Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އަރަބި ލީގު ސަމިޓް

ޣައްޒާ އަލުން ބިނާ ކުރުމަށް ފައިސާގެ އެހީ ފޯރުކޮށް ދިނުމަށް އަރަބި ގައުމުތަކުގެ ސަމިޓު ގައި ގޮވާލައިފި

ހޮނިހިރު ދުވަހު ބަޣްދާދުގައި ބޭއްވުނު ޢަރަބި ލީގުގެ ސަމިޓުގެ ފައިނަލް ބަޔާނުގައި "ޤައުމުތަކާއި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މާލީ މުއައްސަސާތަކަށް" ޣައްޒާ އަލުން ބިނާކުރުމުގެ ޕްލޭނަށް އެހީތެރި ވުމަށް "އަވަސް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް" ގޮވާލާ ކަމަށް ބުނެފައިވޭ.

ރާއްޖެ އެމްވީ | 18 މެއި 2025 | އާދީއްތަ 09:15
އިރާގުގެ ބަޣްދާދުގައި ބޭއްވި 34 ވަނަ އަރަބި ލީގު ސަމިޓްގެ ޖަލްސާގައި އަރަބި ލީޑަރުން ބައިވެރިވެވަޑައިގަންނަވަނީ

އިރާގުގެ ބަޣްދާދުގައި ބޭއްވި 34 ވަނަ އަރަބި ލީގު ސަމިޓްގެ ޖަލްސާގައި އަރަބި ލީޑަރުން ބައިވެރިވެވަޑައިގަންނަވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަލަސްތީނުގެ ޣައްޒާ އެމެރިކާގެ ބާރުގެ ދަށަށް ގެނެސް އެސަރަހައްދު ހިންގުމާ ހަވާލުވުމުގެ ހުށަހެޅުން ތަކުރާރުކުރައްވާފައިވާ ދަނޑިވަޅެއްގައި، ޣައްޒާ ސްޓްރިޕް އަލުން ބިނާކުރުމަށް އަރަބި ގައުމުތަކުން އިސްނަގައިގެން ފާސްކޮށްފައިވާ ޕްލޭނަށް ފައިސާގެ އެހީ ފޯރުކޮށް ދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢު އަށް ގޮވާލަފިއެވެ.

ހޮނިހިރު ދުވަހު ބަޣްދާދުގައި ބޭއްވުނު ޢަރަބި ލީގުގެ ސަމިޓުގެ ފައިނަލް ބަޔާނުގައި "ޤައުމުތަކާއި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މާލީ މުއައްސަސާތަކަށް" ޣައްޒާ އަލުން ބިނާކުރުމުގެ ޕްލޭނަށް އެހީތެރިވުމަށް "އަވަސް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް" ގޮވާލާ ކަމަށް ބުނެފައިވެއެވެ.

"[ޣައްޒާގައި] ހިންގާ ނަސްލު ނައްތާލުން ވަނީ ތާރީޚުގެ އެއްވެސް ހަނގުރާމަ އެއްގައި ނުފެންނަވަރުގެ ހުތުރު ފެންވަރަކަށް ގޮސްފައި،" ކަމަށް އިރާޤުގެ ބޮޑުވަޒީރު މުޙައްމަދު ޝިޔާ އަލް-ސުދާނީ، 34 ވަނަ ޢަރަބި ސަމިޓުގެ ހުޅުވުމުގެ ތަޤްރީރުގައި ވިދާޅުވިއެވެ.

މި ސަމިޓުގެ އެންމެ މުހިންމު މައުޟޫއަކަށް އޮތީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ މައްސަލަކަން ފާހަގަ ކުރެވެއެވެ.

އޭނާ ވިދާޅުވީ އިރާޤުން ޣައްޒާ "އަލުން ބިނާކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމަށް ޢަރަބި ފަންޑެއް" އުފެއްދުމަށް ތާއީދުކުރާ ކަމަށެވެ. އަދި އިރާޤުން މި ފަންޑަށް 20 މިލިއަން ޑޮލަރު ހަދިޔާކުރާނެ ކަމަށާއި، އިސްރާއީލުން އެތައް ހަމަލާއެއްދީ ގެއްލުންދީފައިވާ ލުބުނާނަށް ވެސް އިތުރު 20 މިލިއަން ޑޮލަރު ހަދިޔާކުރާނެ ކަމަށެވެ.

އިރާޤުގެ ބޮޑުވަޒީރު ވިދާޅުވީ "ފަލަސްތީނުގެ މީހުން މަޖުބޫރުން ނެރުމަށް" އިރާގުން ދެކޮޅުހަދާ ކަމަށެވެ. އަދި "ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމު ތަކާއި، ވެސްޓް ބޭންކާއި ފަލަސްތީނުން ހިފާފައިވާ ބިންތަކުގައި ހިންގާ ޖަރީމާތައް" ހުއްޓާލުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.

އިރާޤުގެ ވެރިރަށުގައި ހޮނިހިރު ދުވަހު ސަމިޓު ބޭއްވީ، ޓްރަމްޕް މެދުއިރުމަތީގެ ދަތުރު ނިންމާލެއްވިތާ އެއް ދުވަސް ފަހުންނެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ އަށް ފާޅުގައި ފާޑު ވިދާޅުވާ ދެބޭފުޅުން ކަމުގައިވާ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް އަދި ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ޚާއްސަ މެހުމާނުންގެ ގޮތުގައި މި ސަމިޓުގައި ބައިވެރިވެވަޑައިގަތެވެ.

"އަޅުގަނޑުމެންނަށް މިހާރު ބޭނުންވަނީ ދާއިމީ ކޮށް ހަނގުރާމަ ހުއްޓާލުން، ރަހީނުން ވަގުތުން ދޫކޮށްލުން، އަދި ބްލޮކޭޑް ނިމުމަކަށް ގެނެސް އިންސާނީ އެހީ ހުރަހެއްނެތި ފޯރުކޮށްދިނުން،" ގުޓެރެސް ވިދާޅުވިއެވެ.

ސްޕެއިންގެ ސަންޗޭޒް ވިދާޅުވީ ޣައްޒާ އަށް ދިމާވެފައިވާ އިންސާނީ ކާރިސާ "ވަގުތުން އަދި ލަސްނުކޮށް" ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ.

"ފަލަސްތީނާއި ސްޕެއިން ދަނީ އދ. އަށް ހުށަހަޅާ ގަރާރެއްގެ އައު ޑްރާފްޓެއްގެ މަސައްކަތް ކުރަމުން، އެއީ އިސްރާއީލުން ޣައްޒާއަށް އަޅާފައިވާ އަނިޔާވެރި ލާއިންސާނީ ބްލޮކޭޑް ނިމުމަކަށް ގެނައުމަށާއި ޣައްޒާ އަށް އެއްވެސް ޝަރުތެއްނެތި އެހީ ފޯރުކޮށްދިނުމަށް ހުއްދަދިނުމަށް،" އޭނާ ވިދާޅުވިއެވެ.

އަދި އޭނާ ވިދާޅުވީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެން އިސްރާއީލުން ދެމުންދާ މަރުގެ ހަމަލާތައް ހުއްޓުވުމަށް އިސްރާއީލަށް އިތުރު ފިއްތުންތައް ކުރިމަތިކުރުވަން ޖެހޭ ކަމަށެވެ.

އިސްރާއީލުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގައި ޢަމަލުކުރާ ގޮތް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ބަލައި ދިރާސާކުރުމަށް ސްޕެއިނުން ޖެނެރަލް އެސެމްބްލީ އަށް ގަރާރެއް ހުށަހަޅާނެ ކަމަށް ވެސް ސްޕެއިންގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

ޤަޠަރަށް ކުރެއްވި ޒިޔާރަތުގައި، ބުރާސްފަތި ދުވަހު ޓްރަމްޕް ވަނީ އެމެރިކާއިން "ޣައްޒާ ހިފަން" ބޭނުންވާ ކަމަށާއި އެތަން "މިނިވަންކަމުގެ ސަރަޙައްދަކަށް" ބަދަލު ކުރަން ބޭނުންވާ ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަފުޅު އަލުން ތަކުރާރު ކުރައްވާފައެވެ. މީގެ ކުރިން މިއަހަރު، އޭނާ ވަނީ ޣައްޒާ "މެދުއިރުމަތީގެ ރިވިއެރާ" އަށް ބަދަލު ކުރާނެ ކަމަށް އިޢުލާނުކުރައްވާފައެވެ. އެއާ ގުޅިގެން ބޮޑު ނުތަނަވަސް ކަމެއް އަރަބި އަދި އިސްލާމީ ދުނިޔޭގައި ބޮޑު ނުތަނަވަސް ކަމެއް އުފެދިގެން ދިޔަކަން ފާހަގަ ކުރެވެއެވެ. މިކަމުން ޢަރަބި ލީޑަރުންނަށް މަޖުބޫރުވީ ގާހިރާ ގައި ބޭއްވުނު ސަމިޓެއްގައި އެ ސަރަޙައްދު އަލުން ބިނާކުރުމުގެ ޕްލޭނެއް އެކުލަވާލުމަށެވެ.

ޢަރަބިންގެ ޣައްޒާގެ ޕްލޭނުގައި ހުށަހަޅާފައިވަނީ އެތަނުގައި ދިރިއުޅޭ 2.4 މިލިއަން މީހުން ނުނެރެ ފަލަސްތީނުގެ އެ ސަރަޙައްދު އަލުން ބިނާކުރުމަށެވެ.

ޣައްޒާގެ އިތުރުން، ޢަރަބި އޮފިޝަލުން މަޝްވަރާކުރި އަނެއް މައުޟޫޢަކީ ސީރިއާއެވެ. ސީރިއާ އަކީ މީގެ 6 މަސްކުރިން ދިގު މުއްދަތެއްގައި ވެރިކަން ކުރެއްވި ބައްޝާރު އަލް-އަސަދުގެ ވެރިކަން ވެއްޓުމާއެކު އައު ބާބެއް ފެށުނު ޤައުމެކެވެ.

މި ހަފްތާގެ ކުރީކޮޅު، ޓްރަމްޕް ވަނީ ރިޔާޟް ގައި ސީރިއާގެ ވަގުތީ ރައީސް އަޙްމަދު އަލް-ޝަރާޢާ ބައްދަލުކުރައްވާފައެވެ. އަލް-ޝަރާޢާގެ ގްރޫޕުން ވަނީ ޑިސެމްބަރު މަހު އަލް-އަސަދުގެ ވެރިކަން ވައްޓާލުމުގެ ހަމަލާތައް އިސްވެ ހިންގާފައެވެ. މި ދެބޭފުޅުން ބައްދަލުވުމުގެ ކުރިން ސައުދީގައި ހުންނަވާ ޓްރަމްޕް ވަނީ ސީރިއާގެ މައްޗަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެ ކަން އިޢުލާނުކުރައްވާފައެވެ. މިއީ ދިމިޝްޤުގެ ސަރުކާރަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ސީރިއާ ގެ އިސް އޮފިޝަލުން ވިދާޅުވެފައިވެއެވެ.

އަލް-ޝަރާޢާ އަކީ 2003 ގައި އެމެރިކާ އިސްވެގެން އިރާޤަށް ދިން ހަމަލާއަށްފަހު، އަލް-ޤާޢިދާ އަށް ނިސްބަތްވާ ކަމުގެ ތުހުމަތުގައި އިރާޤުގައި އަހަރު ތަކެއް ވަންދެން ޖަލުގައި ބެހެއްޓި ފަރާތެކެވެ. ބަޣްދާދުގެ ސަމިޓަށް އޭނާ ވަޑައިނުގަންނަވައެވެ. އެއީ އިރާޤުގެ ބާރުގަދަ ސިޔާސީ ފަރާތްތަކަކުން އޭނާގެ ޒިޔާރަތާމެދު އިންކާރުކުރުމާ ގުޅިގެންނެވެ. އޭގެ ބަދަލުގައި ސީރިއާ ތަމްސީލު ކުރެއްވީ އެޤައުމުގެ ޚާރިޖީ ވަޒީރު އަސަދު އަލް-ޝައިބާނީ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 "މަދަރ އޮފް އޯލް ބޮމްބްސް" ބޭނުންކުރީ ޓެކްނިކަލް ވިސްނުންތަކެއްގެ މައްޗަށް ބިނާކޮށް: އެމެރިކާ

"މަދަރ އޮފް އޯލް ބޮމްބްސް" ބޭނުންކުރީ ޓެކްނިކަލް ވިސްނުންތަކެއްގެ މައްޗަށް ބިނާކޮށް: އެމެރިކާ

14 އެޕްރީލު 2017
ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

05 އެޕްރީލު 2017
އެމެރިކާއިން ޔޫއެންއެފްޕީއޭ އަށް ދޭ މާލީ އެހީ ކަނޑާލައިފި

އެމެރިކާއިން ޔޫއެންއެފްޕީއޭ އަށް ދޭ މާލީ އެހީ ކަނޑާލައިފި

05 އެޕްރީލު 2017
ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ

ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ

28 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް

13 މާރިޗު 2017

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު