Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އައިއޯއައިޖީ

އައިއޯއައިޖީ: އަންހެން ޑަބަލްސްގެ ރަން މެޑަލްވެސް ރަފާ އާއި ދީމާ ދިފާއުކޮށްފި، ޝައްފާން އާއި މުންސިފަށް ރިހި މެޑަލް

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގައިވެސް މި އިވެންޓުން ރަން މެޑަލް ހޯދާފައިވަނީ ރަފާ އާއި ދީމާގެ ޕެއާ

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 29 އޯގަސްޓު 2023 | އަންގާރަ 17:28
ދީމާ އާއި ރަފާ، ރަން މެޑަލް އާއެކު

ދީމާ އާއި ރަފާ، ރަން މެޑަލް އާއެކު

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ޓޭބަލް ޓެނިސް އަންހެން ޑަބަލްސްގެ ރަން މެޑަލް ވެސް އާއިޝަތު ރަފާ ނާޒިމާއި ފާތިމަތު ދީމާ އަލީ ދިފާއުކުރިއިރު، ފިރިހެން ޑަބަލްސް އިން މޫސާ މުންސިފް އަހުމަދު އާއި މުހައްމަދު ޝައްފާން އިސްމާއީލް ރިހި މެޑަލް ހޯދައިފިއެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގައިވެސް މި އިވެންޓުން ރަން މެޑަލް ހޯދާފައިވަނީ ރަފާ އާއި ދީމާގެ ޕެއާ އެވެ. މި ޕެއާއިން ވަނީ މިއަހަރުގެ މުބާރާތުގައިވެސް ވާދަކުރި ހުރިހާ މެޗެއް ކާމިޔާބުކޮށްފައެވެ. ސެމީ ފައިނަލްގައި މޮރިޝަސްގެ ކިނޫ އާއި ޑެސްކަންގެ ޕެއާ އާ ވާދަކޮށް، ރަފާ އާއި ދީމާ ކުރިހޯދާފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ.

ފައިނަލުގައިވެސް ރަފާ އާއި ދީމާ ވާދަކޮށްފައިވަނީ މޮރިޝަސްގެ ޕެއާ އަކާއެވެ. ހޮސެނެއްލީ އާއި ޖަލިމްގެ ޕެއާ އާ ވާދަކޮށް، ރަފާ އާއި ދީމާ މެޗު ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. ރާއްޖޭގެ ޕެއާ އިން ސެޓުތައް ކާމިޔާބުކުރީ 11-5، 11-8 އަދި 11-6 ގެ ނަތީޖާއަކުންނެވެ.

ރާއްޖޭގެ ޝައްފާން އާއި މުންސިފްގެ ޕެއާ ފައިނަލަށް ގޮސްފައިވަނީ ސީދާ ތިން ސެޓުން މޮރިޝަސްގެ ޕެއާއެއް ބަލިކުރުމަށްފަހުއެވެ. ނަމަވެސް، ފައިނަލް މެޗުގައި މަޑަގަސްކަރައިގެ ޖޮނަތަން އާއި މަހެފާ ލުސިއާނޯ އާ ވާދަކޮށް، ރާއްޖޭގެ ޕެއާ ވަނީ 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. މަޑަގަސްކަރައިގެ ޕެއާ އިން ސެޓުތައް ކާމިޔާބުކުރީ 11-9، 11-8 އަދި 11-4 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައިވެސް ރާއްޖޭގެ ދެ ޕެއާ ވަނީ ވާދަކޮށްފައެވެ. އަންހެން ތިންވަނަ ހޮވާ މެޗުގައި މިޝްކާ އާއި ލައިސާގެ ޕެއާ ވާދަކޮށްފައިވާއިރު، ފިރިހެން ތިންވަނަ ހޮވާ މެޗުގައި އަޚްޔަރު އާއި ޒީސްތުގެ ޕެއާ ވަނީ ވާދަކޮށްފައެވެ. ނަމަވެސް، ދެ ޕެއާއަށްވެސް ވަނީ ނާކާމިޔާބުވެފައެވެ.

ޓޭބަލް ޓެނިސް ޓީމަކީ މިހާތަނަށް މި މުބާރާތުގައި ރާއްޖެއަށް އެންމެ ގިނަ މެޑަލް ހޯދައިދީފައިވާ ޓީމެވެ. މީގެކުރިން ޓީޓީ ޓީމުން ވަނީ އަންހެން ޓީމް އިވެންޓުން ރަން މެޑައްޔާއި ފިރިހެން ޓީމް އިވެންޓުން ރިހި މެޑަލް އަދި މިކްސް ޑަބަލްސް އިން ރަން މެޑައްޔާއި ލޯ މެޑަލް ހޯދާފައެވެ. މިކްސް ޑަބަލްސް އިން ރަން މެޑަލް ހޯދީ ރަފާ އާއި މުންސިފްގެ ޕެއާ އެވެ. ލޯ މެޑަލް ހޯދާފައިވަނީ ދީމާ އާއި ޝައްފާންގެ ޕެއާ އެވެ.

އައިއޯއައިޖީ 2023ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި

ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި

31 އޯގަސްޓު 2025
ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

11 ޖޫން 2024
ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި

ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި

21 މެއި 2024
ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

18 މެއި 2024
ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ

ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ

16 މެއި 2024

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު