Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެއިން

މައާފަށް އެދުމަކުން ނުފުދޭނެ: ވަގުތީ ބޮޑުވަޒީރު ސަންޗޭޒް

ރުބިއެލްސްގެ އަމަލުން ސާބިތުކޮށްދެނީ ސްޕެއިންގައި ހަމަހަމަ ކުރުމާއި، އިޙްތިރާމް ކުރުމާއި، އަންހެނުން އަދި ފިރިހެނުންގެ ހައްގުތައް ހަމަހަމަ ކުރުމުގައި އަދި ވެސް ދިގު ރާސްތާއެއް ކަޑަތުކުރަން އޮތްކަން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 އޯގަސްޓު 2023 | ބުދަ 02:17
ސްޕެއިންގެ ވަގުތީ ބޮޑު ވަޒީރު އަދި ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް

ސްޕެއިންގެ ވަގުތީ ބޮޑު ވަޒީރު އަދި ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް

އަންހެނުންގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ސްޕެއިން އިން ކާމިޔާބުކުރުމުން ތަށި ދިނުމުގެ ރަސްމިއްޔާތުގައި ފޯވަޑް ޖިނީ ހާމޯސޯ އަށް ސްޕެނިޝް ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ލުއިސް ރުބިއަލެސް ބޮސްދެއްވުމަށްފަހު، މައާފަށް އެދިވަޑައިގެން ނަމަވެސް، އެ ހިސާބުން އެކަން ނުނިމޭ ކަމަށް އެ ޤައުމުގެ ވަގުތީ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވެއްޖެ އެވެ.

ރުބިއަލެސް، ހާމޯސޯއަށް ބޮސްދެއްވި މައްސަލައާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ފޯވަޑް ހާމޯސޯ ރަސްމިއްޔާތަށްފަހު ބުނީ، އޭނާ އެކަމާ ގަޔާ ނުވާ ކަމަށެވެ. އެކަމާ ގުޅިގެން ފާޑުކިއުން އަމާޒުވުމުން ރުބިއަލެސް ފަހުން ވިދާޅުވީ އެއީ ތަށި ލިބުމުގެ އުފަލުގައި، އުފާފާޅު ކުރަމުންދިޔަ ވަގުތެއްގައި އެދުމެއްނެތި ކުރެވުނު ކަމެއް ކަމަށާއި ނަމަވެސް ހުރިހާ ގޮތަކުން ގޯހީ އޭނާ ކަމަށެވެ.

އެ މައްސަލާގައި ސްޕެއިންގެ ފެޑަރޭޝަނުން ބަޔާން ނެރެ, މައާފަށް އެދެން ޖެހުނީ ސަރުކާރުގެ ވަޒީރުންނާއި ސޯޝަލް މީޑިއާގައި ރައީސް ރުބިއަލެސް އަށް ފާޑުކިއުންތައް އަމާޒުވުމުންނެވެ. އޭނާ އަށް ފާޑު ވިދާޅުވި އިސްވެރިންގެ ތެރޭގައި ސްޕޭންގެ ކުޅިވަރާ ބެހޭ ވަޒީރު މިކުއެލެސްޓާ އާއި އިކުއިޓީ މިނިސްޓަރު އައިރީން މޮންޓޭރޯ ހިމެނިވަޑައިގަންނަވަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ސަންޗޭޒް ވިދާޅުވީ، އޭނާ ޤަބޫލުފުޅު ކުރައްވާ ގޮތުގައި ކުޅުންތެރިން މޮޅުވުމަށް ކުރަން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އެހެން ނަމަވެސް، ހަގީގަތުގައި ރުބިއެލްސްގެ އަމަލުން ސާބިތުކޮށްދެނީ ސްޕެއިންގައި ހަމަހަމަ ކުރުމާއި، އިޙްތިރާމް ކުރުމާއި، އަންހެނުން އަދި ފިރިހެނުންގެ ހައްގުތައް ހަމަހަމަ ކުރުމުގައި އަދިވެސް ދިގު ރާސްތާއެއް ކަޑަތުކުރަން އޮތުން ކަމަށް ސަންޗޭޒް ވިދާޅުވި އެވެ. އިތުރަށް ސަންޗޭޒް ވިދާޅުވީ އެކަމުގެ ތެރެއިން ހިނގައިދިޔަ ކަންތައްތަކަކީ ޤަބޫލު ކުރަން ދަތި ކަންތަކެއް ކަމަށާއި، އެކަމުގައި ރުބިއަލެސް މައާފަށް އެދުނު ނަމަވެސް، ނުފުދޭ ކަމަށެވެ. އިތުރަށް ސަންޗޭޒް ވިދާޅުވީ އެކަން ބަލައި ކުރިއަށް ދިޔުމުގައި ރުބިއެލްސް އަށް ފިޔަވަޅު ވެސް އަޅަން ޖެހޭ ކަމަށެވެ.

މި މައްސަލައިގައި ހިތްހަމަނުޖެހިގެން ރުބިއަލެސް ފަހުން ވިދާޅުވީ ވޯލްޑް ކަޕް ފަދަ ބޮޑު މުބާރާތެއް ކާމިޔާބުވުމުން ދެ ރަހުމަތްތެރިން ސަބަބެއް ނެތި ބޮސްދިނުމަކީ އެކަމުގެ މާނަ އޮޅުވާލަން ޖެހޭ ކަމެއް ނޫން ކަމަށާއި ކަންކަން ހަޖަމްކުރަން ދަސްކުރަންޖެހޭ ކަމަށެވެ.

އިތުރަށް ކިޔާލަން

23 އޯގަސްޓު 2020

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ވަގުތީ ގޮތުން ޑުންގާ ޝަރީފަށް

23 އޯގަސްޓު 2020
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ވަގުތީ ގޮތުން ޑުންގާ ޝަރީފަށް
04 އޯގަސްޓު 2020

ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް ވަގުތީ ގޮތުން މެދުކަނޑާލައިފި

04 އޯގަސްޓު 2020
ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް ވަގުތީ ގޮތުން މެދުކަނޑާލައިފި
22 މެއި 2020

ޗެލްސީގެ އެއްބަސްވުން ވަގުތީ ގޮތުން ވިލިއަން އާކުރަނީ

22 މެއި 2020
ޗެލްސީގެ އެއްބަސްވުން ވަގުތީ ގޮތުން ވިލިއަން އާކުރަނީ
30 ޖެނުއަރީ 2020

ސްވިމިން ޓްރެކު ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށްފި

30 ޖެނުއަރީ 2020
ސްވިމިން ޓްރެކު ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށްފި
23 އޮކްޓޯބަރު 2019

ގައުމީ ޓީމުގެ މައްސަލައިގައި އެންމެ ފަހުން ސެންޓޭ ވެސް މައާފަށް އެދިއްޖެ

23 އޮކްޓޯބަރު 2019
ގައުމީ ޓީމުގެ މައްސަލައިގައި އެންމެ ފަހުން ސެންޓޭ ވެސް މައާފަށް އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު