Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޝާހް އެފްއޭއެމާ ގުޅުން

ދިވެހި ޕްރިމިއާ ލީގުގެ މަސައްކަތަށް ޝާހް އެފްއޭއެމަށް

ލީގުގެ އައު ފޯމެޓަށް އަމަލުކުރާނީ 2023-2024 ގެ ސީޒަނުގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 23 ސެޕްޓެމްބަރު 2021 | ބުރާސްފަތި 11:57
ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް ޝާހް އިސްމާޢީލް (ސާޔާ)

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް ޝާހް އިސްމާޢީލް (ސާޔާ)

ދިވެހި ޕްރިމިއާ ލީގުގެ ޑިރެކްޓާ އޮފް އެޑްމިނިސްޓްރޭޓަރެއްގެ މަގާމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް ޝާހް އިސްމާޢީލް (ސާޔާ) ހަމަޖައްސައިފިއެވެ.

ޝާހަކީ މީގެ ކުރިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާއި، އެ އިދާރާގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމުގެ އިތުރުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ބޭފުޅެކެވެ. ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ދިވެހި ޕްރިމިއާ ލީގުގެ ޑިރެކްޓާ އޮފް އެޑްމިނިސްޓްރޭޓަރެއްގެ މަގާމަށް ޝާހް ހަމަޖެއްސިކަން އިއުލާންކޮށްފައެވެ.

ދިޔަ ޖުލައި މަހުގެ ތެރޭގައި އެފްއޭއެމުން ވަނީ މުޅި ރާއްޖެއިން ޕްރިމިއާ ލީގުގައި ވާދަކުރެވޭނެ ފޯމެޓް ދައްކާލާފައެވެ. އެފްއޭއެމުން އިއުލާންކުރި އައު ފޯމެޓުގައިވާ ގޮތުން ދިވެހި ޕްރިމިއާ ލީގު 2023-2024 ވަނަ އަހަރުގެ ސީޒަން ފަށާނީ މިހާރުވެސް ލީގުގައި ހިމެނޭ އަށް ޓީމާއެކުއެވެ. އޭގެ އިތުރުން ދެން ހިމެނޭނީ ހަތަރު ޒޯނުގެ ޗެމްޕިއަނުންނެވެ. މާލެ ޒޯނުގެ ޗެމްޕިއަން ގޮތުގައި އަންނަ އަހަރުގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަނުންނަށް ޖާގަ ދޭއިރު، ދެން އޮތް ތިން ޖާގަ ދޭނީ ޒޯން ޗެމްޕިއަނުންނަށެވެ.

ކޮންމެ ޒޯނެއްގައިވެސް ލީގެއް ކުޅުމަށް ނިންމާފައިވާއިރު، ކޮންމެ ލީގެއްގައިވެސް ހަތަރު ޑިވިޝަން ހެދުމަށް ވަނީ ނިންމާފައެވެ. އެއީ ފުރަތަމަ ޑިވިޝަނާއި، ދެވަނަ ޑިވިޝަނާއި، ތިންވަނަ ޑިވިޝަނުގެ އިތުރުން އޯޕަން ޑިވިޝަނެކެވެ. އޯޕަން ޑިވިޝަނުގެ ބޭނުމަކީ ކޮންމެ ރަށެއްގައި ވެސް އޮންނަ ކޮންމެ ޓީމަކަށް ނުވަތަ ކޮންމެ ޖަމިއްޔާއަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމެވެ.

އައު ފޯމެޓާއެކު ދިވެހި ޕްރިމިއާ ލީގުގައި 12 ޓީމު ފެނިގެންދާއިރު، ދިވެހި ޕްރިމިއާ ލީގުގެ ރެލިގޭޝަނުގައި އަބަދުވެސް ކުޅެން ޖެހޭނީ އެންމެ ފުލަށްދާ ހަތަރު ޓީމެވެ. އެ ހަތަރު ޓީމު ކުޅޭނީ ޒޯންތަކުން އަންނަ ޗެމްޕިއަނުންނާއެކު ދެ ލެގުގެ އުސޫލުން ޕްލޭއޮފް މެޗެކެވެ. އަދި ޕްލޭއޮފްތަކުން ބަލިވާ ޓީމުތައް ކުޅެން ޖެހޭނީ އެ ޓީމެއް ހިމެނޭ ޒޯނެއްގެ ފުރަތަމަ ޑިވިޝަނުގައެވެ.

އެފްއޭއެމުން މައުލޫމާތޭ ގޮތުން ލީގު ފަށާއިރު ކޮންމެ ޒޯނެއްގައި ރީޖަނަލް އޮފީހެއް ހުންނާނެ ކަމަށެވެ. އެންމެ ފުރަތަަމަ ލީގުގެ އިންތިޒާމުތައް އެފްއޭއެމާއި އެ ޒޯން އޮފީހެއް ގުޅިގެން ކުރިއަށްގެންދާއިރު، ޒޯން އޮފީހުން ކަންތައްތައް ދަސްކޮށް އެކަމަށް ފަރިތަވާ މިންވަރަށް ބެލުމަށްފަހު މުސްތަގުބަލުގައި ޒޯން ލީގު އިންތިޒާމުކުރުމުގެ ފުރިހަމަ ބާރު ޒޯން އޮފީހަށް ދޭނެ ކަމަށް އެފްއޭއެމުން ބުނެއެވެ. އަދި ޕްރިމިއާ ލީގަށް ހާއްސަ ބޯޑެއް އެކުލަވާލެވި ސީއީއޯ އެއްވެސް ހަމަޖެހިގެންދާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.

ޝާހް އިސްމާޢީލް (ސާޔާ)ދިވެހި ޕްރިމިއާ ލީގުފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

24 ނޮވެމްބަރު 2025
 ފަހު ވަގުތު ޖެހި ގޯލުން ބުރު އަތުން ޓީސީ ޕޮއިންޓެއް ހޯދައިފި

ފަހު ވަގުތު ޖެހި ގޯލުން ބުރު އަތުން ޓީސީ ޕޮއިންޓެއް ހޯދައިފި

10 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި

ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި

08 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު