Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާގައި ބްރިޖެއް ވެއްޓުން

އިންޑިއާގައި އިމާރާތްކުރަމުންދިޔަ ބްރިޖެއް ވެއްޓި، މަރުވި މީހުންގެ އަދަދު 26ށް

24 އޯގަސްޓު 2023 | ބުރާސްފަތި 12:40

ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުތަކުން، އެތަނުގައި އެވަގުތު މަސައްކަތްކުރަމުން ދިޔައީ 28 މީހުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 24 އޯގަސްޓު 2023 | ބުރާސްފަތި 12:40
އިންޑިއާގައި އިމާރާތްކުރަމުންދިޔަ ބްރިޖެއް ވެއްޓި 26 މީހުން ވަނީ މަރުވެފައި

އިންޑިއާގައި އިމާރާތްކުރަމުންދިޔަ ބްރިޖެއް ވެއްޓި 26 މީހުން ވަނީ މަރުވެފައި

އިންޑިއާގައި އިމާރާތްކުރަމުންދިޔަ ބްރިޖެއް ވެއްޓި 26 މީހުން މަރުވެއްޖެއެވެ.

އިންޑިއާގެ އިރު އުތުރުގެ މިޒޮރަމް ސްޓޭޓްގެ ސައިރަންގް އަވަށުގައި އިމާރާތްކުރަމުންދިޔަ މި ބްރިޖް ވެއްޓިފައި ވަނީ ބުދަ ދުވަހުއެވެ. މިހާދިސާގައި 26 މީހުން މަރުވެ، އިތުރު ދެ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިޒޮރަމް ސްޓޭޓްގެ ރެއިލްވޭ އޮތޯރިޓީން މިހާރު ވަނީ މިކަމުގެ ތަހުގީގެއްވެސް ފަށާފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ހާދިސާ ހިނގި ވަގުތު އެސަރަހައްދުގައި 40 މީހުން ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ހާމަވާގޮތުގައި، އެތަނުގައި އެވަގުތު މަސައްކަތްކުރަމުން ދިޔައީ 28 މީހުންނެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި މީހުންގެ ހަށިގަނޑުތައް ސަލާމަތްކުރުމުގެ މަސައްކަތުގައި މިހާތަނަށް 13 ހަށިގަނޑެއް ވަނީ ނަގާފައެވެ. އަދި ބާކީ ތިބި މީހުންގެ ހަށިތައް ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

ނޯތު-އީސްޓް ފްރޮންޓަޔަރ ރެއިލްވޭ (އެންއެފްއާރް)އިން ވަނީ، ހާދިސާ ހިނގާފައި މިވަނީ ބައިރްބީ-ސައިރަންގް ނިއު ލައިން ރެއިލްވޭ ޕްރޮޖެކްޓްގެ މަސައްކަތުގެ ތެރޭގައި ކަަމަށް ބުނެފައެވެ. މި މަޝްރޫއަކީ މިޒޮރަމްއާއި އިންޑިއާގެ އެހެން ސިޓީތަކާ ގުޅުވާލުމުގެ މަގުސަދުގައި ފެށި މަޝްރޫއެކެވެ. އެންއާރްއެފްއިން ވަނީ މިމަޝްރޫއު ނިންމާލެވުމުން އެސަރަހައްދުގެ ފަތުރުވެރިކަމާއި އިޖުތިމާއީ-އިގުތިސާދު ކުރިއަރާނެ ކަަމަށް ބުނެފައެވެ.

ބްރިޖް ވެއްޓުމުގެ ހާދިސާ ތަހުގީގުކުރުމަށް 'ހައި ލެވެލް އިންކުއަރީ ކޮމިޓީ'އެއް އެކުލަވާލާނެކަމަށްވެސް އެންއެފްއާރްއިން ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ، ހާދިސާގައި އަސަރުކުރި ހުރިހާ އެންމެންނަށް ދެވެން އޮތް އެހީތެރިކަމެއް ސަރުކާރުން ދޭނެ ކަމަށް ވިދާޅުވެފައެވެ.

އިންޑިއާގެ ރެއިލްވޭ ސިސްޓަމަކީ ކޮންމެ ދުވަހަކުވެސް އެތައް މިލިއަން ބަޔަކު ބޭނުންކުރާ ޚިދުމަތެކެވެ. ޒަމާނީ ފެންވަރަށް މި ސިސްޓަމް ތަރައްގީކުރުމަށް އިންޑިއާ ސަރުކާރުން ހައި-ސްޕީޑް ޓްރެއިން ލޯންޗުކޮށްފައި ވީނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ދަނީ މިކަމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި އަޅަމުން ނުދާކަމަށާއި، ދުވަސްވެފައިވާ އުމްރާނީ ބިނާތައްވެސް ތަރައްގީކުރަމުން ނުދާކަމަށް ބުނަމުންނެވެ.

މިއަހަރުގެ ޖޫން މަހު، ރޭލުތަކެއް ޖެހި ހިނގި އެކްސިޑެންޓުގައި 288 މީހުން ވަނީ މަރުވެފައެވެ. މިއީ ފާއިތުވި 20 އަހަރުގެ ތެރޭގައި އިންޑިއާގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާއެވެ. މިހާދިސާ ހިނގަން މެދުވެރިވީ ސިގްނަލް ފެއިލިއަރގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ގުޖުރާތު ސްޓޭޓްގައި ސަސްޕެންޝަން ބްރިޖެއް ވެއްޓި، 135 މީހުން މަރުވި ހާދިސާއެއްވެސް ވަނީ ހިނގާފައެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
28 ޖެނުއަރީ 2017

އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

28 ޖެނުއަރީ 2017
އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސްގެ ކާގޯ ފްލައިޓެއް ކިރިގިސްތާނަށް ވެއްޓި މަދުވެގެން 20 މަރު

16 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސްގެ ކާގޯ ފްލައިޓެއް ކިރިގިސްތާނަށް ވެއްޓި މަދުވެގެން 20 މަރު
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް