Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިނަދޫގެ ތަރައްގީ

ތިނަދޫގެ ތަރައްގީގެ މަޝްރޫއުތަކުގައި ވަޅުޖެހިފައި، އިންޓަނޭޝަނަލް އެއަރޕޯޓު މަޝްރޫއު ދަނީ ބިލާހަކަށް: މޭޔަރު ސައުދު

9 ޖޫން 2025 | ހޯމަ 08:23

ތިނަދޫ ރީޖަނަލް ޕޯޓު ޑިވެލޮޕްމެންޓްގެ މަސައްކަތްތައް ވެސް ކުރިއަށް ނުދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 9 ޖޫން 2025 | ހޯމަ 08:23
ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ

ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ

މި ސަރުކާރާއެކު ތިނަދޫ ސިޓީގެ ތަރައްގީގެ މަޝްރޫއުތައް ވަޅުޖެހިފައިވާ ކަމަށް ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ސައުދު ވިދާޅުވީ ނިމިދިޔަ ސަރުކާރުން ތިނަދޫގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔަ ކަމަށާއި، އެމަޝްރޫއުތަކުގެ ތެރެއިން ބައެއް މަޝްރޫއުތައް ނިމިފައިވާ ކަމަށެވެ. މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ސްޕީޑް ވަރަށް ލަސް ކަމަށާއި، ބައެއް މަޝްރޫއުތައް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ތިނަދޫ އިންޑަސްޓްރީ ވިލެޖުގެ މަސައްކަތަށް އިޝާރާތް ކުރައްވައި ސައުދު ވިދާޅުވީ މިސަރުކާރާއެކު، އެމަޝްރޫއު އޮތީ ވަޅުޖެހިފައި ކަމަށެވެ. އަދި ވިދާޅުވީ ތިނަދޫ ރީޖަނަލް ޕޯޓު ޑިވެލޮޕްމެންޓްގެ މަސައްކަތްތައް ވެސް ކުރިއަށް ނުދާ ކަމަށާއި، އެކަމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށެވެ.

އެއީ އޭގެ ޒާތުގައި އިގްތިސާދީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ހުއްޓުމަކަށް އެއަންނަނީ. މިކަމުގައި އޭގެ ސަބަބުން ހުވަދު އަތޮޅުގައި ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކާއި، ޚާއްސަކޮށް ލ.އަތޮޅުގެ ދެކުނުގެ ވިޔަފާރިއަށް އަސަރުތަކެއް ކުރާނެ. ރާއްޖެއިން ބޭރުން މުދާ ގެނައުމަށްޓަކައި ސަރުކާރުން ފެއްޓެވި އެންމެ ބޮޑު މަޝްރޫއަކަށް ވެގެންދިޔައީ އިންޓަރނޭޝަނަލް ސީ ޕްލޭން ޕޯޓެއް ސީޕޯޓެއް އެކުލެވިގެންދިޔުން. އެކަން މިވަގުތު ކުރިއަށް ނުދާތީ އެކަންބޮޑުވުންތައް އެބަހުރި. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ކަމާގުޅުންހުރި އިދާރާތަކާ ޚާއްސަކޮށް ސަރުކާރުގެ އެންމެ މައި ކުންފުނި އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަަސައްކަތަކަށްވާތީވެ އެމަސައްކަތް ވަޅުޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނެސް މަސައްކަތް ކުރިއަށް ގެންދެވޭތޯ.
ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ

ތިނަދޫ ރީޖަނަލް ޕޯޓު ޑިވެލޮޕްމެންޓް މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، ޕޯޓް އެޑްމިނިސްޓްރޭޓިވް އިމާރާތެއް ގާއިމުކުރުމާއި، ގާޑް ހައުސް އިމާރާތަކާއި، ވެއާހައުސް އަދި ވޯކްޝޮޕް އިމާރާތެއްގެ އިތުރުން ނެރުބައްތި ހަރުކުރުމާއި ފެންޑާ ހަރުކުރުމަށް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 27 ޖެނުއަރީ 2022 ގައެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ 17.8 މިލިއަން ރުފިޔާ އަށް 330 ދުވަސްތެރޭގައި ނިންމާ ހަވާލު ކުރާ ގޮތަށެވެ.

މީގެ އިތުރުން ތިނަދޫގައި އިންޓަނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ސައުދު ވިދާޅުވީ 2026 ގެ ކުރިން ތިނަދޫގައި އިންޓަނޭޝަނަލް އެއަރޕޯޓެއް ގާއިމްކުރެވި، ފްލެޓްތައް ޖެއްސި ތަރައްގީ ކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ. އަދި ފްލޯޓިން ޓާމިނަލްތަކަކާއެކު މިމަސައްކަތް ދުނިޔޭގެ ފެންވަރުގައި މުހިންމު ބޮޑު މަޝްރޫއަކަށްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިކަން ފާހަގަކުރެއްވިއެވެ.

މި މަޝްރޫއަށް ރައްޔިތުން އުންމީދު ކުރި ނަމަވެސް މިހާރު މިމަޝްރޫއާއެކު ރައްޔިތުން މާޔޫސްވެ، ކަންބޮޑުވުވެފައިވާ ކަމަށް ސައުދު ވިދާޅުވިއެވެ.

ހަމައެއާއެކު އަދުގެ ސަރުކާރުން ކެންޕޭން ދުވަސްވަރު އަދި މަޖިލިސް އިންތިޚާބުގައި ވެފައިހުރި ވަރަށް މުހިންމު ބޮޑެތި ވައުދުތައް އެބަހުރި. އިގްތިސާދީ ގޮތުންނާއި، ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން ވެފައިވާ އެންމެ ބޮޑު ވައުދަކަށް ވެފައި މިވަނީ ތިނަދޫގައި އިންޓަނޭޝަނަލް އެއާރޕޯޓުގެ މަަސައްކަތުގެ ވާހަކަ. އަޅުގަނޑު ހަނދާނަށް އަންނަނީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވިދާޅުވުން. 2026 ގެ ކުރިން ތިނަދޫގައި އިންޓަނޭޝަނަލް އެއަރޕޯޓެއް ގާއިމްކުރެވި، ފްލެޓްތައް ޖެއްސި ތަރައްގީ ކުރެވިގެންދާނެ ކަމަށް. ފްލޯޓިން ޓާމިނަލްތަކަކާއެކު މިމަސައްކަތް ދުނިޔޭގެ ފެންވަރުގައި މުހިންމު ބޮޑު މަޝްރޫއަކަށް މިމަޝްރޫއު ވެގެންދާނެ. އަދި ހިތްގައިމު މިމަޝްރޫއު އަޅުގަނޑުމެން ބަލާހިތުން އަޅުގަނޑުމެން ރައްޔިތުން އެކަމަށް ކެތްމަދުވެފައި ތިބި ތިބުން އަޅުގަނޑުމެންނަށް މިވަނީ ބިލާހަކަށްވެފައި.
ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ

ސައުދު ވިދާޅުވީ މިމަޝްރޫއާ ގުޅޭގޮތުން މިހާރު ސަރުކާރުގެ ބޭފުޅުންގެ ވާހަކަތައް ބަދަލުވެފައިވާ ކަމަށާއި، އެއީ ރައްޔިތުން ހިތާމަ ކުރާ ކަމެއް ކަމަށެވެ. މިހާރު ތިނަދޫގެ ތަރައްގީއަށް ވާހަކަ ނުދައްކަވާ ކާޑެއްދޫއަށް މާ ބޮޑަށް އިސްކަންދޭ މޭރުމަކުން މިސަރުކާރުގެ ބޭފުޅުންގެ ވާހަކަތައް ބައްޓަންވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ތިނަދޫއާއި، ކާޑެއްދޫ ގުޅާލުމުގެ ވާހަކަތައް ދެއްކި ނަމަވެސް މިމަޝްރޫއުގެ އެއްވެސް މައުލޫމާތެއް ކައުންސިލްއާ ހިއްސާކޮށްފައިނުވާ ކަމަށާއި، މިމަޝްރޫއާމެދު އެއްވެސް އުންމީދެއް މިހާރު ނެތް ކަމަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

01 ނޮވެމްބަރު 2017

އަޅުގަނޑަކީ ކުޅިބަލަން ހުންނާނެ މީހެއް ނޫން، ތަރައްގީގެ ކުރިބޯއްޓާ ހަމައަށް ވާސިލް ވާނަން: ރައީސް ޔާމީން

01 ނޮވެމްބަރު 2017
އަޅުގަނޑަކީ ކުޅިބަލަން ހުންނާނެ މީހެއް ނޫން، ތަރައްގީގެ ކުރިބޯއްޓާ ހަމައަށް ވާސިލް ވާނަން: ރައީސް ޔާމީން
24 އޯގަސްޓު 2017

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ސައިންސް ފެއާ ބާއްވައިފި

24 އޯގަސްޓު 2017
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ސައިންސް ފެއާ ބާއްވައިފި
17 އޯގަސްޓު 2017

ބައެއް ފަރާތްތަކުގެ ވާހަކައިން ތަރައްގީގެ ދެވަނަ ބަހަކީ ކޮރަޕްޝަންހެން ހީވޭ: ޝިދާތާ

17 އޯގަސްޓު 2017
ބައެއް ފަރާތްތަކުގެ ވާހަކައިން ތަރައްގީގެ ދެވަނަ ބަހަކީ ކޮރަޕްޝަންހެން ހީވޭ: ޝިދާތާ
10 އޯގަސްޓު 2017

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ފަޔަރ އިވެކުއޭޝަން ޑްރިލެއް ބާއްވައިފި

10 އޯގަސްޓު 2017
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ފަޔަރ އިވެކުއޭޝަން ޑްރިލެއް ބާއްވައިފި
02 ޖުލައި 2017

ރައީސް ޔާމީންގެ ވެރިކަމުގައި މިރާއްޖެއަށް ތަރައްގީގެ ބަހާރު މޫސުން އައިސްފި: މުފީދު

02 ޖުލައި 2017
ރައީސް ޔާމީންގެ ވެރިކަމުގައި މިރާއްޖެއަށް ތަރައްގީގެ ބަހާރު މޫސުން އައިސްފި: މުފީދު
15 ޖޫން 2017

އަދީބަށް ފަރުވާ ދިނުމަށް ބޭރަށް ދިއުމުގެ ހުއްދަ ދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފި

15 ޖޫން 2017
އަދީބަށް ފަރުވާ ދިނުމަށް ބޭރަށް ދިއުމުގެ ހުއްދަ ދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފި
31 މެއި 2017

އިންޓަނޭޝަނަލް ރޮބޮޓިކް ކޮންޕެޓިޝަންގައި ބައިވެރިވުމަށް ޣިޔާސުއްދީން ސްކޫލްގެ ދަރިވަރުން ފުރައިފި

31 މެއި 2017
އިންޓަނޭޝަނަލް ރޮބޮޓިކް ކޮންޕެޓިޝަންގައި ބައިވެރިވުމަށް ޣިޔާސުއްދީން ސްކޫލްގެ ދަރިވަރުން ފުރައިފި
29 އެޕްރީލު 2017

ތަރައްގީގެ މީޓަރުން ރައީސް ޔާމީނަށް ލިބެނީ ސުމެއް: އަލީ ހުސެއިން

29 އެޕްރީލު 2017
ތަރައްގީގެ މީޓަރުން ރައީސް ޔާމީނަށް ލިބެނީ ސުމެއް: އަލީ ހުސެއިން
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް