Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމެރިކާ ލީގު

އިންޓަ މިއާމީ އާއި ނޭޝްވިލްގެ ކުރިމަތިލުން ހަމަހަމަ

31 އޯގަސްޓު 2023 | ބުރާސްފަތި 03:19

ޑީއާރުވީ ޕީއެންކޭ ސްޓޭޑިއަމްގައި ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 އޯގަސްޓު 2023 | ބުރާސްފަތި 03:19
އެމެރިކާ ލީގުގައި ނޭޝްވިލްއާ ދެކޮޅަށް މިއާމީން ކުޅުނު މެޗުގައި މެސީ

އެމެރިކާ ލީގުގައި ނޭޝްވިލްއާ ދެކޮޅަށް މިއާމީން ކުޅުނު މެޗުގައި މެސީ

މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގައި އިންޓަ މިއާމީން ނޭޝްވިލްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު ޑީއާރުވީ ޕީއެންކޭ ސްޓޭޑިއަމްގައި ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ. މެޗުގެ ފުރަތަަމަ 11 ގައި މިއާމީން ވަނީ ލިއޮނަލް މެސީ، ސާޖިއޯ ބުސްކެޓްސް އަދި ޖޯޑީ އަލްބާ ހިމަނައިފަ އެވެ. މިއީ އެމެރިކާ ލީގުގައި މި ތިން ކުޅުންތެރިން ވެސް މިއާމީ އަށް ކުޅެދިން ދެ ވަނަ މެޗެވެ. ފުރަތަމަ މެޗުގައި ވަނީ ނިޔު ޔޯކް ރެޑް ބުލްސް ބަލިކޮށްފަ އެވެ.

މެޗުގައި ދެ ޓީމުން ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ނޭޝްވިލްގެ ބުންބަރީ ފޮނުވާލި ހަމަލާ މިއާމީގެ ގޯލް ކީޕަރު ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން މިއާމީގެ ގޯލް ކުރިމަތީ ހުރެ އެ ޓީމުގެ މަހާ ފޮނުވާލި ބާރު ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. އޭގެ ފަހުން ނޭޝްވިލްގެ އޭރިޔާ ތެރެއިން މެސީ ފޮނުވާލަން މަސައްކަތް ކުރި ދެ ބޯޅައެއް، އެ ޓީމުގެ ޑިފެންޑަރު ވަނީ ބްލޮކު ކޮށްފަ އެވެ. މިއާމީގެ ޑިފެންޑަރު އަލްބާ އަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ބޯޅަ އާއެކު އޭރިޔާ ތެރެއަށް ވަދެ އަލްބާ ފޮނުވާލުމުގެ ކުރިން ނޭޝްވިލްގެ ކީޕަރު ވަނީ އެ ބޯޅަ ސަލާމަތްކޮށްފަ އެވެ. ދެ ވަނަ ހާފުގައި ލިބުނު ހިލޭ ޖެހުމެއްގައި މެސީ ފޮނުވާލި ނުރައްކާތެރި ބޯޅަ ވެސް ނޭޝްވިލްގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ. އެއީ އެ ޓީމުގެ އޭރިޔާ ބޭރުން މެސީ އަށް ކުރި ފައުލަކަށް ދިން ހިލޭ ޖެހުމެކެވެ.

މެޗު އެއްވަރުވެ ލިބުނު އެއް ޕޮއިންޓާއެކު، ޖުމުލަ 22 ޕޮއިންޓު ހޯދައިގެން މިއާމީ އޮތީ އަދިވެސް 14 ވަނައިގަ އެވެ. ލީގުގައި ދެން އެ ޓީމަށް އޮންނާނީ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ލޮސް އެންޖެލެސް އެފްސީއާ ދެކޮޅަށް ކުޅޭ މެޗެވެ.

މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)އިންޓަ މިއާމީ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
08 އޮކްޓޯބަރު 2025

ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

08 އޮކްޓޯބަރު 2025
ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި
27 ސެޕްޓެމްބަރު 2025

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި

27 ސެޕްޓެމްބަރު 2025
ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި
20 ސެޕްޓެމްބަރު 2025

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ
08 ސެޕްޓެމްބަރު 2025

ކުޅު ޖެހި މައްސަލައިގައި ސުއަރޭޒް އަށް ހަ މެޗުގެ ސަސްޕެންޝަނެއް

08 ސެޕްޓެމްބަރު 2025
ކުޅު ޖެހި މައްސަލައިގައި ސުއަރޭޒް އަށް ހަ މެޗުގެ ސަސްޕެންޝަނެއް
21 އޯގަސްޓު 2025

ސުއަރޭޒްގެ ދެ ލަނޑުން މޮޅުވެ، މިއާމީ ލީގްސް ކަޕްގެ ސެމީ ފައިނަލަށް

21 އޯގަސްޓު 2025
ސުއަރޭޒްގެ ދެ ލަނޑުން މޮޅުވެ، މިއާމީ ލީގްސް ކަޕްގެ ސެމީ ފައިނަލަށް
08 އޯގަސްޓު 2025

މެސީގެ އަނިޔާ ސީރިއަސްއެއް ނޫން

08 އޯގަސްޓު 2025
މެސީގެ އަނިޔާ ސީރިއަސްއެއް ނޫން
04 އޯގަސްޓު 2025

އެމެރިކާގެ ލޮސް އެންޖަލަސް އަށް ބަދަލުވާން ސޮން އެއްބަސްވެއްޖެ

04 އޯގަސްޓު 2025
އެމެރިކާގެ ލޮސް އެންޖަލަސް އަށް ބަދަލުވާން ސޮން އެއްބަސްވެއްޖެ
17 ޖުލައި 2025

ސިންސިނާޓީ އަތުން މިއާމީ ބަލިވެއްޖެ

17 ޖުލައި 2025
ސިންސިނާޓީ އަތުން މިއާމީ ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް