Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިތަދޫ ކުނަހަންދޫގެ ތަރައްޤީ

ހިތަދޫ/ކުނަހަންދޫ ފަޅު ތެރޭގައި އެއަރޕޯޓެއް އަޅުއްވައިދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ކޯޒްވޭގެ މަސައްކަތް ފެށި ނިމޭނެކަމުގެ ޔަގީންކަން ދެއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 އޯގަސްޓު 2023 | އަންގާރަ 11:43
ރައީސް ޞާލިހް ލ. ހިތަދޫގައި ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ

ރައީސް ޞާލިހް ލ. ހިތަދޫގައި ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ

ލް އަތޮޅުގެ ހިތަދޫ އާއި ކުނަހަންދޫ ހިމެނޭ ފަޅު ތެރޭގައި އެއަރޕޯޓެއް އަޅުއްވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭނަށް ހިތަދުއަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ ލ. ހިތަދޫއަކީ އިސްލާހީ ހަރަކާތް އެންމެ ފުރަތަމަ ފަށައިގެން ކުރިއަށްދިޔަ އިރު ފޯރިއާއި ޖޯޝުގައި ބައިވެރިވި މެންބަރުން ތިބި ތަނެއް ކަމަށެވެ. އަދި މިއަދުވެސް ތިބީ އެ ގޮތުގައި ކަމަށާއި، އެދުވަހު ފެށި މަސައްކަތް މުޅިން ނުނިމޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އިސްލާހީ މަސައްކަތުގައި ބޭނުންވީ ޖަލުގައި ކުރަމުން ދިޔަ އަނިޔާއިން ސަލާމަތްވުމަށް މަސައްކަތް ކުރެއްވުން ކަމަށާއި، އެ މަސައްކަތް ގުޅިގެން ރަނގަޅު ކުރެވިއްޖެ ކަމަށެވެ. އަދި އެއިރު އަނިޔާކުރި ގޮތަށް އިންސާނީ ކަރާމާތް ގެއްލޭ ވާހަކައެއް މިހާރު އަޑެއް ނީވޭނެ ކަމަށާއި، ކިރިޔާވެސް ޝަކުވާއެއް އައިސްފިނަމަ ހޯމް މިނިސްޓްރީން ކަރެކްޝަން މެދުވެރިކޮށް އެކަން ބަލާ، އެކަމަށް ޖާގައެއް ނުދޭނެ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވީ އަސާސީ ހިދުމަތްތައް ރަށްރަށުން ފަސޭހައިން ލިބޭނެގޮތްވުން ކަމަށެވެ. ހިތަދޫއަކީ ކުރީގެ ސަރުކާރުތަކުން އަޅާ ނުލާ ލިސްޓުގެ ފަހަތުގައިވާ ރަށެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިފަދަކަންކަން ހުރުމުގެ ސަބަބުން ވެރިކަމާާއި ހަވާލުވެ ބުރަ މަސައްކަތެއް ކުރައްވަން ޖެހުނު ކަމަށެވެ. ރައީސް ވިދާޅުވީ މިއަދު 5 އަހަރު ފަހުން ހިތްހަމަޖެހުމެއް ލިބިވަޑައިގަންނަވާ ކަމަށާއި، އެއިރު ވި ވައުދުތައް ފުއްދެމުންދާ ކަމަށާއި، ފެނާއި ނަރުދަމާ ތަފާތުކުރުމެއް ނެތި ފޯރުކޮށްދީ ކަރަންޓާއި ތައުލީމާއި ސިއްހީ ހިދުމަތް ތަފާތުކުުރުމެއް ނެތި ފޯރުކޮށްދެމުން ގެންދަވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެއްފަޅެއްގައި ހުރި ރަށްތައް ގުޅާލުމަކީ ތަސައްވުރެއް ކަމަށެވެ. ހިތަދުއާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުން ލަސްވެއްޖެކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވިއެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުންނާނެ ކަމަށާއި، ދިމާވިި ބައެއް ސަބަބުތަކާ ހުރެ ބައެއް މަޝްރޫއުތައް ފެށުން ލަސްވި ނަމަވެސް މިއަދުވަނީ ރައްޔިތުން އެދޭ ކޯޒްވޭ ހެދުމަށް ކޮންޓްރެކްޓް ކުރެވިފައި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ މަސައްކަތް ވަނީ އެމްޓީސީސީއާއި ހަވާލުކޮށްފައި ކަމަށާއި، އެމްޓީސީސީއާއި ހަވާލުކުރެވިފައިވާ މަސައްކަތް ޝެޑިއުލްއާއި އެއްގޮތަށް ކޮށް ނިންމާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ލ.އަތޮޅުގެ ދެކުނު ބިތުގެ ރަށްތަކުން އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ ވައިގެ މަގުން ލުއިފަސޭހަކޮށް ދަތުރުކުރެވޭނެ ގޮތްތައް ހެދުން ކަމަށެވެ. ރައީސް ވަނީ ހިތަދޫ ކުނަހަންދޫ އޮންނަ ފަޅު ތެރޭގައި ވައިގެ މަގުން ދަތުރުކުރެވޭނެ ގޮތަށް އެއަރޕޯޓެއް އަޅައިދެއްވުމާއިއެކު ލ އަތޮޅަށް އާރުޓީއެލްގެ ހިދުމަތް އައުމުން ހުރިހާ ރަށެއް ގުޅާލެވި ބޭނުންވާ ތަރައްގީ ހަލުވި ސްޕީޑުގައި ރަށްތަކަށް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ހިތަދޫ އަށް އަންނަ ދައުރުގެ ތެރޭގައި ކުރައްވާނެ ކަންކަން ހާމަކުރައްވާފައެވެ. އެގޮތުން ހިތަދޫގެ ތަރައްގީއަށްޓަކައި ކުރިއަށް އޮތް ދައުރުގައި ފުޓްބޯޅަ ދަނަޑުގައި ޓާފް އަޅާ ޒަމާނީ ވޮލީކޯޓެއް އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ބޮޑެތި މަގުތަކުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްގީކުރައްވާނެ ކަމަށާއި، ސިއްހީ މަރުކަޒުގެ ފެންވަރު ރަނަގަޅުކޮށް އިތުރަށް ބޭނުންވާ ވަސީލަތްތަކާއެކު ބަދަލު ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ކުނަހަންދޫއަށް ވެސް ވަނީ ވަޑައިގަންނަވާފައެވެ. އެގޮތުން ކުނަހަންދޫއާއި ހިތަދޫ ކޯޒްވޭއަކުން ގުޅާލުމާއި، ސިއްހީ ހިދުމަތް ރަނގަޅު ކުރުމަށް ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި ލެބޯޓަރީއެއް ގާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ކުނަހަންދޫ ބަނދަރުގެ ވާހަކަ ރައްޔިތުން ވިދާޅުވި ކަމަށާއި، އަންނަ ދައުރުގައި ބަނދަރަށް ބަަދަލު ގެނެސްދެއްވާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ޒުވާނުން ބޭނުންވާ ފުޓްބޯޅަ ދަނޑާއި ވޮލީކޯޓު އަޅައިދެއްވާނެކަމަށް ވެސް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.

ލ. ހިތަދޫލ. ކުނަހަންދޫރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)އުފާވެރި އަމާން ރާއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު