Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެންޑީއެފްގެ ޚިދުމަތްތައް

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އައު ހެޑްކުއާޓަރސް ގެ ބިންގާ އަޅުއްވައި ދެއްވައިފި

މި 5 އަހަރު ކޯސްޓްގާޑުން ނޮދަން އޭރިއާގައި ކަނޑުމަތީގެ 232 ޙާދިސާއެއްގައި ޙަރަކާތްތެރިވެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 އޯގަސްޓު 2023 | ހޮނިހިރު 07:58
އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އައު ހެޑްކުއާޓަރސް ބިންގާ އެޅުން

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އައު ހެޑްކުއާޓަރސް ބިންގާ އެޅުން

ހދ.ހަނިމާދޫގައި ޤާއިމްކުރާ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އައު ހެޑްކުއާޓަރސްގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ.

މިކަމަށް ޓަކައި ހދ. ހަނިމާދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ ވަޒީރު، އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއެވެ. އަދި އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ދިފާޢީ ވަޒީރު، އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުﷲ ޝަމާލްއެެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިފާޢީ ވަޒީރު، އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީ ވިދާޅުވީ، ދިވެހިރާއްޖޭގެ ޖޯގްރަފީއަށް ބެލިއަސް، އަދި ސަރަޙައްދުގެ ޖޯގްރަފީއާއި، އިންޑިއާ ކަނޑުގެ މެރިޓައިމް ޓްރޭޑް ރޫޓްތަކަށް ބެލިޔަސް، ރާއްޖޭގެ އުތުރުގައި އަސްކަރިއްޔާގެ ފުރިހަމަ ބައިވެރިވުން ޤާއިމްކުރެވި، ރާއްޖޭގެ ސަރަޙައްދާއި، އެ ސަރަޙައްދުން ހުރަސްކުރާ މެރިޓައިމް ޓްރެފިކްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ރާއްޖެއިން ކުރަންޖެހޭ މަސައްކަތް ވަރަށް ސާފުކޮށް ހާމަވާ ކަމަށެވެ.

އަދި އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ކޮމާންޑްތަކާއި މަރުކަޒުތަކާއި އައުޓްޕޯސްޓްތައް ޤާއިމްކޮށް ތަރުތީބުކުރަމުން ގެންދަނީ ދިވެހިރާއްޖޭގެ ޖޯގްރަފީއާއި، ރާއްޖޭގެ މާޙައުލާއި ރަށްތަކުގެ އާބާދީއަށް ވެސް ވަރަށް ބޮޑަށް ބައްލަވައިގެން ކަމަށް ވިދާޅުވިއެވެ.

މި ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ފޯރުކޮށްދިން ޚިދުމަތްތަކަށް އަލިއަޅުއްވާލައްވައި ދިފާޢީ ވަޒީރު ވިދާޅުވީ، ކޯސްޓްގާޑުން ނޮދަން އޭރިއާގައި ކަނޑުމަތީގެ 232 ޙާދިސާއެއްގައި ޙަރަކާތްތެރިވެ، 526 ރައްޔިތަކަށް ސަލާމަތްތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި، އެ އޭރިއާގައި އެކަނިވެސް، ސީ އެމްބިއުލާންސާއި ކޯސްޓްގާޑް އުޅަނދުތަކުގައި 4،000 އަށްވުރެ ގިނަ މެޑިކަލް އިވެކުއޭޝަން ހިންގާފައިވާ ކަމަށެވެ.

އަދި، ޤަވާޢިދާއި ޚިލާފަށް ދިވެހި މަސްކަނޑުތަކުން މަސްވެރިކަން ކުރަނިކޮށް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް މި 5 އަހަރު ތެރޭގައި ގެނެވުނު އުޅަނދު ފަހަރުތަކުގެ 41% އަތުލައިގަނެވިފައި ވަނީވެސް ނޮދަން ކޮމާންޑްގެ ސަރަޙައްދުން ކަމަށާއި، އެއްގަމަށް ބަލާއިރު، 100 އަށްވުރެ ގިނަ އަލިފާނުގެ ޙާދިސާއަކަށް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ޙަރަކާތްތެރިވި ކަމުގައި މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް

19 ފެބުރުއަރީ 2017
ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް
18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
05 ފެބުރުއަރީ 2017

ހިންމަފުށީ ގެއަށް އެރީ ގިރިފުށިން ޖެހި ވަޒަނެއް ނޫން: އެމްއެންޑީއެފް

05 ފެބުރުއަރީ 2017
ހިންމަފުށީ ގެއަށް އެރީ ގިރިފުށިން ޖެހި ވަޒަނެއް ނޫން: އެމްއެންޑީއެފް
05 ފެބުރުއަރީ 2017

މަސް ހިފަން މޫދަށްފޭބި ތިން މީހުން އެމްއެންޑީއެފް އިން ހޯދައިފި

05 ފެބުރުއަރީ 2017
މަސް ހިފަން މޫދަށްފޭބި ތިން މީހުން އެމްއެންޑީއެފް އިން ހޯދައިފި
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު