Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބިންވެރިޔާ ސްކީމް

"އުޅުނީ ކުދިންނާއެކު 10 ފޫޓު 10 ފޫޓު ގޮޅިއެއްގައި، މިއީ ހުވަފެނެއް ހަޤީޤަތަކަށްވުން"

ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ޝަރުތު ހަމަވި 19639 މީހުންނަށް ގޯތި ލިބޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 28 އޯގަސްޓު 2023 | ހޯމަ 02:21
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ބައެއް މީހުން

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ބައެއް މީހުން

މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް މާލޭ ސަރަހައްދުން ގޯތި ކަނޑައި ދޭން ފަށާފައި ވަނީ އާދިއްތަ ދުވަހުއެވެ. ބިންވެރިޔާ ސްކީމްގެ ދަށުން އާއްމުންނަށް ގޯތި ދޫކުރުމުގެ މަރުހަލާގެ ތެރެއިން ފުރަތަމަ ގޯތިތައް ލިބުނު މީހުން ތިބީ ގޯތީގެ ހަޤީޤަތް ގަބޫލުކުރަން އަދިވެސް ދަތިވާ ފަދަ، ހައިރާންކަމެއްގައެވެ. އެތައް ދުވަހެއްގެ އިންތިޒާރު ނިމުމަކަށް އައިސް ގޯތިވެރިންނަށް ވުމުގެ ހުވަފެން ހަޤީޤަތަކަށް ވާކަން އަދިވެސް ޤަބޫލުކުރަން ގިނަ މީހުންނަށް ދައްޗެވެ.

ފުރަތަމަ ގޯތި ކަނޑާ ހަވާލު ކުރީ 20739، މުހައްމަދު ވިޝާލް އާއިއެވެ. އޭނާގެ ޝުއޫރުތައް ރާއްޖެއެމްވީ އާއި ހިއްސާކުރަމުން އޭނާ ބުނީ ގޯތި ލިބުމުން ވަރަށް އުފާވާ ކަމަށެވެ. ވިޝާލް ބުނީ މިއީ އޭނާ އަށް ފެނިދާނެ ދުވަހެއް ކަަމަށް ކުރިން އޭނާ ހީކޮށްފައިވެސް ނުވާ ކަމަށެވެ. އަދި އުންމީދަކީ މިފަދަ މަޝްރޫޢުތައް ކުރިއަށް ގެންގޮސް އޭނާ ފަދައިން އިތުރު ގިނަ ބަޔަކަށް ގޯތި ލިބުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ގޯތި ލިބުނު މީހުންގެ އިހުސާސްތައް ކިޔާދިނުމުން އެ މީހުންގެ މެދުގައި އޮތް އުފާވެރިކަން ވަރަށް ރަނގަޅަށް ހާމަވެއެވެ. އެގޮތުން ގޯތި ލިބުނު ފާތިމަދު ރަޝީދާ އާއި އޭނާގެ ފިރިމީހާ ވެސް ތިބީ ވަރަށް އުފަލުންނެވެ. މިއީ ވަރަށް ގިނަ މީހުންގެ ހުވަފެންތައް ހަޤީޤަތަކަށް ވުން ކަމަށް އޭނާ ސިފަކުރިއެވެ. އަދި ގޯތި ލިބުމަކީ ހަޤީޤަތަކަށް ވާނެ ކަމެއް ނޫނޭ ބުނަމުން ދަނިކޮށް އެކަމުގެ އަސްލު މިހާރު އެނގިގެން ގޮސްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާގެ ފިރިމީހާވެސް ވަނީ ގޯތި ލިބުމަކީ ވަރަށް އުފާވެރިކަމެއް ކަަމަށް ބުނެފައެެވެ. އަދި މިއީ ހުވަފެނެއް ނޫން ކަމަށާއި މިއީ ހަޤީޤަތެއްކަން މިހާރު އެނގޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ގޯތި ލިބުނު އިބްރާހިމް ރަޝީދު އަށް މިއަދަކީ ޖަޒުބާތީ ދުވަހެކެވެ. ސަބަބަކީ އަނބިމީހާ އާއި ކުދިންނާއެކު 10 ފޫޓު 10 ފޫޓު ގޮޅިއެއްގައި އުޅުނު ދިރިއުޅުން މުޅިން ބަދަލުކޮށްލުމެވެ. މިއީ އަމިއްލަ ގޯއްޗެއް ލިބުމަށް އެދި އޭނާ ކުރި ދިގު އިންތިޒާރާއި، ގޯއްޗަށް އެދި އޭނާ ދުށް ހުވަފެނެއް ހަޤީޤަތަކަށްވެގެން ދިޔަ ދުވަހެވެ.

ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ޝަރުތު ހަމަވި 19639 މީހުންނަށް ގޯތި ލިބެއެވެ. އެއީ 9000ށްވުރެ ގިނަ ބިމެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން 1351 ބިން، ގުޅިފަޅުން 2218 ބިން އަދި ގިރާވަރު ފަޅުން 5432 ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޖުމްލަ 9001 ގޯއްޗެވެ. މި ގޯތިތަކުގެ ތެރެއިން 1250 އަކަފޫޓާއި 1650 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯތިތައް ދިނުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެއާއި، ގުޅީފަޅާއި ގިރާވަރު ފަޅުންނެއެވެ. އޭގެ އިތުރުން 2450 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ ގޯތިތައް ދޫކުރާނީ ހުޅުމާލެއާއި ގުޅިފަޅުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދަރި ވިހަންޖެހުނީ ޖަންގަލިތަކުގެ ތެރޭގައި، މިއީ މިހާތަަނަށް ކުރިމަތިވި އެންމެ އުންދަގޫ ކަންތައް!

ދަރި ވިހަންޖެހުނީ ޖަންގަލިތަކުގެ ތެރޭގައި، މިއީ މިހާތަަނަށް ކުރިމަތިވި އެންމެ އުންދަގޫ ކަންތައް!

11 ސެޕްޓެމްބަރު 2017
މިއީ ހަމަ ރަނގަޅަށްވެސް "ޕްލާސްޓިކް" ސަރުކާރެއް!؟

މިއީ ހަމަ ރަނގަޅަށްވެސް "ޕްލާސްޓިކް" ސަރުކާރެއް!؟

02 ސެޕްޓެމްބަރު 2017
ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!

ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!

30 އޯގަސްޓު 2017
ހަގީގަތުގައި ވެސް މިއީ ހަމަ ކުޅިވަރެކެވެ.

ހަގީގަތުގައި ވެސް މިއީ ހަމަ ކުޅިވަރެކެވެ.

27 އޯގަސްޓު 2017
މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!

މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!

27 ޖޫން 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު