Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ފޮޓޯތަކުން ކެންޑިޑޭޓަކީ ކާކުކަމެއް ސާފެއް ނޫނެވެ.

25 އޯގަސްޓު 2023 | ހުކުރު 13:31

މުއިއްޒުގެ ޕާޓީގެ ކުލައިގެ އަސަރެއްވެސް ކެމްޕޭނުން ނުފެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 އޯގަސްޓު 2023 | ހުކުރު 13:31
މުއިއްޒުގެ ކެމްޕޭންގައި ބޮޑުކޮށް ޔާމީންގެ ފޮޓޯ ޖަހާފައި

މުއިއްޒުގެ ކެމްޕޭންގައި ބޮޑުކޮށް ޔާމީންގެ ފޮޓޯ ޖަހާފައި

ފެހި ގާނޫނު އަސާސީގެ ދަށުން ބޭއްވީ ރިޔާސީ އިންތިހާބުތަކުގެ ތެރެއިން މި ފަހަރު ފެނިގެން މިދަނީ އެހާ ފޯރި ގަދަ އިންތިހާބެކޭ ބުނެވޭކަށް ނެތެވެ. ސަބަބަކީ ސިޔާސީ ޕާޓީތަކަށް ތައްމިނަށް މިނިވަންކަން ދީފައި އޮތް އިރު ވެސް ރަނގަޅު އޮއްޓަރުހުރި މީހަކު ނެރެވިފައި ނެތުމުންނެވެ. ވެރިކަން ކުރާ ޕާޓީ ފިޔަވައެވެ. ކެމްޕޭން ވަރަށް ވެސް ފޯރިގަދައެވެ.

މި ރިޕޯޓުގައި މި ބަލާލަނީ އިދިކޮޅު ކެންޑިޑޭޓުންގެ ތެރެއިން ކުއްލިއަކަށް ފާޅުވި ކެންޑިޑޭޓަކަށެވެ. ޑރ. މުހައްމަދު މުއިއްޒެވެ. ޕީޕީއެމުން އެ ޕާޓީގެ އާންމު މެންބަރުން މާޔޫސްކޮށްލާ ޕީޕީއެމްގެ ތާރީޚު އަލުން އިއާދަވާ ހާދިސާ ތަކުރާރުވެދާނެކަމަށް މެންބަރުން ތިބީ ބިރުންނެވެ. ކޮންމެއަކަސް ކުރީގެ ރައީސް ޔާމީން ޖަލުގައި ބާއްވައިގެން ޕީޕީއެމަށް ހަދާނެ އެެއްޗެއް ހަދައިފިއެވެ. ކަފުން ވެސް ގަނެފިއެވެ. ޕީޕީއެމް ގެއްލިދާނެކަމަށް މާކުރިން އުފެއްދި ޕީއެންސީން މިހާރު ދަނީ އެ މަސައްކަތް ކުރަމުންނެވެ.

ރިޔާސީ އިންތިހާބަށް ތަންތަނަށް ވަރަށް ދަތުރުކުރެވިއްޖެއެވެ. ކުރިމަތިލާފައި ތިބި 8 ކެންޑިޑޭޓުންގެ ތެރެއިން އެ ޕާޓީއެއްގެ ކުލައެއް ފެނިގެންދަނީ 4 ވަރަކަށް ކެންޑިޑޭޓުންގެއެވެ. އެންގެ ކުލަގަދައީ އެމްޑީޕީއާއި ގުޅިފައިވާ ކޯލިޝަންގެއެވެ. ދެން ފެންނަނީ ޕީޕީއެމްގެ ކުލައެވެ. އެކަމަކު އެ ޕާޓީގެ ކެންޑިޑޭޓަކު ކުރިމައްޗެއް ވެސް ނުލައެވެ. އެމްއެންޕީއާއި ޖޭޕީގެ ކުލަތައް ކޮންމެވެސް ވަރަކަށް ފެނެއެވެ. ދަޑިމޮކްރެޓްސްގެ އަސްލު ކުލައަކީ ކޮބައިކަން ބައެއް ފަހަރު ނޭނގެއެވެ.

ދެން ހުރީ ޕޯސްޓަތުތަކާއި ބެނާތަކެވެ. ހަމަ މިކަހަލަ ގޮތަކަށެވެ. ނަމަވެސް ރަށްރަށުގެ މަލަތިންނާއި ރަށުތެރެއިން ފެންނަ ޕީއެންސީގެ ކެންޑިޑޭޓާއި ރަނިންމޭޓުގެ ޕޯސްޓަރުގައި ކުންޏެއް ޖެހިފައި ހުންނަ ކަހަލައެވެ. ރިޔާސީ ކެންޑިޑޭޓާއި ރަނިންގމޭޓަށްވުރެ ފާޓު ފުޅާކޮށް އެހެން ބޭފުޅަކު ފެނެއެވެ. ކުރިމަތިވެސް ނުލައްވާ އެހެން ޕާޓީއެއްގެ ބޭފުޅެކެވެ. މާ ފަހަތުން ފުސް ގޮތަކަށް މުއިއްޒު ފެނެއެވެ.

ބައެއް ފަހަރު އެތަނުން ކެންޑީޑޭޓަކީ ކާކުކަމެއް ނޭނގެއެވެ. ޔާމީނުކަމެއް މުއިއްޒުކަމެއް ހަމަ އެއްގޮތަކަށް ވެސް ސާފެއް ނޫނެވެ. ޔަގީންވާ ކަމަކީ ޕީޕީއެމުން ކުރިމަތިނުލާ ކަމެވެ. ޕީއެންސީން ޕީޕީއެމް ކިޑްނެޕްކޮށް އެ ފުރުސަތު ނުދިން ކަމެވެ. ބާޒެއްހެން އައިސް މުއިއްޒު ޓިކެޓް ޖަހައިގަތްކަމެވެ. ޕީޕީއެމްގެ ސެނެޓުގައި ހިނގައިދިޔަ ޑްރާމާ ހުރިހާ އެންމެންނަށް ވެސް އެނގެއެވެ. އެވާހަކަ ދައްކާކަށް ނެތީމެވެ.

ކޮންމެއަކަސް ޔާމީންގެ ފިކުރަކީ މުއިއްޒުކަމަށް ދައްކަން މަސައްކަތް ކޮށް ކެމްޕޭން ވެސް ކުރަން ފަށައިފިއެވެ. މުއިއްޒު ޕީއެންސީގެ ކެންޑިޑޭޓަކަށް ވެ ހުރެ ކެމްޕޭން ކުރާ އިރު، ކެމްޕޭން ޖަލްސާއަކުން އެ ޕާޓީގެ އެންމެ ދިދައެއްވެސް އަދި ކުލަކޮޅެއް ހޭކިފައި އޮތް ފޮތިކޮޅެއްވެސް ދަމާފައި ނުހުރެއެވެ. ފެންނަނީ ހުސް ފިޔާތޮއްޓެވެ. ފަހަތުގައި ހުންނަ ބެކްޑްރޮޕްގައި ޔާމީންގެ ފޮޓޯއެވެ.

ކޮންމެއަކަސް ވޯޓުލާދުވަހު ރައްޔިތުންނަށް އެ ފިޔާތޮށި ކުލަ ވޯޓު ކަރުދާހަކުން ނުފެންނާނެއެވެ. ޔާމީންގެ ނަމެއްވެސް ނޯންނާނެއެވެ. އެހެނަސް ކެމްޕޭންގައި ބޮޑު މަންޒަރާއި ކުލައަކަށް ދައްކަނީ މިއެވެ. މިހެންވެ ރައްޔިތުން ވެސް މިހާރު ތިބީ އޮޅިފައެވެ. ވާނުވާގައެވެ. ވަކިން ހާއްސަކޮށް ޕީޕީއެމާއި ޕީއެންސީގެ މެންބަރުންނެވެ.

ކޮންމެއަކަސް ކެމްޕޭން ފަށާ ކުދި ރަށްތައް ބާކީކޮށް ބޮޑު އާބާދީއަށް ގޮސް ކެމްޕޭން ވެސް ކުރިއަށް އެބަގެންދެއެވެ. އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ގިނަ ކަންކަން ފިއްޔާއި އަކުރު ބަދަލުކޮށްގެންނެވެ. އަދި ނުވިތާކަށް ނަމާއި ލޯގޯއާއި ކުރެހުމާއި ޑިޒައިނާއި ގްރެފިކްސްއާއި މިހެން ގޮސް އ ން ޔ އަށް ހަމަ ކޮޕީއެވެ. ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ތަރުޖަމާން މާރިޔާ ވިދާޅުވާ ގޮތަށް މުއިއްޒު އަކީ ހަމަ ކޮޕީކެޓެކޭ ބުނުމުގެ ފުރުސަތު ހަމަ ހަގީގަތުގައިވެސް އެބައޮތެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

03 މެއި 2018

ހޯދަންވީ ބަޔާންތައް ލީކުކޮށްލި މީހުންނެއް ނޫނެވެ، ފަނޑިޔާރުގެތަކުން ބޭރުކުރަންވީ ހުތުރު ގާޒީންނެވެ.

03 މެއި 2018
ހޯދަންވީ ބަޔާންތައް ލީކުކޮށްލި މީހުންނެއް ނޫނެވެ، ފަނޑިޔާރުގެތަކުން ބޭރުކުރަންވީ ހުތުރު ގާޒީންނެވެ.
28 އެޕްރީލު 2018

ހުކުމް ކުރަނީ ޖަލަށެވެ. މަރާކަށް ނޫނެވެ.

28 އެޕްރީލު 2018
ހުކުމް ކުރަނީ ޖަލަށެވެ. މަރާކަށް ނޫނެވެ.
21 އެޕްރީލު 2018

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

21 އެޕްރީލު 2018
ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
25 ފެބުރުއަރީ 2018

ރޮނީ ކަނޑެއް ނޫނެވެ! ރޮނީ ގައުމެވެ!

25 ފެބުރުއަރީ 2018
ރޮނީ ކަނޑެއް ނޫނެވެ! ރޮނީ ގައުމެވެ!
29 ޖެނުއަރީ 2018

ސީޕީ އަރީފަށް: ތިޔަ އިތުބާރުގެ މަޅިއަކީ އާ މަޅިއެއް ނޫނެވެ.

29 ޖެނުއަރީ 2018
ސީޕީ އަރީފަށް: ތިޔަ އިތުބާރުގެ މަޅިއަކީ އާ މަޅިއެއް ނޫނެވެ.
18 ޖެނުއަރީ 2018

ގުޑް މޯނިން ޓްވީޓް ކުރިޔަސް ޒިންމާ އަދާކުރެވުނީކީ ނޫނެވެ!

18 ޖެނުއަރީ 2018
ގުޑް މޯނިން ޓްވީޓް ކުރިޔަސް ޒިންމާ އަދާކުރެވުނީކީ ނޫނެވެ!
06 ޖެނުއަރީ 2018

މިއީ އަޖައިބެއް ކަހަލަ އިންސާފެއް، ރިޝްވަތު ހިފާ މީހާ ދައުލަތުގެ ވަރައިގެ ދަށުގައި ހިމާޔަތް ކުރެވިފައި!

06 ޖެނުއަރީ 2018
މިއީ އަޖައިބެއް ކަހަލަ އިންސާފެއް، ރިޝްވަތު ހިފާ މީހާ ދައުލަތުގެ ވަރައިގެ ދަށުގައި ހިމާޔަތް ކުރެވިފައި!
04 ނޮވެމްބަރު 2017

މި ގައުމަކީ ތިޔަ ބޭފުޅުންގެ ޣަނީމާ މުދާގަނޑެއް ނޫނެވެ.

04 ނޮވެމްބަރު 2017
މި ގައުމަކީ ތިޔަ ބޭފުޅުންގެ ޣަނީމާ މުދާގަނޑެއް ނޫނެވެ.
12 މާރިޗު 2017

ފަސާދައިގެ ސަޓަނިގަނޑައްގެ ތެރެއިން ނުކުންނާނެ އިންސާފެއް ނޯއޮންނާނެ

12 މާރިޗު 2017
ފަސާދައިގެ ސަޓަނިގަނޑައްގެ ތެރެއިން ނުކުންނާނެ އިންސާފެއް ނޯއޮންނާނެ
24 ފެބުރުއަރީ 2017

އިންސާފެއް ނުލިބޭ ހިންގަނީ ޖަންގަލީގެ ގާނޫނު

24 ފެބުރުއަރީ 2017
އިންސާފެއް ނުލިބޭ ހިންގަނީ ޖަންގަލީގެ ގާނޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް