Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދެ ރަށެއްގައި ރިސޯޓް ތަރައްގީކުރަން ހުޅުވާލުން

ހއ. މެދަފުއްޓާއި ށ. ނަލަންދޫގައި ރިސޯޓް ހަދާނެ ބަޔަކު ހޯދުމަށް ބީލަމަށް ހުޅުވާލައިފި

21 އޯގަސްޓު 2023 | ހޯމަ 12:41

މި ދެ ރަށް ކުއްޔަށްދެނީ 50 އަހަރު ދުވަހުގެ މުއްދަތަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 އޯގަސްޓު 2023 | ހޯމަ 12:41
ހއ. މެދަފުށި

ހއ. މެދަފުށި

ހއ. މެދަފުއްޓާއި ށ. ނަލަންދޫގައި ރިސޯޓް ހެދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހއ އަދި ށ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، އެ ދެ ރަށުގައި ރިސޯޓް ހެދުމަށް ހުޅުއްވާލައްވާނެކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ޓޫރިޒަމް ގާނޫނުގެ ދަށުން މި ދެ ރަށް ކުއްޔަށްދެނީ 50 އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 36 މަސްދުވަސް ނުވަތަ ތިން އަހަރު ތެރޭގައި ރިސޯޓް ތަރައްގީކޮށް ނިންމަންޖެހެއެވެ.

11.74 ހެކްޓަރު ހުންނަ ހއ. މެދަފުށީގައި ތަރައްގީކުރަނީ 120 އެނދުގެ ރިސޯޓެކެވެ. މެދަފުށީގައި ރިސޯޓް ތަރައްގީކުރުމަށް ލޭންޑް އިކުއިޒިޝަން ކޮސްޓް (އެލްއީސީ)ގެ ގޮތުގައި މަދުވެގެން 875،000 ޑޮލަރު ދައްކަންޖެހެއެވެ. އަދި މާލީ ތަނަވަސްކަމުގައި 2 މިލިއަން ޑޮލަރު ހުރިކަން ސާބިތުކޮށްދޭންޖެހެއެވެ.

63.99 ހެކްޓަރުގެ ށ. ނަލަންދޫގައި ތަރައްގީކުރަނީ 200 އެނދުގެ ރިސޯޓެކެވެ. ނަލަންދޫގައި ރިސޯޓް ތަރައްގީކުރުމަށް ލޭންޑް އިކުއިޒިޝަން ކޮސްޓް (އެލްއީސީ)ގެ ގޮތުގައި މަދުވެގެން އެއް މިލިއަން ޑޮލަރު ދައްކަންޖެހެއެވެ. އަދި މާލީ ތަނަވަސްކަމުގައި 10 މިލިއަން ޑޮލަރު ހުރިކަން ސާބިތުކޮށްދޭންޖެހެއެވެ.

ބީލަމުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 50،000 ޑޮލަރު ހުށަހަޅަންޖެހެއެވެ.

މި ދެ ރަށުގައި ރިސޯޓް ތަރައްގީކުރުމަށް ހުޅުވާލިކަން ހާމަކޮށް ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޒޫމް މެދުވެރިކޮށް މައުލޫމާތު ދިނުން އޮގަސްޓް 30 ވާ ބުދަ ދުވަހުގެ 11 ޖަހާއިރު އޮންނާނެކަމަށެވެ. އަދި ބީލަން ހުށަހެޅުން އޮންނާނީ ސެޕްޓެމްބަރ 21 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10 ޖަހާއިރުކަމަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

06 މާރިޗު 2017

ރާއްޖެ ސަލާމަތްކޮށްދޭނީ ފަތުރުވެރިކަމާއި ރިސޯޓްތައް: ޑރ. ޝިހާމް

06 މާރިޗު 2017
ރާއްޖެ ސަލާމަތްކޮށްދޭނީ ފަތުރުވެރިކަމާއި ރިސޯޓްތައް: ޑރ. ޝިހާމް
03 މާރިޗު 2017

ބިލެތްދޫގައި އިޚްތިޖާޖުކުރި ގިނަ ބަޔަކު ހައްޔަރުކޮށްފި

03 މާރިޗު 2017
ބިލެތްދޫގައި އިޚްތިޖާޖުކުރި ގިނަ ބަޔަކު ހައްޔަރުކޮށްފި
02 މާރިޗު 2017

ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

02 މާރިޗު 2017
ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
22 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން

22 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
31 ޖެނުއަރީ 2017

ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި

31 ޖެނުއަރީ 2017
ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި
30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް