Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއަރ ލީގު

ބަލަބަނޮވިޗްގެ ދެ ލަނޑާއެކު، މާޒިޔާއިން ސަސް ބަލިކޮށްފި

23 އޯގަސްޓު 2023 | ބުދަ 14:18

މާޒިޔާ މެޗު ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުން

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 23 އޯގަސްޓު 2023 | ބުދަ 14:18
މާޒިޔާ އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން

މާޒިޔާ އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން

ސާބިއާގެ ފޯވާޑް، ވޮޖިސްލާވް ބަލަބަނޮވިޗްގެ ދެ ލަނޑާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށްފިއެވެ.

ދިވެހި ޕްރިމިއަރ ލީގުގައި ބުދަ ދުވަހު ހަވީރު ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މާޒިޔާގެ ފުރަތަމަ 11 ގައި ބިދޭސީ ފަސް ކުޅުންތެރިން ހިމަނާފައިވެއެވެ. ދާދި ފަހުން އެ ޓީމަށް ގެނައި ޖަޕާނުގެ މިޑްފީލްޑަރު، ޓޮމޯކީ ވާޑާ ކުޅެން އެރުވީ ދެވަނަ ހާފުގައެވެ،

މެޗު ފެށިގެން، ދެ ޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް، ގިނަ އެތޭކުތައް ކޮށްފައިވަނީ މާޒިޔާ އިންނެވެ. ފުރަތަމަ ހާފުގައި ސަސްގެ އެންމެ ރަނގަޅު ފުރުސަތު ލިބުނީ އަހުމަދު ހުސާމް (ހުސާންކޮ) އަށެވެ. ސަސް އިން ކުރި ކައުންޓަރ އެޓޭކުގައި ހުސާންކޮ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި މާޒިޔާއަށް ކުރިހޯދަދިނީ ސާބިއާގެ މިޑްފީލްޑަރު ޖޯސިކް ބްރެނިމިރް އެވެ. ގާނާގެ މިޑްފީލްޑަރު ރެގަން އޮބެންގް ނަގައިދިން ކޯނަރު، ބްރެނިމިރްގެ ބޮލުން ފޮނުވާލީ ގޯލުގެ މަތީ ކަނަށެވެ. އެއީ މާޒިޔާއަށް މެޗުގައި ލިބުނު ހަވަނަ ކޯނަރެވެ. އެޔަށްފަހު، މެޗުގެ 40 ވަނަ މިނެޓުގައި ބަލަބަނޮވިޗް ވަނީ ލަނޑެއް ޖަހައި، ފަރަގު ބޮޑުކޮށްދީފައެވެ. މާޒިޔާއިން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ފަރަގަކާއެކުއެވެ.

ބަލަބަނޮވިޗް އޭނާގެ ދެވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ 70 ވަނަ މިނެޓުގައެވެ. ގޯލު އޭރިއާގެ ރޮނގުމަތިން ފޮނިވާލި ބޯޅަ، ގޯލުގެ ތެރެއަށް ވަނީ ސަސްގެ ކީޕަރުގެ އަތުގައިޖެހިފައެވެ. ދެވަނަ ހާފުގެ އިތުރު ވަގުތުގައިވެސް އޭނާއަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ސަސްގެ ޑިފެންސަށް ހެދުނު ގޯހެއްގެ ސަބަބުން ބަލަބަނޮވިޗް ހުސްކޮށް އަރައި ކީޕަރު ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ، ސަސްގެ ކެޕްޓަން އަހުނަފު ރަޝީދު (އަހުއްކޮ) ވަނީ ގޯލުގެ ރޮނގު ކައިރިން ދިފާއުކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް ބަލަބަނޮވިޗް އެވެ.

މި މޮޅާއެކު މާޒިޔާ އެއްވަނައިގައި އޮތީ ކުޅުނު އަށް މެޗުން، 22 ޕޮއިންޓް ހޯދައިގެނެވެ. ދެވަނައިގައި ސަސް އަށް ލިބިފައިވަނީ ނުވަ މެޗުން 18 ޕޮއިންޓެވެ. ހަތް މެޗު ކުޅެފައިވާ އީގަލްސް އޮތީ 17 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

21 މާރިޗު 2017

ޕާކިސްތާން ކްރިކެޓް ޓީމުގެ ފަސް ކުޅުންތެރިއަކު ސަސްޕެންޑްކޮށްފި

21 މާރިޗު 2017
ޕާކިސްތާން ކްރިކެޓް ޓީމުގެ ފަސް ކުޅުންތެރިއަކު ސަސްޕެންޑްކޮށްފި
20 މާރިޗު 2017

ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި

20 މާރިޗު 2017
ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި
07 މާރިޗު 2017

އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި

07 މާރިޗު 2017
އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި
01 މާރިޗު 2017

ވަލްކޭއަށް ދީފައިވާ 10 އަހަރުގެ ސަސްޕެންޝަން އިސްތިއުނާފްކޮށްފި

01 މާރިޗު 2017
ވަލްކޭއަށް ދީފައިވާ 10 އަހަރުގެ ސަސްޕެންޝަން އިސްތިއުނާފްކޮށްފި
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
13 ފެބުރުއަރީ 2017

ޓީރެކްސް އިން ކިންގްސް ބީސީ ބަލިކޮށްފި

13 ފެބުރުއަރީ 2017
ޓީރެކްސް އިން ކިންގްސް ބީސީ ބަލިކޮށްފި
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް