Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަންހެނުންގެ ވޯލްޑްކަޕް

ފީފާއިން މައްސަލަ ބަލަން ފެށުމުން ސްޕޭން އެފްއޭގެ ރައީސް އިސްތިއުފާދެނީ

އީއެސްޕީއެން ބުނަނީ ހުކުރު ދުވަހު ރުބިއަލެސް އިސްތިއުފާ ދޭނެ ކަމަށް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 25 އޯގަސްޓު 2023 | ހުކުރު 04:43
ސްޕޭންގެ އެފްއޭގެ ރައީސް ކުޅުންތެރިއަކު ކޮނޑަށްލައިގެން

ސްޕޭންގެ އެފްއޭގެ ރައީސް ކުޅުންތެރިއަކު ކޮނޑަށްލައިގެން

އަންހެނުންގެ ވޯލްޑްކަޕް ނިންމުމުގެ ރަސްމިއްޔާތުގައި ސްޕޭން ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ލުއިސް ރުބިއަލެސް އެ ގައުމުގެ ކުޅުންތެރިއެއް ކަމަށްވާ ޖިނީ ހާމޯސޯ އަށް ބޮސްދިން މައްސަލަ ތަހުގީގުކުރަން ފީފާއިން ނިންމުމުން ރައީސް ކަމުން އިސްތިއުފާދޭން އޭނާ ނިންމައިފި އެވެ.

ދުނިޔޭގެ މަޝްހޫރު ކުޅިވަރު އޮންލައިން އީއެސްޕީއެން ވަނީ ހުކުރު ދުވަހު ރުބިއަލެސް އިސްތިއުފާދޭނެކަން ކަށަވަރުކޮށްދީފަ އެވެ.

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ، ފީފާއިން ރުބިއަލެސްގެ މައްސަލަ ބަލަން ނިންމީ ވޯލްޑްކަޕް ނިންމުމުގެ ރަސްމިއްޔާތުގައި އަންހެން ކުޅުންތެރިކަށް އޭނާ ބޮސްދިނުމަކީ ފީފާގެ ގަވާއިދުގެ 13 ވަނަ މާއްދާއާ ހިލާފު އަމަލެއް ކަމަށް ބުނެ އެވެ. ފީފާއިން ރުބިއަލެސް އަށް ކުރަނީ އެ މާއްދާގެ އަހުލާގީ އަދި ނަޒާހަތްތެރިކަމަށް އަރައިގަތުމުގެ އަމަލެއް ކުރިކަމުގެ މައްސަލަ އާއި ފުޓްބޯޅައިގެ އިސް އޮފިޝަލަކު އަމަލުކުރަންޖެހޭ ކޯޑް އޮފް ކޮންޑަކްޓާ ހިލާފު އަމަލެއް ކުރިކަމުގެ މައްސަލަ އެވެ.

ފޯވަޑް ހާމޯސޯ އަށް ބޮސްދިން މައްސަލަ ބޮޑުވުމުން ރުބިއަލެސް، ވަނީ އޭނާގެ ދިފާއުގައި ވަރަށް ހަރުކަށިކޮށް އެހެން މީހުންނާ މުހާތަބްކޮށްފަ އެވެ. އެކަމަކު ސަލާމަތްނުވާވަރަށް ފާޑުކިއުން އަމާޒުވުމުން ފަހުން މައާފަށް އެދިވަޑައިގަތެވެ. އެކަމަކު ސްޕޭން ސަރުކާރުން ވަނީ މައާފަށް އެދުމުން އަދި ނުފުދޭ ކަމަށާއި މިއީ އިތުރަށް ތަހުގީގުކުރަންޖެހޭ މައްސަލައެއް ކަމަށް ބުނެފަ އެވެ. ރުބިއަލެސްއަށް ފާޑުކިޔައި ހެދި މީހުންގެ ތެރޭގައި ސްޕޭނުގެ ވަގުތީ ބޮޑުވަޒީރާއި ކުޅިވަރާ ބެހޭ ވަޒީރާއި އިންޓީރިއާ މިނިސްޓަރު ހިމެނެ އެވެ. އަދި ކުރީގެ ބައެއް ކުޅުންތެރިން ވެސް ވަނީ އޭނާ އަށް ފާޑުކިޔަން ފަށައިފަ އެވެ.

ރުބިއަލެސް އަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ އޭނާ ގޯސް އަމަލެއް ކުރީ ފީފާގެ ރައީސް އާއި ސްޕޭނުގެ ރާނީ އާއި އޭނާގެ ދަރިފުޅު ވެސް ސްޓޭޖްގައި ހުއްޓައި ކަމަށެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ސްޓޭޖްމަތީގައި ހުންނަވާ ރުބިއަލެސް ގެންދެވީ ސްޕޭން ކުޅުންތެރިންގެ ކަރުގައި ރަންމެޑަލް އަޅުވަން ސްޓޭޖަށް ވަޑައިގެން ކޮންމެ ކުޅުންތެރިޔަކާވެސް ވަކިވަކިން ބައްދައި، ސަލާމްކުރައްވާ އުފާ ފާޅުކުރައްވަމުންނެވެ.

ރުބިއަލެސް، ހާމޯސޯއަށް ބޮސްދެއްވި މައްސަލައާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ފޯވަޑް ހާމޯސޯ ރަސްމިއްޔާތަށްފަހު ބުނީ އޭނާ އެކަމާ ގަޔާނުވާ ކަމަށެވެ. މިކަމާ ފާޑުކިއުން އަމާޒުވުމުން ރުބިއަލެސް ފަހުން ވިދާޅުވީ އެއީ ތަށި ލިބުމުގެ އުފަލުގައި، އުފާފާޅު ކުރަމުންދިޔަ ވަގުތެއްގައި އެދުމެއްނެތި ކުރެވުނު ކަމެއް ކަމަށާއި ނަމަވެސް ހުރިހާ ގޮތަކުން ގޯހީ އޭނާ ކަމަށެވެ.

ސްޕޭންގެ އަންހެން ޓީމު ވޯލްޑްކަޕަށް ދިއުމުގެ ކުރިން ކުޅުންތެރިން ކޯޗާ ދެކޮޅަށް ފެޓިޝަނެއް ވެސް ހެދި އެވެ. އެއީ އަންހެން ކުޅުންތެރިންނަށް އޭނާ ޖިންސީ ފުރައްސާރަކުރާ ކަމަށް ބުނެ އެވެ. މި މައްސަލާގައި އެފްއޭއިން ދިފާއުކުރީ ކޯޗެވެ. އަދި އޭނާ ތަށި ހޯދީ އޭނާ އާ ދެކޮޅަށް ޕެޓިޝަންހަދައި ސޮއިކުރި 12 ކުޅުންތެރިއަކު ނުލައި ޓީމު އެކުލަވާލައިގެންނެވެ.

އިތުރަށް ކިޔާލަން

30 މެއި 2017

ޗެމްޕިއަންސް ލީގު ކާމިޔާބުނުވެ ބުފޮން ކުޅުން ހުޓާލާތަން ބަލަން ބޭނުމެއް ނޫން: ކަސިލަސް

30 މެއި 2017
ޗެމްޕިއަންސް ލީގު ކާމިޔާބުނުވެ ބުފޮން ކުޅުން ހުޓާލާތަން ބަލަން ބޭނުމެއް ނޫން: ކަސިލަސް
26 މެއި 2017

އަންހެން ކުދިން ކުޅޭހެން ފުޓުބޯޅަ ކުޅެން އުޅުނީމަ މައްސަލަ ދިމާވީ: ނަޒީހް

26 މެއި 2017
އަންހެން ކުދިން ކުޅޭހެން ފުޓުބޯޅަ ކުޅެން އުޅުނީމަ މައްސަލަ ދިމާވީ: ނަޒީހް
24 މެއި 2017

ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި

24 މެއި 2017
ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި
21 މެއި 2017

އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ

21 މެއި 2017
އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ
15 މެއި 2017

ބަލަމުންދާ މައްސަލަ އަކާހުރެ އިންޓާ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރަތުގެ ސެމީ ފައިނަލް މެޗެއް ފަސްކޮށްފި

15 މެއި 2017
ބަލަމުންދާ މައްސަލަ އަކާހުރެ އިންޓާ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރަތުގެ ސެމީ ފައިނަލް މެޗެއް ފަސްކޮށްފި
10 މެއި 2017

ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި

10 މެއި 2017
ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި
04 އެޕްރީލު 2017

ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!

04 އެޕްރީލު 2017
ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!
13 މާރިޗު 2017

ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ

13 މާރިޗު 2017
ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ
07 ފެބުރުއަރީ 2017

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު