Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސައުދީ ޕްރޯ ލީގު

ހަތަރު ވަނަ މޮޅާއެކު، އަލް އަހްލީ ސައުދީ ދެ ވަނަ އަށް

ހަތަރު މެޗުން މޮޅުވެ 12 ޕޮއިންޓާއެކު، އަލް އަހްލީ ސައުދީ އޮތީ ލީގު ތާވަލްގެ ދެ ވަަނައިގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 އޯގަސްޓު 2023 | ބުދަ 02:45
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް އަހްލީ ސައުދީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އަލް އަހްލީ ސައުދީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ސައުދީ ޕްރޯ ލީގުގައި އަލް ޓާއީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް އަހްލީ ސައުދީ ލީގު ތާވަލްގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އަލް އަހްލީ ސައުދީން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި އަލް ޓާއީ އަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ، ބޮޑުބައި ދިހަ ކުޅުންތެރިންނާއެކު ކުޅެން ޖެހުމުންނެވެ. މެޗުގެ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި އެ ޓީމުގެ އަލްފާ ސެމޭޑޯ އަށް ވަނީ ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން އަލް އަހްލީ ސައުދީން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މެންޗެސްޓަރ ސިޓީ ދޫކޮށް، ދާދި ފަހުން އެ ކުލަބަށް ބަދަލުވި އަލްޖީރިއާގެ ރިޔާދު މާރޭޒް އެވެ. މިއީ އަލް އަހްލީ ސައުދީ އަށް ބަދަލުވެ މާރޭޒް އެ ކުލަބަށް ކުޅެދިން ހަތަރު ވަނަ މެޗެވެ. ހަތަރު މެޗުން އޭނާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

މެޗުގައި އަލް އަހްލީ ސައުދީގެ ދެ ވަނަ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ. 59 ވަނަ މިނެޓުގައި އެ ލަނޑު ޖަހައިދިނީ އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ފްރޭންކް ކެސިއޭ އެވެ. މިއީ ބާސެލޯނާ ދޫކޮށް އަލް އަހްލީ ސައުދީ އަށް ބަދަލުވި ކެސިއޭ ވެސް އެ ކުލަބަށް ކުޅެދިން ހަތަރު ވަަނަ މެޗެވެ. ކެސިއޭ ވެސް ވަނީ މިހާތަނަށް އެ ކުލަބަށް ދެ ލަނޑު ޖަހައިދީފަ އެވެ.

މިއީ މި ސީޒަންގެ ލީގުގައި އެ ޓީމުން ކުޅުނު ހަތަރު ވަނަ މެޗެވެ. ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއެކު، އަލް އަހްލީ ސައުދީ އޮތީ ލީގު ތާވަލްގެ ދެ ވަަނައިގަ އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި އޮތް އަލް އިއްތިހާދަށް ވެސް ލިބެނީ 12 ޕޮއިންޓެވެ. އަލް އިއްތިހާދު ކުރި ހޯދަނީ ފައިދާ ލަނޑުންނެވެ. ލީގުގައި އަލް އަހްލީ ސައުދީ އަށް ދެން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހު އަލް ފާތެހާ ދެކޮޅަށް ކުޅޭ މެޗެވެ.

ސައުދީ ޕްރޯ ލީގުއަލް އަހްލީ ސައުދީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

27 ސެޕްޓެމްބަރު 2025
ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް

ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް

14 އެޕްރީލު 2025
ޑަމަކް އަތުން ބަލިވެ އަލް އިއްތިހާދުން ފުރުސަތު ނަގާލައިފި

ޑަމަކް އަތުން ބަލިވެ އަލް އިއްތިހާދުން ފުރުސަތު ނަގާލައިފި

28 ޖެނުއަރީ 2025
އޮބާމަޔަންގެ ދެ ލަނޑާ އެކު، ޤަދްޞިއްޔާ އިން އަލް ޙިލާލް ބަލިކޮށްފި

އޮބާމަޔަންގެ ދެ ލަނޑާ އެކު، ޤަދްޞިއްޔާ އިން އަލް ޙިލާލް ބަލިކޮށްފި

28 ޖެނުއަރީ 2025
އަލް ނަޞްރު ބަލިކޮށް، އަލް އިއްތިހާދު އެއް ވަނައިގައި

އަލް ނަޞްރު ބަލިކޮށް، އަލް އިއްތިހާދު އެއް ވަނައިގައި

07 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު