރާއްޖެ އެމްވީ | 24 ޑިސެމްބަރު 2025 | ބުދަ 09:35
ރައީސް ނަޝީދު އާއި ރައީސް ސޯލިހް ނޫސްވެރިންގެ ބައްދަލުވުމުގައި

ރައީސް ނަޝީދު އާއި ރައީސް ސޯލިހް ނޫސްވެރިންގެ ބައްދަލުވުމުގައި

ރައީސް ސޯލިހް އާ ރައީސް ނަޝީދު އާ ދެމެދު ދެމިގެން ދާ މައްސަލަ އެއް އޮވެދާނެ ކަމަށް ދެކެވަޑައިނުގަންނާވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ މައި އޮފީހުގައި ބުދަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމުގައި ދުވަސްތަކަކަށް ފަހު ދޭބޭފުޅުން އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު އާ ރައީސް ސޯލިހް ވަނީ އެ ދެބޭފުޅުންނަކީ ވެސް ޒަމާންތަކަކަށް ގާތް ދެބޭފުޅުން ކަން ފާހަގަ ކުރައްވާފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހް އަކީ އެއްވެސް އިރެއްގައި އެމަނިކުފާނާ ދުރު ބޭފުޅެއް ނޫން ކަމަށާއި ދެ ބަސްވުންތަކެއްގައި މާގިނަ ދުވަހު ދެ ބޭފުޅުންނަކަށް ނުތިއްބެވޭނެ ކަމަށެވެ.

"އުނދަގޫ ކަމަކަށް އަޅުގަނޑުމެންނަށް ވާނީ އެކަން."

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ދެބޭފުޅުން ބައްދަލު ކުރެއްވީ ކުރިން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ކިޔާފައިވާ ފާޑުކިޔުންތައް ފަހަތައް ޖައްސާލެއްވުމަށް ފަހުގައި ކަމަށެވެ.

އަޅުގަނޑުމެން ދެމީހުން އެކަކު އަނެކަކުގެ މައްޗަށް ކުރި ތުހުމަތުތަކާއި ނުވަތަ ކިޔާފައިވާ ފާޑު ކިޔުންތަކާއި، އެކަންކަން ފަހަތައް ގެންގޮސް މިއަދު އަޅުގަނޑުމެން މިތަނުގައި ބައްދަލުވެ މިތިބީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ދެބޭފުޅުންގެ ދެމެދުގައި ދެމިގެންދާ މައްސަލަ އެއް އޮންނާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި ވާހަކަފުޅަށް ބާރު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ "ނޯންނާނެ" ކަމަށެވެ.

އުފާވެރި މޫޑެއްގައި އެކުގައި ތިއްބަވައިގެން ދެބޭފުޅުންގެ އެކުވެރިކަމާ ބެހޭ ގޮތުން ދެއްކެވި ވާހަކައިގައި ރައީސް ނަޝީދު ވިދާޅުވީ، "ބުނާ އިރު ވެސް ބުނެފައި ހުންނާނީ ކޮންމެވެސް ވަރަކަށް މިނައިގެން" ކަމަށެވެ.

"ކޮންމެސް ގޮތަކަށް ބުނަމުން ވެސް ގޮއްސަ އޮންނާނީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންނަމަވެސް މާނާ ކުރުމުގައި މައްސަލަތަކެއް އުޅެދާނެ ކަން ސަމާސާ ގޮތަކަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ "އަޅުގަނޑުމެންގެ މިގުޅުމަކީ އިއްޔެ އަކު އޭގެ ކުރީ ދުވަހު އޮތް ގުޅުމެއް ނޫން،" ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ދެބޭފުޅުންގެ ދެމެދުގައި ސިޔާސީ ކަންތައްތަކުގައި އަބަދުވެސް ޚިޔާލު ތަފާތުވުން ހުންނަ ކަމަށެވެ. އެހެން ނަމަވެސް އެ ތަފާތުތަކުގެ ތެރެއިން ކުރިއަށް ދެވޭނެ ގޮތް އަބަދުވެސް ހޯއްދަވާ ކަމަށެވެ.

ނަޝީދު-ސޯލިހްރައީސް އިބްރާހީމް މުޙައްމަދު ސޯލިޙުރައީސް މުހައްމަދު ނަޝީދު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގާނޫނު އަސާސީ އަށް ރައީސް މުއިއްޒު ގެންނަ ނޭދެވޭ ކުއްލި ބަދަލު ހުއްޓުވުމަށް އެމްޑީޕީ އިން ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑު: ރައީސް ސޯލިހް

ގާނޫނު އަސާސީ އަށް ރައީސް މުއިއްޒު ގެންނަ ނޭދެވޭ ކުއްލި ބަދަލު ހުއްޓުވުމަށް އެމްޑީޕީ އިން ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑު: ރައީސް ސޯލިހް

24 ޑިސެމްބަރު 2025
ރައީސް ޞާލިހާއި ރައީސް ނަޝީދު: ޚިޔާލު ތަފާތުވިޔަސް އެކުގައި ކުރިއަށް ދެވޭނެ ގޮތް އަބަދުވެސް ހޯދި، ވިދާޅުވީ ދެބަސްވުމެއްގައި މާ ގިނަ ދުވަހު ނުތިބެވޭނެ ކަމަށް

ރައީސް ޞާލިހާއި ރައީސް ނަޝީދު: ޚިޔާލު ތަފާތުވިޔަސް އެކުގައި ކުރިއަށް ދެވޭނެ ގޮތް އަބަދުވެސް ހޯދި، ވިދާޅުވީ ދެބަސްވުމެއްގައި މާ ގިނަ ދުވަހު ނުތިބެވޭނެ ކަމަށް

24 ޑިސެމްބަރު 2025
ރައީސް ސޯލިހް އާ ރައީސް ނަޝީދު ބައްދަލު ކުރައްވައިފި

ރައީސް ސޯލިހް އާ ރައީސް ނަޝީދު ބައްދަލު ކުރައްވައިފި

24 ޑިސެމްބަރު 2025
ރައީސް ޔާމީން އާ އެކުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ތިއްބެވި ކަމަށް ރައީސް ސޯލިހް އާއި ރައީސް ނަޝީދު ވިދާޅުވެއްޖެ

ރައީސް ޔާމީން އާ އެކުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ތިއްބެވި ކަމަށް ރައީސް ސޯލިހް އާއި ރައީސް ނަޝީދު ވިދާޅުވެއްޖެ

24 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ބާރުތައް މުށުތެރެ އަށް ލާ، ކަންކަން ކުރެވޭ މީހާ އަކީ ހަމަ އެކަނި ތިމާ ކަމަށް ދެއްކުމަށް: ރައީސް ޞޯލިހު

ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ބާރުތައް މުށުތެރެ އަށް ލާ، ކަންކަން ކުރެވޭ މީހާ އަކީ ހަމަ އެކަނި ތިމާ ކަމަށް ދެއްކުމަށް: ރައީސް ޞޯލިހު

22 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު