Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް

ނާއިބު ރައީސްގެ އިލްތިމާސަކީ އިޤްތިޞާދީ ބަދަލުގެނެސް އިޤްތިޞާދު ދެގުނަކުރުމަށް މަސައްކަތްކުރުން

ނައިބު ރައީސް ވަނީ ދިވެހިރާއްޖޭގެ ޕޭމަންޓް ސިސްޓަމަށް ގެނައި ބަދަލު މުހިންމު ކަމަށް ވިދާޅުވެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 27 އޯގަސްޓު 2023 | އާދީއްތަ 02:24
ގައުމީ ޕޭމަންޓް ނިޒާމް 'ފަވަރަ' އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ގައުމީ ޕޭމަންޓް ނިޒާމް 'ފަވަރަ' އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އީޖާދީ މަސައްކަތްތެރި ޒުވާނުން އިޤްތިޞާދީ ބަދަލުގެނެސް އިޤްތިޞާދު ދެގުނަކުރުމަށް މަސައްކަތްކުރުމަށް ނާއިބު ރައީސް ފައިސަލް ނަސީމް އިލްތިމާސްކުރައްވައިފިއެވެ.

ނާއިބް ރައީސް މިހެން ވިދާޅުވީ ސަރުކާރުގެ އިޤްޠިސާދީ ސިޔާސަތުގެ ދަށުން، އަދުގެ ދުނިޔެ މިސާލުޖަހާފަދަ "ސްމާޓް ނޭޝަން" އަކަށްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ތައާރަފްކޮށްދެއްވުމަށް ފަހު ވާހަކަފުޅުދައްކަވަމުންނެވެ. މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ދުނިޔެއަށް އަންނަ ބަދަލުތަކާއި ފައިހަމަކުރުމަށް ދިވެހިރާއްޖޭގެ ޕޭމަންޓް ސިސްޓަމަށް ގެނައި ބަދަލު މުހިންމު ކަމަށް ވިދާޅުވެފައެވެ. އަދި ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި ފައިހަމަކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޓެކްނޮލޮޖީގެ ރޮގުންކަން ފާހަގަކުރައްވައި އެކަންކަމުން ކުރިއެރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ހޮނިހިރު ދުވަހުގެރޭ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ އެ ދާއިރާގައި މަސައްކަތް ކުރާ ޒުވާނުން މަސައްކަތްކޮށްގެން އިޤްތިޞާދީ ބަދަލުގެނެސް އިޤްތިޞާދު ދެގުނަކުރުމަށް މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުޞަތުތައް ފުޅާކުރުމަށް، ދިވެހިރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާކުރުމަށް ބާރުއަޅުއްވާފައެވެ.

މި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ ޤައުމު ބިނާވެގެންދަނީ ވަރަށް ޒިންމާދާރު މަސައްކަތްތަކެއް އެންމެން ގުޅިގެން ކޮށްގެންކަމުގައެވެ. އަދި ޤައުމެއް ތަރައްޤީ ކުރުމަށް އާބާދީ ކުޑަކަމަށް ނުބަލައި ހުރިހާ ދާއިރާއަކުން މަސައްކަތްކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި އީޖާދީ ވިސްނުންގެނެސް ޤައުމަށް ބޭނުންވާނެ ހުރިހާ ދާއިރާއަކުން މަސައްކަތްކުރުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ. ހަމަ އެއާއެކު ޤައުމަށްޓަކައި އެކި ދާއިރާތަކުން ވިސްނުން ބަހައްޓައި ޤައުމު ތަރައްޤީކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

"ފަވަރާ" މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ސަބަބުން ރާއްޖޭގައި ޕޭމަންޓް ޚިދުމަތަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި މިކަމުގެ ސަބަބުން ވިޔަފާރިތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރުވެ، އެ ޚިދުމަތްތައް އެންމެންނަށް ވެސް ލިބިގެންދާނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ. މީގެ އިތުރުން ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތައް ހޯދުމުގައި އިތުރަށް ލުއިފަސޭހަ ވެގެންދާނެ ކަމަށާއި މި ސިސްޓަމް ޤާއިމުކުރުމުން ފިންޓެކް އަދި އީ-ކޮމާސްގެ ޚިދުމަތްތަކަށް މަގުފަހިކޮށްދެއެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ޕީޕީއެމްގެ ރައީސްގެ އޮފީސް ބެލެހެއްޓުން ފުލުހުން ހުއްޓާލައިފި

05 އެޕްރީލު 2017
ޕީޕީއެމްގެ ރައީސްގެ އޮފީސް ބެލެހެއްޓުން ފުލުހުން ހުއްޓާލައިފި
31 މާރިޗު 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި

31 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި
31 މާރިޗު 2017

ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ރައީސްގެ ވާހަކަފުޅު މުޅިން ތަފާތު!

31 މާރިޗު 2017
ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ރައީސްގެ ވާހަކަފުޅު މުޅިން ތަފާތު!
22 މާރިޗު 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި

22 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު