Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްޓާލިންކަށް ލައިސަންސް ދިނުން

ސްޓާލިންކަށް ލައިސަންސް ލިބުނު ދެކުނު އޭޝިއާގެ ފުރަތަމަ ގައުމަކަށް ރާއްޖެ

ލައިސަންސް ދޫކުރި ނަމަވެސް، އެ ހިދުމަތް ފަށާނެ ދުވަހެއް އަދި އިއުލާނެއްނުކުރޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 25 އޯގަސްޓު 2023 | ހުކުރު 03:40
ސްޓާލިންކަށް ލައިސަންސް ހަވާލުކުރަނީ

ސްޓާލިންކަށް ލައިސަންސް ހަވާލުކުރަނީ

ހައި ސްޕީޑް އިންޓަނެޓްގެ ހިދުމަތް ދިނުމަށް ސްޕޭސް އެކްސް އިން ހިންގާ "ސްޓާލިންކް" އަށް، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ލައިސަންސް ދޫކޮށްފިއެވެ.

އެ ކުންފުންޏަށް ލައިސަންސް ދޫކުރުމަށް ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޓެކްނޮލޮޖީއާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ ވަނީ ސްޕޭސް އެކްސްގެ ސީނިއާ ޑިރެކްޓަރު ގްލޯބަލް ލައިސަންސިން އެންޑް އެކްޓިވޭޝަން، ރަޔަން ގުޑްނައިޓްއާ ލައިސަންސް ހަވާލުކޮށްދެއްވައިފައެވެ. އެ ރަސްމިއްޔާތުގައި ބައެއް މިނިސްޓަރުންނާއި ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ދޭ ދިރާގާއި އުރީދޫ އަދި ރާއްޖެ އޮންލައިންގެ އިސްވެރިންނާއި ރާއްޖޭގެ ޓެކް ކޮމިއުނިޓީގެ ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.

މި ލައިސަންސް ދޫކުރީ ފުޅާ ދާއިރާއެއްގައި ދުނިޔޭގެ އެކި ގައުމުތަކުގައި ސެޓެލައިޓް އިންޓަނެޓްގެ ހިދުމަތް ދޭ އެމެރިކާގެ ސްޕޭސް އެކްސް ކުންފުނި، ސްޓާލިންކްގެ ހިދުމަތް ރާއްޖެއަށް ދިނުމަށް އުފައްދާފައިވާ ސްޓާލިންކް ސާވިސް މޯލްޑިވްސް އަށެވެެ.

މި ނިންމުމާ އެކު، ރާއްޖެ މިހާރު ވެފައި ވަނީ ސްޓާލިންކަށް ލައިސަންސް ދޫކުރި ދެކުނު އޭޝިއާގެ ފުރަތަމަ ގައުމަށެވެ. ލައިސަންސް ދޫކުރި ނަމަވެސް، އެ ހިދުމަތް ފަށާނެ ދުވަހެއް އަދި އިއުލާނެއްނުކުރެއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ސްޓާލިންކްގެ ހިދުމަތް ލިބޭ ފުރަތަމަ ގައުމަކަށް ރާއްޖެ ވުމަކީ ލިބޭ ބޮޑު ޝަރަފެއް ކަމަށެވެ. ފާއިތުވި އަހަރުތަކުގައި ސަރުކާރުން އަބަދުވެސް މަސައްކަތްކުރީ ފެންވަރު ރަނގަޅު އަދި އަތްފޯރާ އަގެއްގައި އިންޓަނެޓްގެ ހިދުމަތް އާންމުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޓެކްނޮލޮޖީއާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި، ސްޓާލިންކަށް އިންޓަނެޓްގެ ހިދުމަތް ދިނުމުގެ ލައިސަންސް ދިނުމާ އެކު، ރާއްޖޭގައި ހަތަރު ފަރާތަކުން އިންޓަނެޓްގެ ހިދުމަތް ދޭނެއެވެ. އެއީ ސްޓާލިންކްގެ އިތުރުން ދިރާގާއި އުރީދު އަދި ރާއްޖެ އޮންލައިންއެވެ.

މިނިސްޓްރީން ބުނީ ސްޓާލިންކް އިންޓަނެޓް ހިދުމަތާ އެކު، ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށާއި ކަނޑު ދަތުރުކުރާ އުޅަނދުފަހަރަށް ވެސް ހައި ސްޕީޑް އިންޓަނެޓްގެ ހިދުމަތް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. ޒަމާނީ ޓެކްނޮލޮޖީ ތައާރަފުކޮށް، ވާދަވެރި މާހައުލެއްގެ ތެރެއިން ހެޔޮ އަގުގައި ފެންވަރު ރަނގަޅު މުވާސަލާތީ ހިދުމަތްތައް އާންމުންނަށް ދެވޭނެ މާހައުލެއް ގާއިމުކުރުމަކީ ކޭމްގެ އަމާޒު ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު