Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނިހާދު އެމްޑީޕީ އަށް ކުރި ތުހުމަތުތައް

"ނިހާދު ސަސްޕެންޑްކުރުމުން އެނގެނީ ގޯހެއް ހެދުނުކަން ޤަބޫލުކުރާކަން، އެ ވާހަކަތައް ސާބިތު ނުވާ ނަމަ ޖެހޭނީ ނިހާދު މަޤާމުން ވަކިކުރަން"

ޓުއަރިޒަމް ސިނާއަތަކީ ރާއްޖޭގައި ދިރުން ހުރި ހަމައެކަނި ސިނާއަތް ކަމަށާއި އެ ސިނާއަތަށް މިގޮތަށް ގެއްލުން ދީގެން ނުވާނެ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 24 ޑިސެމްބަރު 2024 | އަންގާރަ 09:19
ނިހާދު އާއި ފައްޔާޒް

ނިހާދު އާއި ފައްޔާޒް

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ދެއްކެވި ވާހަކަތަކާއި ގުޅިގެން އޭނާ ސަސްޕެންޑްކުރުމުން އެނގެނީ ގޯހެއް ހެދުނުކަން ސަރުކާރުން ޤަބޫލުކުރާކަން ކަމަށް އެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް އެފަދައިން ވިދާޅުވީ އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށާ އެކަމުގައި އިސްކޮށް ހުންނެވީ ފައްޔާޒް ކަމަށް ފާހަގަކުރައްވާ ނިހާދު ދެއްކެވި ވަހަކަތަކާއި ގުޅިގެން ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

Advertisement - newsAdvertisement

ނިހާދު މިފަދަ ސީރިއަސް ތުހުމަތުތަކެއް އެމްޑީޕީ އަށް ކޮށްފައި ވަނީ ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީން ހ. ވެޔޮވިލާ ގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ނިހާދު ވަނީ އެމްޑީޕީން އެ އަމަލު ހިންގަން އުޅޭ ގޮތްކަމަށް ބުނެ ބައެއް ތަފްސީލްތައް ހިއްސާކުރައްވާފައެވެ. އަދިއޭގެ ފަހަތުގައި ތިބި މީހުންގެ ގޮތުގައި ބައެއް އެމްޑީޕީގެ އިސް ފަރާތްތަކުގެ ނަންތައް ހާމަކުރައްވާފައިވެއެވެ.

އެގޮތުން ބުރާސްފަތި ދުވަހަށް ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2 މިލިއަނާ ހަމަކުރަން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ފަތުރުވެރިކަމަށް ހުރަސް އެޅުމަށް އެމްޑީޕީ އިސްވެ އޮވެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ނިހާދު ވިދާޅުވި ގޮތުގައި މާލެ ކައިރީގައި އެއް ފަޅުތެރެއެއްގައި އޮތް ތިން ރިސޯޓެއްގައި އެމްޑީޕީން ބައްދަލުވުމެއް ބާއްވަން ވަނީ އެދިފައެވެ. މި ދުވަސްކޮޅު ރިސޯޓް ފުލްވެފައިވާތީ ނުބޭއްވޭނެ ކަމަށް އެންގުމުން ހުއްދަ ނުލިބުނަސް އެ ރިސޯޓަށް އެމްޑީޕީން އަރާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ނިހާދު ވަނީ ތުހުމަތުކުރައްވާފައެވެ.

މި ތުހުމަތުތައް ނިހާދު ކުރައްވާފައި ވަނީ ލައިވްކޮށްގެން ދުރަށް ދެއްކި ޕީއެންސީގެ ޖަލްސާއެއްގައިކަން ފާހަގަކޮށްލެވެއެވެ. ނިހާދު އިތުރަށް ވިދާޅުވީ އެމްޑީޕީން ރާވާފައި ވަނީ އަންގާރަ ދުވަހުގެ ހަވީރު ހަަތަރެއް ޖަހާއިރު ރިސޯޓަށް އެރުމަށް ކަމަށެވެ. އަދި އެ ރިސޯޓަށް އެރުމުގެ ފަހަތުގައި ހުންނެވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކަމަށް ވެސް ނިހާދު ވަނީ ތުހުމަތުކުރައްވާފައެވެ.

އެކަމާއި ގުޅޭގޮތުން ފައްޔާޒް ވިދާޅުވީ ނިހާދުގެ އެ ތުހުމަތުތަކަކީ އެއްވެސް ވަރަކަށް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. ފައްޔާޒް ވަނީ ރިސޯޓަކާއި އެކުވެސް އަދި ރިސޯޓެއްގައި ވެސް ބައްދަލުވުމެއް ބޭއްވުމަށްޓަކާ އެމްޑީޕީ އާއި ވެސް އެނާ އާއި ވެސް ވާހަކަދެކެވިފައި ނުވާ ކަމަށެވެ. އަދި އެ ވާހަކަތަކަކީ އެމްޑީޕީން މީގެ ކުރިން މލއަޑުވެސް އަހާފައި ނުވާ ވާހަކަތަކެއް ކަމަށް ފައްޔާޒް ވަނީ ފާހަގަކުރައްވާފައެވެ. ނިހާދުގެ އެ ވާހަކަތަކަކީ ސިޔާސީ ބޭނުމެއްގައި ދައްކަން ހެޔޮވާވަރުގެ ވާހަކަތަކެއް ނޫންކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ނިހާދު ވަނީ ފައްޔާޒް އަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. ނިހާދު ވިދާޅުވީ މިކަމުގައި ބައިވެރިވަނީ ހަމަ ސީދާ ކަނޑައެޅިގެން މި ދިވެހިރާއްޖޭގެ އިގުތިސޯދު ފުނޑާލަން މީގެ ކުރީގައި ވެސް މަސަައްކަތް ކުރި އެމްޑީޕީގެ ލީޑަޝިޕްގެ (ފައްޔާޒް) ކަމަށާއި އެކަން ކުރަނީ ލޭބާ ޔޫނިއަންގެ އިތުރުން އެހެން ޔޫނިއަންތަކެއް ގުޅިގެން ކަމަށެވެ.

ނިހާދުގެ އެ ވާހަކަތަކާއި ގުޅިގެން އާއްމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށް ނިހާދު ވަނީ ސަސްޕެންޑްކޮށްފައެވެ. އެކަމަށް އިޝާރާތްކުރައްވާ ފައްޔާޒް ވިދާޅުވީ ނިހާދު ސަސްޕެންޑްކުރުމުން އެކަނި ނުފުދޭ ކަމަށެވެ. ސިޔާސީ ގޮތުން އެފަދަ ވާހަކަ އެއް ދެއްކުމުން ދޫކޮށްލައިގެން ނުވާނެ ކަމަށާއި އެ ވާހަކަތަކުގެ އަސްލު ހާމަކުރަން ޖެހޭނެ ކަަަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި އެ ވާހަކަތައް ސާބިތު ނުވާ ނަމަ ސަރުކާރުން ޖެހޭނީ ނިހާދު މަޤާމުގައި ހުރެގެން ނުވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ޓުއަރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކު އެފަދަ ވާހަކައެއް ދެއްކީމަ އަމުދުން ސީރިއަސް ސިފައެއްގައި އެ މައްސަލަ ބަލަން ވާނެ ކަމަށް ފައްޔާޒް ވަނީ ފާހަގަކުރައްވާފައެވެ.

ފައްޔާޒް ވަނީ ނިހާދުގެ ވާހަކައިގައި އެމްޑީޕީ އާއި މެދު ކުރެވޭ ތުހުމަތުތަކުގެ ވާހަކަ ގެނެސްފައި ވަނީ ދުވަހާއި ގަޑިތަކަކާއި އެކު ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެ ވާހަކަތައް ނިހާދު ދެއްކެވީ ކޮން މައުލޫމާތެއް ލިބިގެންކަން ސާފުކޮށްދޭން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. މިސަރުކާރުގެ އިސްވެރިންގެ ނެއެއްގާނީ ޢަމަލުތަކުގެ ސަބަބުން މިހާރުވެސް ޓުއަރިޒަމް އަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެގޮތުން ނިހާދުގެ އެ ވާހަކަތަކަކީ ދޮގެއް ކަމަށް ވިޔަސް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަަމަށް ފައްޔާޒް ވިދާޅުވިއެވެ. ޓުއަރިޒަމް ސިނާއަތަކީ ރާއްޖޭގައި ދިރުން ހުރި ހަމައެކަނި ސިނާއަތް ކަމަށާއި އެ ސިނާއަތަށް މިގޮތަށް ގެއްލުން ދީގެން ނުވާނެ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދުއެމްޑީޕީގެ ޗެއާޕަރސަން، ފައްޔާޒު އިސްމާއީލްޓުއަރިޒަމް އެމްވީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
ކުރަމުން މިދަނީ އެމްޑީޕީގެ ބްރޭންޑު ވަރުގަދަ ކުރުމުގެ މަސައްކަތް: ފައްޔާޟް

ކުރަމުން މިދަނީ އެމްޑީޕީގެ ބްރޭންޑު ވަރުގަދަ ކުރުމުގެ މަސައްކަތް: ފައްޔާޟް

02 އޯގަސްޓު 2025
ދެން ކުރަން އޮތް ކަމަކީ މިވެރިކަން ނިންމުން: ފައްޔާޒު

ދެން ކުރަން އޮތް ކަމަކީ މިވެރިކަން ނިންމުން: ފައްޔާޒު

28 ފެބުރުއަރީ 2025
އެމްޑީޕީއިން ''ހާޑު'' މުޒާހަރާއެއް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދާނީ މި ސަރުކާރުގެ އަމަލުތަކަށް ބެލުމަށްފަހު: ފައްޔާޒު

އެމްޑީޕީއިން ''ހާޑު'' މުޒާހަރާއެއް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދާނީ މި ސަރުކާރުގެ އަމަލުތަކަށް ބެލުމަށްފަހު: ފައްޔާޒު

03 ފެބުރުއަރީ 2025
އަނިޔާވެރިކަމުން ސަލާމަތްވުމަށް މި ޖެހެނީ އަބަދު ޕީޕީއެމް/ޕީއެންސީ ފިކުރާއި ތަޅާފޮޅަން - ފައްޔާޒް

އަނިޔާވެރިކަމުން ސަލާމަތްވުމަށް މި ޖެހެނީ އަބަދު ޕީޕީއެމް/ޕީއެންސީ ފިކުރާއި ތަޅާފޮޅަން - ފައްޔާޒް

01 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު