Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2023

"ބައެއް ބޭފުޅުން ވެރިކަމަށް ކުރިމަތިލައްވައިގެން އުޅުއްވަނީ ދެވަނަ ބުރަކަށް ހިނގައްޖެނަމަ ކޮންމެވެސް ޕޯޝަނެއް ހޯއްދެވުމަށް"

20 އޯގަސްޓު 2023 | އާދީއްތަ 17:08

ސަމީރު ވިދާޅުވީ، އިންތިޚާބުގައި ރަނގަޅު ސިޔާސަތުތަކަކާއެކު ރަނގަޅު ޕްލޭނެއް އޮވެގެން ރައްޔިތުންނާ ހަމައަށް ވަޑައިގަންނަވާ ހަމައެކަނި ބޭފުޅަކީ ރައީސްކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 20 އޯގަސްޓު 2023 | އާދީއްތަ 17:08
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު، އަހުމަދު ސަމީރު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު، އަހުމަދު ސަމީރު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ބައެއް ބޭފުޅުން ވެރިކަމަށް ކުރިމަތިލައްވައިގެން އުޅުއްވަނީ ދެވަނަ ބުރަކަށް ހިނގައްޖެނަމަ ކޮންމެވެސް ޕޯޝަނެއް ހޯއްދެވުމަށް ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ސަމީރު ވަނީ، ރިޔާސީ އިންތިޚާބުގައި ރަނގަޅު ސިޔާސަތުތަކަކާއެކު ރަނގަޅު ޕްލޭނެއް އޮވެގެން ރައްޔިތުންނާ ހަމައަށް ވަޑައިގަންނަވާ ހަމައެކަނި ބޭފުޅަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ކަމަށް ވިދާޅުވެފަައެވެ. ބައެއް ބޭފުޅުން ރައްޔިތުންނާމެދު ނުރުހުންވެވަޑައިގެން، ރައްޔިތުންނަށް އެއްޗެއްހި ވިދާޅުވާކަމަށާއި، އެވަރުގެ ބޭބޭފުޅުންނަށް، ރައްޔިތުންނަށް ކަމެއް ކޮށްނުދެއްވޭނެ ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޯލިޝަނުގެ ދަހިވެތިކަމުގައި އެކަނި ވެރިކަމަށް ކުރިމަތިލެއްވި ބޭފުޅުންވެސް ތިއްބެވިކަމަށް ސަމީރު ވިދާޅުވިއެވެެ. އެފަދަ ބޭބޭފުޅުން މަސައްކަތްކުރައްވަނީ އަމިއްލަ އެދުމައިގެން ކަަމަށް ސަމީރު ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ސަމީރު ވަނީ، ވެރިކަަމަށް ވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ރައީސް ސާލިހު ފިޔަވައި އިޚުލާސްތެރިކަމާއެކު މަސައްކަތްކުރައްވާ ބޭފުޅެއް ނެތްކަމަށް ވިދާޅުވެފައެވެ. ވެރިކަމަށް ކުރިމަތިލައްވައިގެން ތިއްބެވި ބައެއް ބޭފުޅުން މަސައްކަތްކުރައްވަނީ އެ ބޭފުޅާއަކީ އެހެން މީހެއްކަމަށް ދެއްކުމަށް ކަމަށާއި، އެއްވެސް ކަހަލަ އަމިއްލަފުޅު ސިޔާސަތެއް ނެތްކަމަށް ސަމީރު ވަނީ ވިދާޅުވެފައެވެ. ސަމީރު ވިދާޅުވީ އެ ބޭފުޅުން ވެރިކަން ކުރައްވާނެ ކަމަށް ވިދާޅުވަނީ އެހެން ބޭފުޅުންގެ ސިޔާސަތުތަކަށް ކަމަށާއި، އަނެއްބައި ބޭފުޅުން ވެރިކަމަށް ކުރިމަތިލެއްވީ ވަކި ބޭފުޅަކު ޖަލުން މިނިވަން ކުރެއްވުމަށްޓަކައި ކަމަށް ވިދާޅުވާކަމަށެވެ. އެހެންކަމުން އެ ބޭފުޅުންގެ ފަރާތުން ރައްޔިތުންނަށް ވާނެ ފައިދާއަކީ ކޮބައިތޯ ސަމީރު ސުވާލު އުފެއްދެވިއެވެ. އަމިއްލަފުޅު މެނިފެސްޓޯއެއް ނެތި ރައްޔިތުންނަށް ކަންކަން ކޮށްނުދެއްވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއާ ޚިލާފަށް، ރައްޔިތުންގެ ތަރައްގީއާއި ރައްޔިތުންނާ ގުޅުންހުރި ވާހަކަތައް ދައްކަވާ ބޭފުޅަކީ ރައީސް ސާލިހު ކަމަށާއި، އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭންޖެހެނީ އެހެންވެގެން ކަަމަށް ސަމީރު ވިދާޅުވިއެވެ. ސަމީރު ވިދާޅުވީ ރާއްޖޭގައި ހަމަޖެހުން ގާއިމްކޮށްދެއްވަން ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާކަމަށް ބައެއް ބޭފުޅުން ވިދާޅުވާކަަމަށެވެ. އެހެންނަމަވެސް މިއަށްވުރެ ބޮޑަށް ރާއްޖޭގައި ހަމަޖެހުން އޮތް ޒަމާނެއް ރާއްޖެ ދެކެފައި ނުވާކަމަށް ސަމީރު ވިދާޅުވިއެވެ. އަދި ބައެއް ބޭފުޅުން ވެރިކަމަށް ވަޑައިގެން، ކޮށްދެއްވާނެ ކަމަށް ވިދާޅުވާ ކަންކަމަކީ މިހާރު ކޮށްފައިވާ، އަދި ކުރަމުންދާ ކަންކަން ކަމަށްވެސް ސަމީރު ވިދާޅުވިއެވެ. އެހެންކަމުން، ވެރިކަމަށް ކުރިމަތިލެއްވުމުގެ ކުރިން ރަނގަޅު މައުލޫމާތުވެސް ބައެއް ބޭފުޅުން ހޯއްދަވާފައި ނުވާކަން އެނގޭކަމަށް ސަމީރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ

20 ފެބުރުއަރީ 2017
 ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ
19 ފެބުރުއަރީ 2017

މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި

19 ފެބުރުއަރީ 2017
މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި
18 ފެބުރުއަރީ 2017

ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނުގެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފި

18 ފެބުރުއަރީ 2017
ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނުގެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފި
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
13 ފެބުރުއަރީ 2017

ރައީސް ނަޝީދު މިނިވަންކުރަންޖެހޭތީ ރައީސް ޔާމީން އުޅުއްވަނީ ބިރުން: މެމްބަރު ނާޒިމް

13 ފެބުރުއަރީ 2017
ރައީސް ނަޝީދު މިނިވަންކުރަންޖެހޭތީ ރައީސް ޔާމީން އުޅުއްވަނީ ބިރުން: މެމްބަރު ނާޒިމް
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް