Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޭބަލް ކާރެއްގެ ތެރޭގައި 7 ކުދިން ތާށިވުން

ކޭބަލް ކާރެއްގެ ތެރޭގައި ތާށިވި 7 ކުދިންގެ ތެރެއިން 2 ކުދިން ސަލާމަތްކޮށްފި، ރޭގަނޑުވުމުން ރެސްކިއު އޮޕަރޭޝަން މެދުކަނޑާލައިފި

22 އޯގަސްޓު 2023 | އަންގާރަ 16:06

ކޭބަލް ކާރުގައި ތާށިވެފައި ވަނީ އުމުރުން 10 އަހަރާ 15 އަހަރުގެ ކުދިން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 22 އޯގަސްޓު 2023 | އަންގާރަ 16:06
ޕާކިސްތާނުގައި ކޭބަލް ކާރެއްގެ ތެރޭގައި 7 ކުދިން ތާށިވުން

ޕާކިސްތާނުގައި ކޭބަލް ކާރެއްގެ ތެރޭގައި 7 ކުދިން ތާށިވުން

ޕާކިސްތާނުގެ ފަރުބަދަމަތީ ސަރަހައްދެއް ކަމަށްވާ ބައްޓަގްރަމްއިން ދަތުރުކުރަމުންދިޔަ ކޭބަލް ކާރެއްގެ ތެރޭގައި ތާށިވި ހަތް ކުދިންގެ ތެރެއިން ދެ ކުދިން ސަލާމަތްކޮށްފިއެވެ.

ބައްޓަގްރަމް އިން ދަތުރުކުރަމުންދިޔަ ކޭބަލް ކާރު ހުއްޓުނީ އެ ކާރު ދަތުރުކުރަމުންދިޔަ، ކޭބަލް ލައިންތަކުގެ ތެރެއިން ލައިނެއް ކަނޑައިގެން ދިއުމުން، އަންގާރަ ދުވަހު، ޕާކިސްތާނުގެ ގަޑިން ހެނދުނު 7:00 ހާއިރުއެވެ. އެއާއެކު ކޭބަލް ކާރުގައި ސްކޫލަށް ދިއުމަށް ދަތުރުކުރަމުންދިޔަ ހަތް ކުދިންނާއި ޓީޗަރަކު ވަނީ ތާށިވެފައެވެ.

އެގައުމުގެ ކަމާގުޅުންހުރި އިދާރާތަކުން މައުލޫމާތު ދޭގޮތުގައި، ކޭބަލް ކްރޮސިންގް އެކްސްޕާޓުން ފޮނުވައިގެން ކޭބަލްގައި ކުޑަ ޑޯލީ ކެރިއަރެއް އަޅުވައި ކުދިން ސަލާމަތްކުރުމުގެ މަސައްކަތްތައް ފަށާފައިވަނީ ކޭބަލް ކާރުގައި ކުދިން ތާށިވިތާ 12 ގަޑިއިރު ފަހުންނެވެ.

ޕާކިސްތާންގެ އަސްކަރިއްޔާގެ ރެސްކިއު ޓީމަކުން ހެލިކޮޕްޓަރުގައި ކުދިން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާން ފަށައި، މިހާރު ދެ ކުދިން ސަލާމަތް ކުރެވިފައިވާ ކަމަށާއި، އެހެންނަމަވެސް، ރޭގަނޑުވެ އަނދިރިވުމުން ސަލަމާތްކުރުން އޮޕަރޭޝަން މެދުކަނޑާލާފައި ވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ހަތަރު ކުދިން ސަލާމަތްކުރެވިފައި ވާކަމަށްވެސް، އޮފިޝަލަކާ ހަވާލާދީ ބައެއް ރިޕޯޓުތައް ބުނެއެވެ.

ގަދަ ވައިގެ ސަބަބުން ހެލިކޮޕްޓަރުގައިވެސް ކުދިން ސަލަމާތްކުރުމަށް ވަނީ ހުރަސް އެޅިފައެވެ. އަދި ހެލްކޮޕްޓަރު ކޭބަލްއާ މާ ކައިރިވެއްޖެނަމަ، އިތުރު ކޭބަލެއް ކަނޑައިގެން ދިއުމުގެ ބިރު އޮތުމުގެ ސަބަބުންވެސް، ގޮންޖެހުންތަކާ ދަނީ ކުރިމަތިވަމުންނެވެ.

ކޭބަލް ކާރުގައި ތާށިވެފައިވަނީ އުމުރުން 10 އަހަރާ 15 އަހަރުގެ ކުދިންނެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

01 ނޮވެމްބަރު 2017

ވިހަދީގެން ފިރިމީހާ މަރަން އުޅުމުގެ ތެރޭގައި އާއިލާގެ 15 މީހުން މަރާލައިފި

01 ނޮވެމްބަރު 2017
ވިހަދީގެން ފިރިމީހާ މަރަން އުޅުމުގެ ތެރޭގައި އާއިލާގެ 15 މީހުން މަރާލައިފި
28 އޯގަސްޓު 2017

އުތުރު ކޮރެއާއިން ޖަޕާނާއި ދިމާލަށް ފޮނުވައިލި މިސައިލެއް ވައިގެ ތެރޭގައި ގޮވައިފި

28 އޯގަސްޓު 2017
އުތުރު ކޮރެއާއިން ޖަޕާނާއި ދިމާލަށް ފޮނުވައިލި މިސައިލެއް ވައިގެ ތެރޭގައި ގޮވައިފި
15 އޯގަސްޓު 2017

ޔަމަނުގައި ކޮލެރާ ޖެހިފައިވާ މީހުންގެ އަދަދު ހަތަރު މަސްތެރޭގައި ފަސްލައްކަ އަށް އަރައިފި

15 އޯގަސްޓު 2017
ޔަމަނުގައި ކޮލެރާ ޖެހިފައިވާ މީހުންގެ އަދަދު ހަތަރު މަސްތެރޭގައި ފަސްލައްކަ އަށް އަރައިފި
10 އޯގަސްޓު 2017

ގުއާމް ކަނޑަށް ހަމަލާ ދިނުމާއި ބެހޭ ޕްލޭން އޯގަސްޓް މެދުތެރޭގައި ތައްޔާރު ވާނެ: އުތުުރު ކޮރެއާ

10 އޯގަސްޓު 2017
ގުއާމް ކަނޑަށް ހަމަލާ ދިނުމާއި ބެހޭ ޕްލޭން އޯގަސްޓް މެދުތެރޭގައި ތައްޔާރު ވާނެ: އުތުުރު ކޮރެއާ
01 އޯގަސްޓު 2017

މަގާމު ހަވާލުކުރިތާ 10 ދުވަހުގެ ތެރޭގައި ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ވަކިކުރައްވައިފި

01 އޯގަސްޓު 2017
މަގާމު ހަވާލުކުރިތާ 10 ދުވަހުގެ ތެރޭގައި ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ވަކިކުރައްވައިފި
30 މެއި 2017

ބަގްދާދުގައި 24 ގަނޑިއިރު ތެރޭގައި ދެވަނަ ބޮމެއް ގޮއްވާލައިފި

30 މެއި 2017
ބަގްދާދުގައި 24 ގަނޑިއިރު ތެރޭގައި ދެވަނަ ބޮމެއް ގޮއްވާލައިފި
22 މާރިޗު 2017

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

22 މާރިޗު 2017
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި
19 މާރިޗު 2017

ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި

19 މާރިޗު 2017
ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި
11 މާރިޗު 2017

ނަމްގެ ގަބުރާ ދޭތެރޭގައި ކަންކުރާނެ ގޮތެއް އަދި ނުނިންމާ:މެލޭޝިއާ

11 މާރިޗު 2017
ނަމްގެ ގަބުރާ ދޭތެރޭގައި ކަންކުރާނެ ގޮތެއް އަދި ނުނިންމާ:މެލޭޝިއާ
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް