Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމެރިކާ ލީގު

އިންޓަ މިއާމީ އަށް މޮޅެއް، އެމެރިކާ ލީގުގެ ފުރަތަމަ މެޗުގައި ވެސް މެސީ ލަނޑު ޖަހައިފި

މިއާމީން މެޗު ކާމިޔާބު ކުރީ 2-0 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 އޯގަސްޓު 2023 | އާދީއްތަ 03:42
މެޗުގައި ލަނޑު ޖެހުމަށްފަހު މެސީ، މިއާމީގެ ކުޅުންތެރިންނާއެކު އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު މެސީ، މިއާމީގެ ކުޅުންތެރިންނާއެކު އުފާ ފާޅުކުރަނީ

މޭޖާ ލީގު ސޮކާ (އެމެރިކާ) ލީގުގައި އިންޓަ މިއާމީން ނިޔު ޔޯކް ރެޑް ބުލްސްއާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު މޮޅުވެއްޖެ އެވެ.

ރެޑް ބުލް އެރީނާގައި އާދިއްތަ ދުވަހުގެ ހެނދުނު ކުޅުނު މެޗު މިއާމީން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި މިއާމީން ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގަ އެވެ. ޔާވުޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ލިބުނު ބޯޅަ ތިރި ތިރިން ގޯލުގެ އަރިމަތީ ކަނަށްވާ ގޮތަށް ވައްދާލައިގެން މިއާމީ އަށް ލީޑު ނަގައިދިނީ ޑިއޭގޯ ގޮމޭޒް އެވެ. މިއީ މިދިޔަ ޖުލައި މަހުގެ ތެރޭގައި މިއާމީ އަށް ބަދަލުވި ގޮމޭޒް އެމެރިކާ ލީގުގައި ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ. އަދި މިއާމީ އަށް އޭނާ ޖަހައިދިން ފުރަތަމަ ލަނޑެވެ. މެޗުގައި މިއާމީގެ ދެ ވަނަ ލަނޑު ކެޕްޓަން ލިއޮނަލް މެސީ ޖެހީ 89 ވަނަ މިނެޓުގަ އެވެ. އެއީ އަރޯޔޯ ގޯލު ކުރި މައްޗަށް ދިން ބޯޅައެއް ގޯލަށް ވައްދާލައިގެންނެވެ. މިއީ މިއާމީ އާއެކު މެސީ އެމެރިކާ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. އަދި ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ. މިއާމީ އަށް ބަދަލުވެ މިހާތަނަށް މެސީ ވަނީ އެ ކުލަބަށް ޖުމުލަ ނުވަ މެޗު ކުޅެދީ، 11 ލަނޑު ޖަހައިފަ އެވެ.

މިއާމީ އޮތީ ލީގު ތާވަލްގެ 14 ވަނައިގައި އެވެ. އެއީ ކުޅުނު 23 މެޗުން 21 ޕޮއިންޓާއެކު އެވެ. ލީގުގައި އެ ޓީމަށް ދެން އޮންނާނީ ނަޝްވީލާ ދެކޮޅަށް ކުޅޭ މެޗެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

01 ފެބުރުއަރީ 2017
ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު