Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔެވްގެނީ ޕްރިގޮޒިންގެ މަރު

ވާގްނާގެ ލީޑަރ ޔެވްގެނީ ޕްރިގޮޒިންގެ މަރާ ޔޫކްރެއިނާ ގުޅުމެއް ނެތް - ޒެލެންސްކީ

24 އޯގަސްޓު 2023 | ބުރާސްފަތި 13:47

އޭނާގެ މަރާ ގުޅުން އޮތީ ކާކާކަން އެންމެންނަށްވެސް އެނގޭނެ ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 24 އޯގަސްޓު 2023 | ބުރާސްފަތި 13:47
ރަޝިޔާ

ރަޝިޔާ

ރަޝިޔާގެ އަސްކަރިއްޔާއާ ދެކޮޅަށް ވާގްނަރ ގްރޫޕުން ހިންގި ނާކާމިޔާބު އަސްކަރީ ހަރަކާތްތަކުގައި އިސްކޮށް ހުރި އެ ގްރޫޕްގެ ލީޑަރު، ޔެވްގެނީ ޕްރިގޮޒިންގެ މަރާ ޔޫކްރެއިނާ ގުޅުމެއް ނެތް ކަމަށް ޔުކްރެއިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޒެލެންސްކީ އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުއެވެ. އިންޓަރ-ފެކްސް ޔުކްރެއިން ނިއުސްއެޖެންސީން ޒެލެންސްކީއާ ހަވާލާދީ ބުނީ ޕްރިގޮޒިންގެ މަރާ ޔުކްރެއިނާ ގުޅުވައިގެން ދައްކަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އޭނާގެ މަރާ ގުޅުން އޮތީ ކާކާކަން އެންމެންނަށްވެސް އެނގޭނެ ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ. ޒެލެންސްކީ ވަކި މީހެއްގެ ނަން ވިދާޅުނުވި ނަމަވެސް އޭނާ އެ އިޝާރާތްކުރެއްވީ ރަޝިއާގެ ރައީސް ޕޫޓިންއަށް ކަމަށް ބެލެވެއެވެ.

ރަޝިޔާގެ ވެރިރަށް މޮސްކޯގެ ހުޅަނގު އުތުރުން އޮންނަ ތިވިއޭ ސަރައްދަށް ވެއްޓުނު މަތިންދާބޯޓުގައި ވާގްނަރ ގުރޫޕުގެ ވެރިޔާ ޔެވްގެނީ ޕްރިގޮޒިންގެ ހުރި ކަމަށް ރިޕޯޓްކޮށްފައިވަނީ ރަޝިއާގެ ވައިގެ އުދުހުންތަކާބެހޭ އިދާރާއިންނެވެ. އޭނާ މަރުވިކަމަށް ބެލެވޭ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. ޔެވްގެނީ ޕްރިގޮޒިންގެ އުމުރަކީ 62 އަހަރެވެ.

ރަޝިޔާގެ ކުލީ ސިފައިންގެ ކުންފުންޏެއްް ކަމަށްވާ ވާގްނަރ ގުރޫޕުން ވަނީ، ރަޝިޔާއިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމާގައި އިސް ދައުރެއް އަދާކޮށްފައެވެ. އެ ގްރޫޕްގެ ޖެޓެއް ވެއްޓުނުއިރު އޭގައި ތިބީ 10 މީހުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެއީ 7 ފަސިންޖަރުންނާއި 3 ފަޅުވެރިންނެވެ. އަދި އެ ޖެޓްގައި ތިބި އެންމެންވެސް މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. އެ 10 މީހުންގެ ހަށިގަނޑުވެސް ފެނިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، ރަޝިޔާގެ އެއްވެސް އިދާރާއަކުން މިހާތަނަށް އައިއިރު އެ ކަން ރަސްމީކޮށް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ރަޝިޔާގެ ވައިގެ ސިފައިންގެ އިސްވެރިޔާ، ޖެނެރަލް ސެރްގިޔޭ ސޮރެވިކިން އެ މަގާމުން ދުރުކުރިތާ އެއް ދުވަސް ފަހުން، އެ ބޯޓު ވައްޓާލާފައިވަނީ ރަޝިޔާގެ އަސްކަރިއްޔާއިން ހަމަލާ ދީގެން ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެފަދަ މީޑިއާތަކުން ބުނާގޮތުން، ޕްރިގޮޒިން މަރާލާފައިވަނީ ރަޝިއާގެ އަސްކަރިއްޔާ ފަހަތުގައި އޮވެގެންނެވެ. ސަބަބަކީ ޕްރިގޮޒިންގެ ބާރު ހިނގާ ފައުޖުތަކުން ރަޝިޔާގެ ސަރުކާރާއި އަސްކަރިއްޔާއާ ދެކޮޅަށް ބަޣާވާތެއް ކުރަން މަަސައްކަތްކޮށްފައި ވުމެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
13 ފެބުރުއަރީ 2017

ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި

13 ފެބުރުއަރީ 2017
ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
07 ފެބުރުއަރީ 2017

ސީރިޔާގެ ސިއްރު ޖަލެއްގައި 13،000 މީހުން މަރާލައިފައިވޭ: އެމްނެސްޓީ

07 ފެބުރުއަރީ 2017
ސީރިޔާގެ ސިއްރު ޖަލެއްގައި 13،000 މީހުން މަރާލައިފައިވޭ: އެމްނެސްޓީ
03 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!

03 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
14 ޖެނުއަރީ 2017

އެލްސަލްވަޑޯގައި މީހަކު ނުމަރާ 24 ގަޑިއިރު

14 ޖެނުއަރީ 2017
އެލްސަލްވަޑޯގައި މީހަކު ނުމަރާ 24 ގަޑިއިރު
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް