Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ސޯލިހް

ގާނޫނު އަސާސީ އަށް ރައީސް މުއިއްޒު ގެންނަ ނޭދެވޭ ކުއްލި ބަދަލު ހުއްޓުވުމަށް އެމްޑީޕީ އިން ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑު: ރައީސް ސޯލިހް

ރައީސް ސޯލިހް ވިދާޅުވީ ރައީސް މުއިއްޒު ގާނޫނު އަސާސީއަށް ކުއްލި އަކަށް ވަރަށް ބޮޑެތި ބަދަލުތައް ގެންނަމުންދާ ކަމަށާ އެގޮތުން އަސާސީ ހައްގުތަކާއި މިނިވަން މުއައްސަސާތަކާ ބެހޭ ބަދަލުތައް ހިމެނޭ ކަމަށް. އެކަން ހުއްޓުވުމަށާއި އަނބުރާ އިއާދަކުރުމަށް އެމްޑީޕީއިން ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑު ކަމަށާއި ސަރުކާރަށް ދޭންވާ ވަގުތު ދެވިއްޖެ ކަމަށާއި ދެން އޮތީ އެ މަސައްކަތް ފަށައިގަތުން ކަމަށް ރައީސް ސޯލިހް ވިދާޅުވި.

ރާއްޖެ އެމްވީ | 24 ޑިސެމްބަރު 2025 | ބުދަ 08:59
ރައީސް ނަޝީދު އާއި ރައީސް ސޯލިހް އެމްޑީޕީ އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

ރައީސް ނަޝީދު އާއި ރައީސް ސޯލިހް އެމްޑީޕީ އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

ގާނޫނު އަސާސީ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނަ ނޭދެވޭ ކުއްލި ބަދަލުތައް ގެނައުން ހުއްޓުވުމަށް އެމްޑީޕީ އިން ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އާ އެކު އެމްޑީޕީ މައި އޮފީހުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ގާނޫނޫ އަސާސީ އަށް ވަރަށް ބޮޑެތި ބަދަލުތައް ކުއްލި އަކަށް ރައީސް މުއިއްޒު ގެންނަ ކަމަށެވެ. އޭގެ ތެރޭގައި އަސާސީ ހައްގުތަކާ ބެހޭ ބަދަލުތައް ހިމެނޭ ކަން ވެސް ރައީސް ސޯލިހް ފާހަގަ ކުރެއްވި އެވެ.

Advertisement - newsAdvertisement

"އަސާސީ ހައްގުތަކާ ބެހޭ ކިތަންމެ މާއްދާ އެއް ބަދަލު ކޮށްފި" ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

އޭގެ އިތުރުން މިނިވަން މުއައްސަސާތައް ގަނޑުކޮށް އަތްދަށަށް ގެނައުމުގެ އެތައް ކަމެއް ރައީސް މުއިއްޒު ކުރައްވައިފި ކަން ވެސް ރައީސް ސޯލިހް ފާހަގަ ކުރެއްވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނާ ބައްދަލުވި، މި ސަރުކާރު ގެނައުމަށް ވަރަށް އިސް ސަފުގައި މަސައްކަތް ކުރި އާންމު ރައްޔިތަކު ވެސް "ސަރުކާރުން ކުރާ ހަމަ އެކަނި ކަމަކީ ގާނޫނު އަސާސީ އަށް ބަދަލު ގެނައުން،" ކަމަށް ބުނި ކަމަށެވެ. 

ރައީސް ސޯލިހް ފާހަގަ ކުރެއްވި ގޮތުގައި ގާނޫނު އަސާސީ އެކުލަވާލީ އެތައް ބަޔަކު އެތައް ދުވަހަކު މަޝްވަރާ ކޮށްގެން ހަދާފައި އޮތް އެއްޗެއް ކަމަށާއި، ހަމަ އެކަނި އެންމެ މީހަކު ބޭނުންވީމަ ކުއްލިއަކަށް ބަދަލު ކުރާތަން ފެންނަކަމަށް އާންމުން ވެސް ބުނަމުންދާ ކަމަށެވެ.

ގާނޫނު އަސާސީ އަށް ގެންނަ ބަދަލުތައް ހުއްޓުވުމަށް، އަދި އަނބުރާ އިއާދަ ކުރުަމަށް އެމްޑީޕީ އިން ކުރަން ޖެހޭ މަސައްކަތް ވަރަށް ބޮޑު ކަން ތަކުރާރު ކޮށް ރައީސް ސޯލިހް ފާހަގަ ކުރެއްވި އެވެ. އަދި ސަރުކާރަށް ދޭން ޖެހޭ ވަގުތު ދެވިއްޖެ ކަމަށާއި ދެން އޮތީ މަސައްކަތް ފަށައިގަތުންކަން ރައީސް ސޯލިހް ފާހަގަ ކުރެއްވި އެވެ.

"އިރާދަ ކުރެއްވިއްޔާ އެ މަސައްކަތްތައް ސަރުކާރަށް ދޭންވާ ވަގުތު ދީފައި އަޅުގަނޑުމެން މި ފަށައިގަންނަނީ،" ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ އެކަން އެގޮތައް އެމްޑީޕީ އަށް ކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޞާލިހާއި ރައީސް ނަޝީދު: ޚިޔާލު ތަފާތުވިޔަސް އެކުގައި ކުރިއަށް ދެވޭނެ ގޮތް އަބަދުވެސް ހޯދި، ވިދާޅުވީ ދެބަސްވުމެއްގައި މާ ގިނަ ދުވަހު ނުތިބެވޭނެ ކަމަށް

ރައީސް ޞާލިހާއި ރައީސް ނަޝީދު: ޚިޔާލު ތަފާތުވިޔަސް އެކުގައި ކުރިއަށް ދެވޭނެ ގޮތް އަބަދުވެސް ހޯދި، ވިދާޅުވީ ދެބަސްވުމެއްގައި މާ ގިނަ ދުވަހު ނުތިބެވޭނެ ކަމަށް

24 ޑިސެމްބަރު 2025
ރައީސް ސޯލިހް އާ ރައީސް ނަޝީދު ބައްދަލު ކުރައްވައިފި

ރައީސް ސޯލިހް އާ ރައީސް ނަޝީދު ބައްދަލު ކުރައްވައިފި

24 ޑިސެމްބަރު 2025
ރައީސް ޔާމީން އާ އެކުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ތިއްބެވި ކަމަށް ރައީސް ސޯލިހް އާއި ރައީސް ނަޝީދު ވިދާޅުވެއްޖެ

ރައީސް ޔާމީން އާ އެކުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ތިއްބެވި ކަމަށް ރައީސް ސޯލިހް އާއި ރައީސް ނަޝީދު ވިދާޅުވެއްޖެ

24 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ބާރުތައް މުށުތެރެ އަށް ލާ، ކަންކަން ކުރެވޭ މީހާ އަކީ ހަމަ އެކަނި ތިމާ ކަމަށް ދެއްކުމަށް: ރައީސް ޞޯލިހު

ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ބާރުތައް މުށުތެރެ އަށް ލާ، ކަންކަން ކުރެވޭ މީހާ އަކީ ހަމަ އެކަނި ތިމާ ކަމަށް ދެއްކުމަށް: ރައީސް ޞޯލިހު

22 ޑިސެމްބަރު 2025
ހިރިލަންދޫ އިން ރައީސް ސޯލިހް އަށް ވަރަށް ފުރިހަމަ މަރުހަބާ އެއް ދަންނަވައިފި

ހިރިލަންދޫ އިން ރައީސް ސޯލިހް އަށް ވަރަށް ފުރިހަމަ މަރުހަބާ އެއް ދަންނަވައިފި

22 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު