Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިމާރާތްކުރުމުގެ ދާއިރާ

ދުނިޔޭގައިވާ 25000 ވޯޓާ ބަނގަލޯގެ 80% ހުރީ ރާއްޖޭގައި - ޖަނާހު

ރާއްޖެއަކީ ޢިމާރާތްކުރުމުގެ ސިނާއަތުގައި ވަރަށް މޮޅު މީހުން އުޅޭ ޤައުމެއްކަމަށް އޭނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 25 ޑިސެމްބަރު 2023 | ހޯމަ 01:10
ކޮންސްޓްރަކްޝަން އިންޑަސްޓްރީ އެވޯޑް ދެއްވުމުގެ ޙަފްލާގައި މަސީގެ ރައީސް މުޙައްމަދު އަލީ ޖަނާހް  ވާހަކަދައްކަވަނީ

ކޮންސްޓްރަކްޝަން އިންޑަސްޓްރީ އެވޯޑް ދެއްވުމުގެ ޙަފްލާގައި މަސީގެ ރައީސް މުޙައްމަދު އަލީ ޖަނާހް ވާހަކަދައްކަވަނީ

ދުނިޔޭގައިވާ 25000 ވޯޓާ ބަނގަލޯގެ 80% ހުރީ ރާއްޖޭގައި ކަމަށް މަސީގެ ރައީސް މުޙައްމަދު އަލީ ޖަނާހް ވިދާޅުވެއްޖެއެވެ.

މަސީގެ ބިލްޑަރ އެވޯޑްސް ދިނުމުގެ ހަފްލާގައި ވާހަކަދައްކަވަމުން ޖަނާހް ވަނީ ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ތާރީހަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ދިވެހިންނަކީ ޒަމާނުއްސުރެ އިމާރާތްކުރުމުގެ ދާއިރާގައި ފަންނުވެރި ބައެއް ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ދިވެހި ތާރީހުގައި ދިވެހިންގެ އަތުން ބިނާކުރެވިފައިވާ ވަރަށް ގިނަ ތަންތަން ފެންނަން އެބަހުރި ކަަމަށާއި، މީގެ 100 އެތައް އަހަރެން ކުރިން ފެށިގެން ދިވެހިންގެ އިމާރާތްތައް ދިވެހިން އަމިއްލަ އަށް ބިނާކުރަމުން އައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އިންޖިނިއަރިންގެ ކުޅަދާނަކަމާއި، ހިރިގަލުން ތަކެތި ހަދާފައި ހުރި މޮޅު އުކުޅުތައް ރާއްޖެ އިން ފެންނަން ހުރުމަކީ ފަޙުރުވެރި ތާރީހެއް ލިބިދޭ ކަމެއް ކަަމަށް އޭނާ ވިދާޅުވިއެވެ. އެކަން ދިވެހިން ބަދަލުކުރީ ފަހުރުވެރިވާ އުސޫލަކުން ކަމަށް އޭނާ ވަނީ ވިދާޅުވިއެވެ.

އެގޮތުން އިމާރާތްކުރުމުގެ ދާއިރާގެ މަސައްކަތްތަކުގެ ތެރެއިން ހަތްދިހައިގެ އަދި އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ދިވެހިން ރިސޯޓްތައް ޤާއިމްކުރަން ފެށިކަން އޭނާ ފާހަގަކުރެއްވިއެވެ. އެ މަސައްކަތުގެ މަތީގައި ދެމިތިބެ މިއަދު ރާއްޖެ އަކީ ދުނިޔޭގެ އެންމެ ކުޅަދާނަ ރިސޯޓް ހަދާ މީހުންކަމަށް ދައްކުވައިދީފައިވާ ކަމަށް ޖަނާހު ވަނީ ވިދާޅުވެފައެވެ. ޖަނާހު ވަނީ ދިވެހިރާއްޖެއަކީ ޓުއަރިޒަމް އިންޑަސްޓްރީގެ ދުނިޔޭގެ ނަންބަރ 1 ކަން ފާހަގަކުރައްވާފައެވެ. ރާއްޖެ އަކީ ޓުއަރިޒަމް އިންޑަސްޓްރީއަށް ދުނިޔެއިން އެންމެ މޮޅު ޕްރޮޑަކްޓް ނެރެދޭ ޤައުމު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ޕްރޮޑަކްޓް އެގޮތަށް ނެރެދެވެނީ ކުޅަދާނަ ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުން ކޮލިޓީ ޕްރޮޑަކްޓް ނެރެދެވޭތީ ކަމަށް ޖަނާހު ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެއަކީ ޢިމާރާތްކުރުމުގެ ސިނާއަތުގައި ވަރަށް މޮޅު މީހުން އުޅޭ ޤައުމެއްކަމަށް އޭނާ ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ ލީޑިންގ ޑެސްޓިނޭޝަނަކަށް ރާއްޖެ ވަނީ މާކެޓް އިޝްތިހާރުކުރުމާއި ފަތުރުވެރިންގެ އަދަދުން އެކަނި ނޫން ކަމަށާއި އެކަން ކުރެވެނީ ރާއްޖެއިން ފަތުރުވެރިންނަށް ރަނގަޅު ޕްރޮޑަކްޓެއް ފޯރުކޮށްދެވޭތީ ކަމަށް ޖަނާހް ވިދާޅުވިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ)

އިތުރަށް ކިޔާލަން

02 ޖުލައި 2024

ކޮށްފައި ހުރި މަސައްކަތްތަކަށް ސަރުކާރުން ފައިސާ ނުދޭތީ ކޮންސްޓްރަކްޝަން އިންޑަސްޓްރީން ކަންބޮޑުވެއްޖެ

02 ޖުލައި 2024
ކޮށްފައި ހުރި މަސައްކަތްތަކަށް ސަރުކާރުން ފައިސާ ނުދޭތީ ކޮންސްޓްރަކްޝަން އިންޑަސްޓްރީން ކަންބޮޑުވެއްޖެ
25 ޑިސެމްބަރު 2023

މަސީގެ ފުރަތަމަ ބިލްޑަރ އެވޯޑްސް 6 ފަރާތަކަށް ދީފި

25 ޑިސެމްބަރު 2023
މަސީގެ ފުރަތަމަ ބިލްޑަރ އެވޯޑްސް 6 ފަރާތަކަށް ދީފި
29 އޯގަސްޓު 2023

"އުންމީދަކީ ރާއްޖޭގައި ކޮންޓްރެކްޓް ކުރުމުގެ ފޯމެޓް ފިޑިކްގެ ކޮންޓްރެކްޓިންއާ އެއްގޮތްވުން"

29 އޯގަސްޓު 2023
"އުންމީދަކީ ރާއްޖޭގައި ކޮންޓްރެކްޓް ކުރުމުގެ ފޯމެޓް ފިޑިކްގެ ކޮންޓްރެކްޓިންއާ އެއްގޮތްވުން"
31 މާރިޗު 2017

މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު

31 މާރިޗު 2017
މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު
26 މާރިޗު 2017

ވޯޓާ ދިމާކޮށް ޕީޕީއެމް ޕީޖީ ގްރޫޕް ރިސޯޓެއްގައި "ކޭމްޕް" ކުރަނީ!

26 މާރިޗު 2017
ވޯޓާ ދިމާކޮށް ޕީޕީއެމް ޕީޖީ ގްރޫޕް ރިސޯޓެއްގައި "ކޭމްޕް" ކުރަނީ!
22 މާރިޗު 2017

މަސީހުގެ ވޯޓާ ދިމާކޮށް ރައްޔިތުން މާލެ އެރުމަށް ގޮވާލާ ގަރާރެއް އެމްޑީޕީން ފާސްކޮށްފި

22 މާރިޗު 2017
މަސީހުގެ ވޯޓާ ދިމާކޮށް ރައްޔިތުން މާލެ އެރުމަށް ގޮވާލާ ގަރާރެއް އެމްޑީޕީން ފާސްކޮށްފި
22 މާރިޗު 2017

ގައުމުގެ ބައެއް ފިކުރުތައް ހުރީ އިބިލީހަށް ވުރެވެސް ކުރީގައި: ރައީސް ޔާމީން

22 މާރިޗު 2017
ގައުމުގެ ބައެއް ފިކުރުތައް ހުރީ އިބިލީހަށް ވުރެވެސް ކުރީގައި: ރައީސް ޔާމީން
19 މާރިޗު 2017

މަސީހްގެ ވޯޓާ ދިމާކޮށް ނަޝީދު ލަންކާއަށް

19 މާރިޗު 2017
މަސީހްގެ ވޯޓާ ދިމާކޮށް ނަޝީދު ލަންކާއަށް
14 މާރިޗު 2017

އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ

14 މާރިޗު 2017
އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ
23 ފެބުރުއަރީ 2017

ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް

23 ފެބުރުއަރީ 2017
ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު