Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑަބްލިޔުއެސްސީއާ ގުޅުންހުރި ދާއިރާތައް

އެމްޑަބްލިޔުއެސްސީއާ ގުޅުންހުރި ދާއިރާތަކުން މީހުން އުފެއްދުމަށް ނައިބު ރައީސް އެދިވަޑައިގެންފި

ކުރިޔަށް އޮތްތަނުގައި ހުޅުމާލެއާއި ގުޅީފަޅާއި ތިލަފުއްޓާއި ގިރާވަރުފަޅަށް އަންނަ ތަރައްގީއާއެކު އެސަރަހައްދުތަކަށް ފެން ބޭނުންވާ މިންވަރު އަދި އިތުރުވަމުންދާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 26 އޯގަސްޓު 2023 | ހޮނިހިރު 17:31
ނައިބު ރައީސް ފައިސަލް ނަސީމް، އެމްޑަބްލިޔުއެސްސީން ހުޅުމާލޭގައި ބެހެއްޓި އާރުއޯ ޕްލާންޓްގައި

ނައިބު ރައީސް ފައިސަލް ނަސީމް، އެމްޑަބްލިޔުއެސްސީން ހުޅުމާލޭގައި ބެހެއްޓި އާރުއޯ ޕްލާންޓްގައި

އެމްޑަބްލިޔުއެސްސީއާ ގުޅުންހުރި ދާއިރާތަކުން މީހުން ބިނާކުރުމުގެ މަސައްކަތްކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ފެން ފޯރުކޮށްދިނުމަށްޓަކައި އެމްޑަބްލިޔުއެސްސީން ހުޅުމާލޭގައި 3000 ޓަނުގެ ފެން އުފައްދާ އާރުއޯ ޕްލާންޓެއް ބެހެއްޓުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވަނީ މާލޭ ސަރަހައްދުގައި އާބާދުވާ މީހުންނަށް ބޭނުންވާ މިންވަރަށް ފެން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް ތައުރީފްކުރައްވާފައެވެ. ފައިސަލް ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ހުޅުމާލެއާއި ގުޅީފަޅާއި ތިލަފުއްޓާއި ގިރާވަރުފަޅަށް އަންނަ ތަރައްގީއާއެކު އެސަރަހައްދުތަކަށް ފެން ބޭނުންވާ މިންވަރު އަދި އިތުރުވަމުންދާނެކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން އަދި އެމްޑަބްލިޔުއެސްސީއަށް ހިންދެމިލެވެން ނެތްކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ މި މަސައްކަތް ރައްޔިތުންނަށް ދަތިނުވެ ކުރިޔަށްދަނީ އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންގެ ބުރަ މަސައްކަތުންކަމަށާއި، އެކަން ފާހަގަކުރައްވާކަމަށެވެ. އަދި އެމްޑަބްލިޔުއެސްސީން ހަމައެކަނި ކުރަމުންދަނީ ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ނޫންކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ، މާލޭގެ ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް އެމްޑަބްލިޔުއެސްސީން ކުރަމުންދާކަމަށެވެ.

މީގެ އިތުރުން 31 ރަށެއްގައި އެމްޑަބްލިޔުއެސްސީން ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ކުރިޔަށް ގެންދާކަމަށް ފައިސަލް ވިދާޅުވިއެވެ. މިހުރިހާ ކަމަކީވެސް ގިނަ ޓެކްނިކަލް މުވައްޒަފުން ބޭނުންވާ ކަމެއްކަމަށް ފައިސަލް ވިދާޅުވިއެވެ.

މީގެއިތުރުން ފައިސަލް ވަނީ ސީއެސްއާރުގެ ދަށުން އެމްޑަބްލިޔުއެސްސީގެ އެހީތެރިކަން ގިނަ ކަންކަމަށް ލިބެމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މީހުން އުފެއްދުމަށްވެސް އެމްޑަބްލިޔުއެސްސީގެ އެހީތެރިކަން ލިބޭކަމަށް ފައިސަލް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފެންފުށީ ކައުންސިލްގެ ނައިބު ރައީސް ޕީޕީއެމް ދޫކޮށް ޖޭޕީއަށް ސޮއިކޮށްފި

ފެންފުށީ ކައުންސިލްގެ ނައިބު ރައީސް ޕީޕީއެމް ދޫކޮށް ޖޭޕީއަށް ސޮއިކޮށްފި

28 އެޕްރީލު 2017
ޖުމައިރާގެ ރޯޔަލް ރެޒިޑެންޓް ނައިބު ރައީސް ހުޅުވައި ދެއްވައިފި

ޖުމައިރާގެ ރޯޔަލް ރެޒިޑެންޓް ނައިބު ރައީސް ހުޅުވައި ދެއްވައިފި

31 މާރިޗު 2017
އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް

އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް

28 މާރިޗު 2017
މަޖިލީހުގެ ނައިބު ރައީސް މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި

މަޖިލީހުގެ ނައިބު ރައީސް މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި

22 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު