Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މޫސުމީ ހިރާސްތައް

ރާއްޖޭގެ ވަސީލަތްތަކުގެ 30 އިންސައްތަ ހޭދަކުރަނީ މޫސުމީ ބަދަލުތަކަށް ހޭނުމަށް - ޝައުނާ

މޫސުމީ ބަދަލުތަކުގެ އަސަރު ރާއްޖޭގެ ހުރިހާ ރަށެއްގެ މީރު ފެން ފަށަލައަށް ކޮށްފައިވާކަން ޝައުނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2023 | ހޯމަ 02:53
މިނިސްޓަރު ޝައުނާ

މިނިސްޓަރު ޝައުނާ

ރާއްޖޭގެ ވަސީލަތްތަކުގެ 30 އިންސައްތަ ހޭދަކުރަނީ މޫސުމީ ބަދަލުތަކަށް ހޭނުމަށް ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ އެފަދައިން ވިދާޅުވީ ސިންގަޕޫރުގެ ސީއެންއޭ އަށް ދެއްވި ބަސްތީގަތުމެއްގައެވެ.

Advertisement - newsAdvertisement

މޫސުމީ ބަދަލުތަކުން ކުރާ އަސަރުތައް ރާއްޖެ އިން ތަހައްމަލްކުރަމުންދާ މިންވަރު އިތުރުވެފައިވާ ކަމަށް ޝައުނާ ފާހަގަކުރެއްވިއެވެ. އެގޮތުން ރަށްގިރުމާއި އުދަ އެރުން ފަދަ ކަންކަން ކުރިއަށް ވުރެ ބޮޑަށް ދިމާވާކަމަށް ޝައުނާ ވަނީ ވިދާޅުވިއެވެ. މޫސުމީ ހިރާސްތަކުން އަރައިގަތުމުގައި ބައިނަލްއަޤުވާމީ ޤައުމުތަކުން ރާއްޖެ ފަދަ ޤައުމުތަކަށް އެންމެ އެކަށީގެންވާ ފަދަ އެހީ އެއް ފާއިތުވި ތަނުގައި ލިބިފައި ނުވާ ކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ. އަދި މޫސުމީ ބަދަލުތަކަށް ހޭނުމަށް ރާއްޖެއިން މަސައްކަތްކުރަމުންދާ ކަމަށް އޭނާގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

މޫސުމީ ބަދަލުތަކުގެ އަސަރު ރާއްޖޭގެ ހުރިހާ ރަށެއްގެ މީރު ފެން ފަށަލައަށް ކޮށްފައިވާކަން ޝައުނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން ކޮންމެ ރަށެއްގައި ވެސް ޑީސެލިނޭޝަން ޕްލާންޓްތައް ޤާއިމްކުރަމުންދާ ކަމަށް ޝައުނާ ވިދާޅުވިއެވެ. އަދި ވާރޭފެން ރައްކާކޮށް ޑީސެލިނޭޝަން ޕްލާންޓްތައް ބޭނުންކޮށްގެން ސާފު ބޯފެން ފޯރުކޮށްދެވޭނެ ގޮތްތައް ހޯދަމުންދާ ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި ފާއިތުވެދިޔަ ތަނުގައި ގޮނޑުދޮށް ހިމާޔަތްކުުރުމާއި ބިން ހިއްކުން ފަދަ ކަންކަމުން ބިން ތިރި ރަށްތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދާފައިވާނެ ކަމަށް ޝައުނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެ ފަދަ ކަންކަމަކީ ހާޑް އިންޖިނިއަރިން ސޮލިއުޝަންސްގެ ތެރޭގައި ހިމެނޭ ކަންކަމަށް ވުމާ އެކު އެ ކަންކަމުން ވެސް ރާއްޖޭގެ މޫސުމަށް އަސަރުކުރާ ކަމަށް ޝައުނާ ވިދާޅުވިއެވެ.

ޝައުނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ފަރުތަކުގެ 13 އިންސައްތަ މިހާރު ވާނީ ހިމާޔަތްކޮށްފައި ކަމަށެވެ. އެއީ 55000 ހެކްޓަރުގެ ފަރުގެ ސަރަހައްދެއް ކަމަށް ވެސް ޝައުނާ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ގައުމުތަކުން އައިސް ރާއްޖެ ސަލާމަތްކުރާނެ ކަަމަށް ވިސްނުން ނުގެންގުޅޭ ކަމަށް ޝައުނާ ވިދާޅުވިއެވެ. ސާފު ހަކަތައިގެ އިތުރުން އިއާދަކުރަނިވި ހަކަތައިން އިޤްތިޞާދު ބިނާ ކުރާ ގައުމަކަށް ރާއްޖެ ވެއްޖެނަމަ ކޮންމެ އަހަރަކުވެސް ރާއްޖެއަށް އެތެރެކުރާ ތެލަށް ހޭދަކުރާ ޖުމްލަ ޖީޑީޕީގެ 10 ޕަސެންޓް ސަލާމަތް ކުރެވޭނެކަމަށް ޝައުނާ ވިދާޅުވިއެވެ. ރާއްޖެއިން އެންމެ ބޮޑަށް އިންވެސްޓު ކުރަމުންދާ އެއް ދާއިރާއަކީ ސޯލާ ނުވަތަ އިއާދަކުރަނިވި ހަކަތައިގެ ދާއިރާކަމަށް ފާހަގަކުރައްވާ ޝައުނާ ވިދާޅުވީ ތެލުގެ ހަކަތައަށް ރާއްޖެ ބަރޯސާވުން ކުޑަކޮށް، ރާއްޖޭގެ އިޤްތިޞާދު އަވިން އުފައްދާ ހަކަތައަށް ބަދަލުކުރުމަށް މަސައްކަތްކުރަމުންދާ ކަަމަށެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝައުނާ ވިދާޅުވީ ގްރީން ކްލައިމެޓް ފަންޑް، ޖީސީއެފްގެ ފަރާތުން 2 މަޝްރޫޢުއަކަށް ފަންޑު ދިނުމަށް އެޕްރޫވްވި ނަމަވެސް އެ ފައިސާ ރާއްޖެއަށް ލިބުނީ އަހަރުތަކެއް ފަހުން ކަމަށެވެ. އެހެންކަމުން އެ އެ ފައިސާ ރާއްޖެއަށް ލިބޭނެ ވަގުތަކަށް އެއްވެސް ހައްލެއް ނުހޯދާ ނުތިބެވޭނެކަން ޝައުނާ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާތިމާވެށި

ކޮމެންޓް

އިތުރަށް ކިޔާލަން

"ބެލްޖިއަމް ގެ ކުންފުންޏަކުން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ބެލުމެއް ނެތި"

"ބެލްޖިއަމް ގެ ކުންފުންޏަކުން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ބެލުމެއް ނެތި"

01 ޑިސެމްބަރު 2025
ވެހެމުން ދިޔަ ވާރޭ ގައި ގަހަށް ފެން ދިނުމުން، ސަރުކާރުގެ ވަޒީރުން "މީމް" އަކަށް

ވެހެމުން ދިޔަ ވާރޭ ގައި ގަހަށް ފެން ދިނުމުން، ސަރުކާރުގެ ވަޒީރުން "މީމް" އަކަށް

01 ޑިސެމްބަރު 2025
ހުކުރު ދުވަހު ހެނދުނު އެޗްޑީސީ އިން މުރަކަ އިންދުމަށްފަހު ރޭގަނޑު ތިމާވެށީގެ ބައްދަލުވުމެއް ބާއްވަނީ

ހުކުރު ދުވަހު ހެނދުނު އެޗްޑީސީ އިން މުރަކަ އިންދުމަށްފަހު ރޭގަނޑު ތިމާވެށީގެ ބައްދަލުވުމެއް ބާއްވަނީ

02 އޮކްޓޯބަރު 2025
ޒުވާނުން ހޭލުންތެރިކުރުވުމަށް ދިރާގުން، އީ-ވޭސްޓް ހެކަތޯން އެއް ބާއްވަނީ

ޒުވާނުން ހޭލުންތެރިކުރުވުމަށް ދިރާގުން، އީ-ވޭސްޓް ހެކަތޯން އެއް ބާއްވަނީ

23 ސެޕްޓެމްބަރު 2025
އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

07 އޯގަސްޓު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު