Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބު 2023

މުއިއްޒު ވެރިކަމަށް އަޔަސް، ޔާމީނު ދޫނުކުރާނެކަން އެއީ ފެންނަން އޮތް ސިޔާސީ ހަގީގަތެއް: މާރިޔާ

ރައީސް ސާލިޙު ރަށްރަށަށް އަރާވަޑައިގަތުމުން އެމަނިކުފާނަށް އޮތް ތާއީދު ފެނި، އިދިކޮޅު ފަރާތްތަކުން ކަންބޮޑުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 އޯގަސްޓު 2023 | ބުރާސްފަތި 09:23
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙުގެ ކެމްޕޭނު ތަރުޖަމާނު، މާރިޔާ އަހުމަދު ދީދީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙުގެ ކެމްޕޭނު ތަރުޖަމާނު، މާރިޔާ އަހުމަދު ދީދީ

ޕީއެންސީގެ ކެނޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިނަމަވެސް، ކުރީގެ ރައީސް އަބްދުﷲ ޔާމީނު މިނިވަން ނުކުރައްވާނެކަން އެއީ ފެންނަން އޮތް ސިޔާސީ ޙަގީގަތެއްކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙުގެ ކެމްޕޭނު ތަރުޖަމާނުގެ ޙައިސިއްޔަތުން ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ، ރައީސް ސާލިޙު ރަށްރަށަށް އަރާވަޑައިގަތުމުން އެމަނިކުފާނަށް އޮތް ތާއީދު ފެނި، އިދިކޮޅު ފަރާތްތަކުން ކަންބޮޑުވާ ކަމަށެވެ.

މާރިޔާ ވަނީ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޕީޕީއެމް ބައިވެރި ކުރުވުމަށް ވިސްނަވާފައި ނެތް ކަމަށް ވިދާޅުވެފައެވެ.

މި އިންތިޚާބުގައި ވެސް ޕީޕީއެމް ބައިވެރިކުރުވުމަށް ވިސްނެވިނަމަ ޕީޕީއެމްގައި ހުންނެވި ކެންޑިޑޭޓަކު ނެރުއްވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، މުއިއްޒު ވެރިކަމަށް އަޔަސް، ޔާމީނު ދޫނުކުރާނެކަން އެއީ ފެންނަން އޮތް ސިޔާސީ ހަގީގަތެއް ކަމަށެވެ.

ރިޔާސީ އިންތިޚާބަށް ޑރ. މުއިއްޒު ކުރިމަތިލައްވާފައިވާއިރު މުއިއްޒުގެ ރަނިންމޭޓަކީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.

މާރިޔާ ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް ރައްޔިތުންގެ ކައިރަށް ގޮސް، ރައްޔިތުން ބޭނުންވާ ކަންތައްތައް އޮޅުންފިލުވުމަށްފަހު މެނިފެސްޓޯއެއް ތައްޔާރުކޮށްގެން ކުރިއަށްދާ ޕާޓީއެއް ކަމަށެވެ.

ރިޔާސީ އިންތިޚާބު އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ނަމްބަރު ވަނީ ތަރުތީބުކޮށްފައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސާލިހާއި، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއި، ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބާއި، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމާއި، އެމްއެންޕީގެ ކެންޑިޑޭޓު މުހައްމަދު ނާޒިމް، އަދި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން ކަމަށްވާ އަހުމަދު ފާރިސް މައުމޫނާއި އުމަރު ނަސީރާއި ހަސަން ޒަމީލެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ޔާމީނުގެ އަބުރާ ބެހުނު ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ ރާއްޖެޓީވީ އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

06 އެޕްރީލު 2017
ޔާމީނުގެ އަބުރާ ބެހުނު ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ ރާއްޖެޓީވީ އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
05 އެޕްރީލު 2017

ރައީސް ޔާމީނުގެ ޗެލެންޖް މެންބަރުންނަށް: ކެރެންޏާ ގޮނޑި ހުސްކޮށްފަ، އަމިއްލައަށް އިންތިޚާބުވެބަލަ!

05 އެޕްރީލު 2017
ރައީސް ޔާމީނުގެ ޗެލެންޖް މެންބަރުންނަށް: ކެރެންޏާ ގޮނޑި ހުސްކޮށްފަ، އަމިއްލައަށް އިންތިޚާބުވެބަލަ!
03 އެޕްރީލު 2017

ރައީސް ޔާމީނުގެ އަރިހުގައި އެއްވެސް އިހްލާސްތެރިއަކު ނެތް: ގާސިމް

03 އެޕްރީލު 2017
ރައީސް ޔާމީނުގެ އަރިހުގައި އެއްވެސް އިހްލާސްތެރިއަކު ނެތް: ގާސިމް
02 އެޕްރީލު 2017

ރާއްޖޭގެ ފަތުރުވެރިކަމަށް ކުޑަ ހީނަރުކަމެއް!

02 އެޕްރީލު 2017
ރާއްޖޭގެ ފަތުރުވެރިކަމަށް ކުޑަ ހީނަރުކަމެއް!
01 އެޕްރީލު 2017

އާއިލި ވެރިކަމެއް ކުރުމުގެ ވިސްނުމެއް ނެތް، ވެރިކަމަށް ޝަޢުޤެއް ވެސް ނެތް: ފާރިސް

01 އެޕްރީލު 2017
އާއިލި ވެރިކަމެއް ކުރުމުގެ ވިސްނުމެއް ނެތް، ވެރިކަމަށް ޝަޢުޤެއް ވެސް ނެތް: ފާރިސް
01 އެޕްރީލު 2017

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ރައީސް މައުމޫންގެ ކޮނޑުފުޅުގައި އެލިގެން: ޝާހިދު

01 އެޕްރީލު 2017
 ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ރައީސް މައުމޫންގެ ކޮނޑުފުޅުގައި އެލިގެން: ޝާހިދު
10 މާރިޗު 2017

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު

10 މާރިޗު 2017
އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް