Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގެ ފަތުރުވެރިކަން

ރާއްޖެއަށް "އެޑިކްޓް" ވެފައިވާ ދެމަފިރިން!

މިއަދު ރާއްޖެއަށް އެހެން މީހުން "އެޑިކްޓް" ކުރުމަށް ޑީ ދަނީ މަސައްކަތް ކުރަމުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 21 އޯގަސްޓު 2023 | ހޯމަ 01:20
އޮސްޓްރޭލިއާގެ ދެމަފިރިން ކަމަށްވާ ޑީ ލެޗްނާ އާއި ޕޯލް ލެޗްނާ، މިއީ ތަކުރާރުކޮށް ރާއްޖެ އަންނަ ދެމަފިރިން

އޮސްޓްރޭލިއާގެ ދެމަފިރިން ކަމަށްވާ ޑީ ލެޗްނާ އާއި ޕޯލް ލެޗްނާ، މިއީ ތަކުރާރުކޮށް ރާއްޖެ އަންނަ ދެމަފިރިން

ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ މަގުބޫލުކަން އެތައް ގުނައެއް އިތުރުވެއްޖެއޭ ބުނުން ދޮގަކަށް ނުވާނެއެވެ. ޓީވީ ޝޯތަކާއި ސީރީޒްތަކާއި ފިލްމުތަކުގައި ވެސް ދައްކަނީ ރާއްޖޭގެ ރީތި ކަމުގެ ވާހަކައެވެ. ރާއްޖެއަކީ މުޅި ދުނިޔޭގައި ވެސް ފަތުރުވެރިކަމުގައި އެންމެ މަގުބޫލު އެއް މަންޒިލަށްވާއިރު ރާއްޖެއަކީ އެއްފަހަރު ޒިޔާރަތް ކޮށްލާފަދަ ޤައުމެއް ނޫންކަމަށް އެތައް ފަތުރުވެރިންނެއްް އިއްތިފާގުވެއެވެ. އެހެންވެ، އަހަރަކު ދެތިން ފަހަރު ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން ވެސް މިހާރު މަދެއް ނޫނެވެ. އޮސްޓްރޭލިއާގެ ދެމަފިރިން ކަމަށްވާ ޑަޔާން (ޑީ) ލެޗްނާ އާއި ޕޯލް ލެޗްނާ އަކީ ވެސް ރާއްޖެގޭ ރީތީ ކަމުގެ އަވައިގައި ޖެހިފައިވާ ދެމަފިރިންނެވެ.

ޑީ އާއި ޕޯލް އެންމެ ފުރަތަމަ ރާއްޖެއައީ 2008 ވަނަ އަހަރު ހަނީމޫނަށެވެ. ރާއްޖެއަށް އެ ކުރި ފުރަތަމަ ޒިޔާރަތް ޑީ ސިފަ ކުރަނީ "ލަވް އެޓް ފަސްޓް ސައިޓް" ނުވަތަ ފުރަތަމަ ނަޒަރުން ލޯބި ޖެހުނު ގޮތަށެވެ. އަދި ރާއްޖެއާއި އެ ދެމަފިރިންނާ އޮތް ގުޅުން އޭނާ ސިފަ ކުރަނީ އެންމެ ފުރިހަމަ ލޯބީގެ ވާހަކައެއްގެ ގޮތުގައެވެ. އެއަރޕޯޓުން ނުކުތުމާއެކު ރާއްޖެއަށް ދެވަނަ ދަތުރެއް ކުރަން ބޭނުންވި ކަމަށް ވެސް ޑީ ވަނީ ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނެފައެވެ. ރާއްޖެއަށް ޖެހުނު މި ލޯތްބާއެކު ޑީ އާއި ޕޯލް ރާއްޖެއަށް ތަކުރާރުކޮށް ދަތުރުތައް ކުރަން ފެށިއެވެ.

ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިއިރު ޑީ މަސައްކަތް ކުރަމުން އައީ އެޗްއާރު ދައިރާގައެވެ. ދަރިން ލިބި ދިރިއުޅުމަށް އައި ބަދަލާއެކު އޭނާ ބޭނުންވީ ވަޒީފާއިން ދުރަށް ޖެހިލައި އޭނާ ގަޔާވާ ކަހަލަ ކަމެއް ކުރުމަށެވެ. އެގޮތުން، އޭނާއާއެކު އޭރު މަސައްކަތް ކުރި މީހަކާ ދެމެދު ދެކެވުނު ވާހަކައެއްގެ ތެރެއިން އެންމެ ލޯބިވަނީ ކޯއްޗެއް ދެކެތޯ ސުވާލުކުރުމުން ޖަވާބުގައި ބުނެވުނީ ރާއްޖެ ކަމަށް ޑީ ބުންޏެވެ. ޑީގެ މި ލޯތްބާއެކު މިއަދު އޮސްޓްރޭލިއާގެ އެންމެ ކުރިއަރާފައިވާ ޑެސްޓިނޭޝަނަލް މެނޭޖްމަންޓް ކުންފުނި، "އެޑިކްޓެޑް ޓު މޯލްޑިވްސް" އުފެދިގެންދިޔައެވެ.

ޑީ އާއި ޕޯލް 2008 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދެތިން ފަހަރު ރާއްޖެއަށް ޒިޔާރަތް ކުރެއެވެ. ހަމަ ރާއްޖެއާ ދުރުގައި ނުތިބެވިގެންނެވެ. ރާއްޖެއަށް "އެޑިކްޓް" ވެފައިވާތީއެވެ. ޑީ އޭނާގެ ވިޔަފާރިއަށް "އެޑިކްޓެޑް ޓު މޯލްޑިވްސް" ގެ ނަމުން ނަން ދިނީވެސް މި ސަބަބާހުރެއެވެ.

ޑީއަށް އޭނާގެ މި ވިޔަފާރި ފަށަން ޚިޔާލު އައީ ރާއްޖެއަށް ދަތުރުތައް ޕްލޭން ކުރުމުގެ ތެރެއިންނެވެ. އެގޮތުން، އޮސްޓްރޭލިއާއިން ރާއްޖެއަށް ދަތުރު ޕްލޭން ކުރާއިރު އެހީތެރިވާން ރާއްޖެއާ ބެހޭ މައުލޫމާތު ހުރި މީހުން އެ ޤައުމުން ނުލިބޭކަން އޭނާ ފާހަގަކުރިއެވެ. އެހެންވެ، އެ އެހީތެރިޔާއަށް ވާން އޭނާ ނިންމިއެވެ. ރާއްޖޭގައި ހޭދަ ކުރާ ޗުއްޓީތަކުގައި ރާއްޖެއާ ބެހޭ ގޮތުންނާއި ދިވެހިންނާ ގުޅޭގޮތުން މައުލޫމާތު މުއްސަނދިކޮށް، އެންމެ ފަހުން އެދެމަފިރިންގެ ޓްރެވަލް އެޖެންޓުންނަށް ވެސް އެފަދަ މައުލޫމާތު ފޯރުކޮށްދޭން ޖެހުނީ ޑީއަށެވެ. ޑީ ބޭނުންވީ އޭނާއަށް ރާއްޖެއިން ފެނުނު ރީތިކަން އެހެން މީހުންނާ ވެސް ހިއްސާ ކުރާށެވެ. ޑީގެ އަމާޒަކަށްވީ ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރާ އެހެން މީހުންނަކީ ވެސް އެދެމަފިރިންނެކޭ އެއްގޮތަށް ރާއްޖެއަށް "އެޑިކްޓް" ވެފައިވާ ބަޔަކަށް ހެދުމެވެ.

"އެޑިކްޓެޑް ޓު މޯލްޑިވްސް" އަށް 8 އަހަރުވެފައިވާއިރު ޑީގެ އަމާޒު ވެސް ދަނީ ހާސިލް ކުރެވެމުންނެވެ. އޭނާގެ ޑެސްޓިނޭޝަނަލް މެނޭޖްމަންޓް ކުންފުނި މެދުވެރިކޮށް ދުނިޔޭގެ އެކި ޤައުމުތަކުން ރާއްޖެއަށް ތަކުރާރުކޮށް އަންނަ ފަތުރުވެރިން ދަނީ އިތުރުވަމުންނެވެ.

ޑީ އާއި ޕޯލް އަކީ ރާއްޖޭގެ ރީތިކަމުގެ އަވައިގައި ޖެހުނު ހަމައެކަނި މީހުންނެއް ނޫނެވެ. ރާއްޖެއަށް 100 އަށްވުރެ ގިނަ ފަހަރު ޒިޔާރަތް ކޮށްފައިވާ މީހުން ވެސް އެބަތިއްބެވެ. މިގޮތަށް ތަކުރާރުކޮށް ޒިޔާރަތް ކުރާ ކޮންމެ ފަތުރުވެރިއަކު ވެސް ބުނަނީ ރާއްޖެއަށް ކުރި ފުރަތަމަ ދަތުރާއެކު ހިތުން ޖާގައެއް ރާއްޖެއަށް ދެވިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ގުދުރަތީ ރީތިކަމަކީ ދުވަހަކު ވެސް ނުފެންނަ ފަދަ ރީތިކަމެއް ކަމަށާއި ރާއްޖެއިން ދާން ބޭނުން ނުވާ ކަމަށް ވެސް ބުނެއެވެ.

މިގޮތަށް ތަކުރާރުކޮށް އަންނަ ފަރާތްތަކަކީ ހަމައެކަނި ރިސޯޓުތަކުގައި ތިބެން ބޭނުންވާ މީހުންނެއް ވެސް ނޫނެވެ. މީހުން ދިރިއުޅޭ ރަށްތަކަށް ޒިޔާރަތްކޮށް، ދިވެހިންގެ ސަގާފަތާއި ކެއުމުގެ ކަންކަން ވެސް މި ފަތުރުވެރިން ތަޖުރިބާކުރެއެވެ. ދިވެހިންގެ ހިތްހެޔޮކަމާއި އެކުވެރިކަމަކީ ވެސް ވަރަށް ގިނަ ފަތުރުވެރިން ރާއްޖެއަށް ތަކުރާރުކޮށް އަންނަން ބޭނުންވާ ސަބަބެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ ކިޑްނީ ފެއިލްވެފައިވާ މަންމައެއް، އެދެނީ ދީލަތި އެހީތެރިކަމަށް

ދެ ކިޑްނީ ފެއިލްވެފައިވާ މަންމައެއް، އެދެނީ ދީލަތި އެހީތެރިކަމަށް

26 ޖެނުއަރީ 2018
ހިޓްލަރުގެ ތާރީޚުން އަދުގެ ދިވެހި ރާއްޖެއަށް އެތައް ފިލާވަޅުތަކެއް

ހިޓްލަރުގެ ތާރީޚުން އަދުގެ ދިވެހި ރާއްޖެއަށް އެތައް ފިލާވަޅުތަކެއް

25 ޖެނުއަރީ 2018
ރައީސް ޔާމީންގެ ފެއިލްވެފައިވާ ބޯހިޔާވަހިކަމުގެ ވައުދު

ރައީސް ޔާމީންގެ ފެއިލްވެފައިވާ ބޯހިޔާވަހިކަމުގެ ވައުދު

16 ޖެނުއަރީ 2018
2017 ގައި ރާއްޖެއަށް "ޑިސެމްބަރު" ނާދޭ، އައިނަމަ "ފިނި މޫސުން" އަންނާނެ!

2017 ގައި ރާއްޖެއަށް "ޑިސެމްބަރު" ނާދޭ، އައިނަމަ "ފިނި މޫސުން" އަންނާނެ!

01 ޖެނުއަރީ 2018
ޕެރަމެޑިކްސް ދާއިރާ: ރާއްޖެއަށް ވަރަށް މުހިއްމު ދާއިރާއެއް

ޕެރަމެޑިކްސް ދާއިރާ: ރާއްޖެއަށް ވަރަށް މުހިއްމު ދާއިރާއެއް

12 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު