Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ބޮޑު ބައި ދިހަ ކުޅުންތެރިންނާއެކު ކުޅެ، ލިވަޕޫލުން ނިއުކާސަލް ބަލިކޮށްފި

28 އޯގަސްޓު 2023 | ހޯމަ 02:47

ލިވަޕޫލަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ 28 ވަނަ މިނެޓުގައި ކެޕްޓަން ވާޖިލް ވެން ޑައިކަށް ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 އޯގަސްޓު 2023 | ހޯމަ 02:47
މެޗުގައި ލަނޑު ޖެހުމަށްފަހު ލިވަޕޫލްގެ ނޫނޭޒް އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ލިވަޕޫލްގެ ނޫނޭޒް އުފާ ފާޅުކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް މޮޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ރޭ ނިއުކާސަލްގެ އެސްޓީ ޖޭމްސް ޕާކުގައި ކުޅުނު މެޗު ލިވަޕޫލް ކާމިޔާބު ކުރީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ނިއުކާސަލް އިންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި ނިއުކާސަލަށް ލީޑު ނަގައިދިނީ ގޯޑޮން އެވެ. އެއީ ލިވަޕޫލްގެ ޑިފެންޑަރު ޓްރެންޓް އެލެކްސަންޑާ އާނޯލްޑަށް ހެދުނު ގޯހެއްގައި ލިބުނު ބޯޅަ ގޯލަށް ވައްދާލައިގެންނެވެ. ލިވަޕޫލްގެ ގޯލުގައި ހުރި އެލިސަން ބެކާ އެ ބޯޅަ ހުއްޓުވުމަށް މަސައްކަތް ކުރި ނަމަވެސް، ގޯޑޮން ވަނީ އެލިސަންގެ ފައި ދަށުން ބޯޅަ ގޯލަށް ވައްދާލައިފަ އެވެ. މެޗުގައި ލިވަޕޫލަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ 28 ވަނަ މިނެޓުގައި ކެޕްޓަން ވާޖިލް ވެން ޑައިކަށް ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. އެއީ ނިއުކާސަލްގެ އެލެކްސެންޑާ އީސާކަށް ވެން ޑައިކް ކުރި ފައުލަކަށް ރެފްރީ ދެއްކި ރަތް ކާޑެކެވެ.

މެޗުގެ ބާކީ ބައި ދިހަ ކުޅުންތެރިންނާއެކު ކުޅެ، ލިވަޕޫލުން ނަތީޖާ ހަމަހަމަ ކުރީ 81 ވަނަ މިނެޓުގަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އުރުގުއޭގެ ޒުވާން ފޯވާޑް ޑާވިން ނޫނޭޒް އެވެ. ނިއުކާސަލްގެ އޭރިޔާ ތެރެއިން ތިރި ތިރިން އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގެ ތެރޭގައި ލިވަޕޫލް މޮޅު ކޮށްދިނީ ވެސް ނޫނޭޒް އެވެ. އެއީ މިސްރުގެ ފޯވާޑް މުޙައްމަދު ޞަލާޙު ދިން ބޯޅައެއް ގޯލަށް ވައްދާލައިގެންނެވެ.

މިއީ މި ސީޒަންގެ ލީގުގައި ލިވަޕޫލް އިން ކުޅުނު ތިން ވަނަ މެޗެވެ. ތިން މެޗުގެ ތެރެއިން އެ ޓީމު ވަނީ ދެ މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެފަ އެވެ. ޖުމުލަ ހަތް ޕޮއިންޓާއެކު ލިވަޕޫލް އޮތީ ހަތަރު ވަނައިގަ އެވެ. ލީގުގައި ދެން އެ ޓީމަށް އޮންނާނީ އަމިއްލަ ދަނޑުގައި ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހު އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗެވެ.

ނިއުކާސަލް ޔުނައިޓެޑް

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ފަހަތުން އަރައި އާސެނަލް އިން ނިއުކާސަލް ބަލިކޮށްފި

29 ސެޕްޓެމްބަރު 2025
ފަހަތުން އަރައި އާސެނަލް އިން ނިއުކާސަލް ބަލިކޮށްފި
05 އޯގަސްޓު 2025

ސެސްކޯ ހޯދުމަށް ނިއުކާސަލް އިން 90 މިލިއަން ޔޫރޯ ހުށަހަޅައިފި

05 އޯގަސްޓު 2025
ސެސްކޯ ހޯދުމަށް ނިއުކާސަލް އިން 90 މިލިއަން ޔޫރޯ ހުށަހަޅައިފި
16 ޖުލައި 2025

އިސާކް ހޯދަން ލިވަޕޫލް އިން މަސައްކަތް ކުރަނީ

16 ޖުލައި 2025
އިސާކް ހޯދަން ލިވަޕޫލް އިން މަސައްކަތް ކުރަނީ
05 ޑިސެމްބަރު 2024

ނިއުކާސަލް އިން ލިވަޕޫލާ އެއްވަރު ކޮށްފި

05 ޑިސެމްބަރު 2024
ނިއުކާސަލް އިން ލިވަޕޫލާ އެއްވަރު ކޮށްފި
03 ނޮވެމްބަރު 2024

ނިއުކާސަލް އަތުން ބަލިވެ، އާސެނަލް ހަތަރަކަށް

03 ނޮވެމްބަރު 2024
ނިއުކާސަލް އަތުން ބަލިވެ، އާސެނަލް ހަތަރަކަށް
28 އޮކްޓޯބަރު 2024

ނިއުކާސަލް ބަލިކޮށް، ޗެލްސީ ފަސް ވަނަ އަށް

28 އޮކްޓޯބަރު 2024
ނިއުކާސަލް ބަލިކޮށް، ޗެލްސީ ފަސް ވަނަ އަށް
11 ޖޫން 2024

ޓްރަފޯޑް ހޯދުމަށް ނިއުކާސަލް އިން މަސައްކަތް ކުރަނީ

11 ޖޫން 2024
ޓްރަފޯޑް ހޯދުމަށް ނިއުކާސަލް އިން މަސައްކަތް ކުރަނީ
16 މެއި 2024

ނިއުކާސަލް ޔުނައިޓެޑް އަތުން މެންޗެސްޓަރ ޔުނައިޓެޑް މޮޅު

16 މެއި 2024
ނިއުކާސަލް ޔުނައިޓެޑް އަތުން މެންޗެސްޓަރ ޔުނައިޓެޑް މޮޅު
14 ޖެނުއަރީ 2024

އިތުރު ވަގުތުގައި މެންޗެސްޓަރ ސިޓީ މޮޅުކޮށްދިނީ އޮސްކާ ބޮބް

14 ޖެނުއަރީ 2024
އިތުރު ވަގުތުގައި މެންޗެސްޓަރ ސިޓީ މޮޅުކޮށްދިނީ އޮސްކާ ބޮބް
02 ޖެނުއަރީ 2024

ލިވަޕޫލް މޮޅުވެ، ލީޑުގައި

02 ޖެނުއަރީ 2024
ލިވަޕޫލް މޮޅުވެ، ލީޑުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް