Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

އޮޑެގާޑްގެ ޕެނަލްޓީން މޮޅުވެ އާސެނަލް ކުރިއަށް

ސެލްހާސްޓް ޕާކުގައި ކުޅުނު މެޗު އާސެނަލުން ކާމިޔާބު ކުރީ 1-0 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 އޯގަސްޓު 2023 | އަންގާރަ 02:32
މެޗުގައި ލަނޑު ޖެހުމަށްފަހު އާސެނަލްގެ ކެޕްޓަން އޮޑެގާޑް އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އާސެނަލްގެ ކެޕްޓަން އޮޑެގާޑް އުފާ ފާޅުކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް މޮޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ސެލްހާސްޓް ޕާކުގައި ކުޅުނު މެޗު އާސެނަލުން ކާމިޔާބު ކުރީ 1-0 އިންނެވެ. މިއީ އައު ސީޒަންގެ ލީގުގައި އާސެނަލުން ކުޅުނު ދެ ވަނަ މެޗެވެ. ފުރަތަމަ މެޗުގައި އެ ޓީމު ވަނީ އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓުގެ މައްޗަށް ވެސް ކުރި ހޯދައިފަ އެވެ. މެޗުގައި އާސެނަލަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން އެ ޓީމުގެ އެޑީ އެންކެޓިއާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއާ އެވެ. އޭގެ ފަހުން އޭރިޔާ ބޭރުން ކެޕްޓަން މާޓިން އޮޑެގާޑް ފޮނުވާލި ބާރު ހަމަލާ ޕެލެސްގެ ގޯލް ކީޕަރު ވަނީ އަތުން ޖައްސައި ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ.

އާސެނަލް އިން މެޗުގެ ހަމައެކަނި ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. އެއީ ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި ޕެލެސްގެ އޭރިޔާ ތެރެއިން އެ ޓީމުގެ ކީޕަރު، އާސެނަލްގެ އެންކެޓިއާ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ޕެނަލްޓީ ކާމިޔާބުކޮށް، މެޗުން އާސެނަލް މޮޅުކޮށްދިނީ ކެޕްޓަން އޮޑެގާޑް އެވެ.

މޮޅާއެކު އާސެނަލް ވަނީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓު ހޯދައިފަ އެވެ. އެއް ވަނައިގައި އޮތް ބްރައިޓަން އާއި ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އަށް ވެސް ލިބެނީ ދެ މެޗުން ހަ ޕޮއިންޓެވެ. ލީގުގަައި އާސެނަލަށް ދެން އޮންނާނީ އަމިއްލަ ދަނޑުގައި އޯގަސްޓު މަހުގެ 26 ވަނަ ދުވަހު ފުލަމްއާ ދެކޮޅަށް ކުޅޭ މެޗެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު