Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޕީއެލް ތެލުގެ ހިޔާނާތް

އެމްޕީއެލް ތެލުގެ ޚިޔާނާތް: ވަޒީފާއިން ވަކިކުރީ ގޯސްކޮށްކަމަށް ބުނެ ހުށަހެޅުމުން، ބަދަލުގެ ގޮތުގައި ލިބުނީ 1 ރުފިޔާ

21 އޯގަސްޓު 2023 | ހޯމަ 07:44

އެމްޕީއެލްއަށް ނުލިބޭ ތެލަކަށް ބިލްތަކެއް ހަދައި ފައިސާ ނަގާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 އޯގަސްޓު 2023 | ހޯމަ 07:44
ދިވެހިރާއްޖޭގެ ހައިކޯޓު

ދިވެހިރާއްޖޭގެ ހައިކޯޓު

ކޮވިޑް-19ގެ ފުރަބަންދުގައި އެމްޕީއެލްގެ ތެރޭގައި ހިނގާދިޔަ ތެލުގެ ވަގު ވިޔަފާރިއާ ގުޅިގެން ވަޒީފާއިން ވަކިކުރި މީހަކަށް ރަމްޒީ ބަދަލެއްގެ ގޮތުން 1 ރުފިޔާ ނަގައިދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފިއެވެ.

މި ހިޔާނަތް ހިންގާފައިވަނީ އެމްޕީއެލްގެ މުވައްޒަފުންނާއި، ސަރުކާރުގެ ތެޔޮ ކުންފުނި، ފިއުލް ސަޕްލައިގެ މުވައްޒަފުން ބައިވެރިވެގެންކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.

Advertisement - newsAdvertisement

މިމައްސަލަ ފެންމަތިވެފައިވަނީ ކޮވިޑް-19ގެ ފުރަބަންދުގައި ކުރެވުނު މަސައްކަތްތައް ބެލުމަށް ހިންގުނު އިންޓާރނަލް އޮޑިޓް ތަކުން ކަމަށް ވާއިރު މި އޮޑިޓްތަކުން ވަނީ އެމްޕީއެލްއަށް ނުލިބޭ ތެލަކަށް ބިލްތަކެއް ހަދައި ފައިސާ ނަގާފައިކަން ހާމަވެފައެވެ.

މި މައްސަލަ އާއި ގުޅިގެން އެމްޕީއެލްގެ އިންޓަރނަލް އިންވެސްޓިގޭޝަނެއްގެ އިތުރުން މިނިވަން އޮޑިޓަރެއްގެ ރިޕޯޓްތަކުން ލިބުނު މައުލޫމާތުގެ އަލީގައި މި ހިޔާނާތަކީ 2018 އިން ފެށިގެން އެކަން ހިނގަމުން އައި ކަމެއްކަން އެނގިފައިވާ ކަމަށާއި، އެ މުވައްޒަފުން މިހާރު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެމްޕީއެލްއިން އޭރު ބުނެފައިވެއެވެ.

އޭގެ ތެރެއިން މުވައްޒަފަކު ވަނީ ވަޒީފާއިން ވަކި ކުރުމުގައި އިޖުރާއަތްތައް ފުރިހަމަނުވާކަމަށް ބުނެ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައެވެ. އެ މައްސަލަ ނިމުނީ އޭނާއާ އެއްކޮޅަށެވެ.

ވުމާއެކު، އެމްޕީއެލްއިން އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ވަނީ އޭނާ ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ގޯހެއް އޮތް ކަމަށް ބުނެ އެކަށީގެން ނުވާ ބޮޑު ބަދަލެއް ނަގައިދިނުމަކީ އިންސާފެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެގޮތުން ބަދަލުގެ ގޮތުގައި ލައްކައަކަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ޓްރައިބިއުނަލްގެ ނިންމުމުގައިވެއެވެ.

ފަނޑިޔާރުން ވިދާޅުވީ، އިޖުރާއަތާ ހިލާފުވެފައިވާ ކަމަށް ބެލި ނަމަވެސް އޭނާއަށް އެކަމުގެ ސަބަބުން ސީދާ ލިބުނު ގެއްލުމެއް ނެތް ކަމަށެވެ.

އަދި އޭނާއަށް އަލުން ވަޒީފާ އިޔާދަކޮށްދިނުމަށް ޓްރައިބިއުނަލްއިން ނިންމި ނިންމުންވެސް ހައިކޯޓުން ވަނީ ބާތިލުކޮށްފައެވެ.

ވުމާއެކު، އިޖުރާއަތާ ޚިލާފުވެފައިވާތީ  ރަމްޒީ ބަދަލެއްގެ ގޮތުން އެއް ރުފިޔާ ނަގައިދޭން ފަނޑިޔާރުން ވަނީ ޙުކުމް ކުރައްވާފައެވެ. އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް އެމްޕީއެލްގެ މައްޗަށް ހައިކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

25 ފެބުރުއަރީ 2017
ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
20 ފެބުރުއަރީ 2017

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

20 ފެބުރުއަރީ 2017
ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި
07 ފެބުރުއަރީ 2017

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި
30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް