Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހަކުރު ބަލި

ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީގެ %76 މީހުން ހަކުރު ބައްޔަށް ހުށަހެޅިދާނެ ކަމުގެ ބިރު އެބައޮތް

ޑައިބެޓީސް ސޮސައިޓީގެ ކްލިނިކްގައި ރަޖިސްޓްރީވެފައިވާ 2000 މީހުންގެ ތެރެއިން 200ށްވުރެ ގިނައީ ޓައިޕް-1ގައި ފަރުވާ ހޯދަމުންދާ ކުޑަކުދިން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 20 އޯގަސްޓު 2023 | އާދީއްތަ 18:16
ހަކުރު ބައްޔަށް ޓެސްޓުކުރަނީ

ހަކުރު ބައްޔަށް ޓެސްޓުކުރަނީ

''އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީގެ 77 އިންސައްތަ މީހުން ހަކުރު ބައްޔަށް ހުށަހެޅުމުގެ ބިރު އެބައޮތް'' މިއީ ޑައިބެޓީސް ސޮސައިޓީ މޯލްޑިވްސްގައި މަސައްކަތްކުރައްވާ ޑރ. އާމިނަތު މަލްހާ ސައީދު، ރާއްޖޭގައި ހަކުރު ބަލި އޮތް މިންވަރު ހާމަކޮށްދެއްވި ގޮތެވެ.

ހަކުރު ބައްޔަކީ ލޭގައި ހަކުރު އެކުލެވޭ މިންވަރު މަތިވުމުގެ ސަބަބުންޖެހޭ ބައްޔެކެވެ. ހަކުރު ބަލީގެ އެކި ވައްތަރުތަކަށް ބަލާއިރު، ފުރަތަމަ ވައްތަރު ޓައިޕް-1 (ކުޑަކުދިންނާ ޒުވާނުންނަށްޖެހޭ ހަކުރު ބަލި)، ދެވަނަ ވައްތަރު ޓައިޕް-2 (ބޮޑެތި މީހުންނަށްޖެހޭ ހަކުރު ބަލި) އަދި ބަލިވެއިނުމުން ކުރިމަތިވާ ހަކުރު ބަލި ފާހަގަކުރެވެއެވެ.

ޓައިޕް-1ގައި ހަށިގަނޑުން އިންސިއުލިން އުފެއްދުން ދަށްވެގެންދަނީއެވެ. ނުވަތަ އުފައްދައިނުދެނީއެވެ. ޓައިޕް-2 ޑައިބިޓީސް ޗިސްމޭން އިންސިއުލިން ކޮންމެވެސް ވަރަކަށް އުފައްދަމުން ދެއެވެ. ނަމަވެސް އިންސިއުލިންގެ އަސަރު ފުރިހަމަ ގޮތުގައި ގުނަވަންތަކަކަށް ނުކުރެއެވެ. މީގެ އިތުރުން، މާބަނޑުވުމާ ގުޅިގެން ކުރިމަތިވާ ހަކުރުބައްޔަށް، ބަލިވެ އިންނަ ކޮންމެ އަންހެނަކުމެ ޓެސްޓްކުރުމަކީ ބޭނުންތެރި ކަމެކެވެ. އެެހެނީ ހަކުރުބަލީގެ ސަބަބުން ކުރިމަތިވާ އުދަގޫތައް ނުފެނި، ނުވަތަ ހަކުރުބަލި މެދުވެރިވުމަށް މަގުފަހިކޮށްދޭ ކަމެއް ކުރިމަތިނުވާ ހާލުގައިވެސް މާބަނޑުވުމުން ހަކުރުބަލީގެ މައްސަަަލަ ކުރިމަތިވެއެވެ. މާބަނޑުވުމާ ގުޅިގެން ކުރިމަތިވާ ހަކުރު ބަލީގެ އުނދަގޫ ވިހެއުމަށްފަހު ފިލައިދެއެވެ. ހަކުރު ބައްޔަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫނެވެ. ނަމަވެސް މިބަލީގެ ބިރު މިވަނީ ރާއްޖޭގައި ބޮޑުވެފައެވެ.

ދިރިއުޅުމުގެ ވައްޓަފާޅީގައި ގެންގުޅޭ ގޯސް އާދަތަކުން ކުރާ އަސަރު އެންމެ ބޮޑަށް ފެންނަނީ ސިއްހީ ދާއިރާއާ ގުޅޭ ތަފާސްހިސާބުތަކުންނެވެ. އެގޮތުން ޑައިބެޓީސް ސޮސައިޓީން ދުނިޔޭގެ ހަކުރު ބަލީގެ ދުވަހާ ގުޅިގެން 2022 ވަނަ އަހަރު މުޅި ރާއްޖޭގައި ހިންގި ސްކްރީނިންގ ޕްރޮގްރާމްގެ ތަފާސްހިސާބު ދައްކާގޮތުން، އެކަށީގެންވާ މަސައްކަތެއް ނުކުރެވިއްޖެނަމަ، ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީގެ 77 އިންސައްތަ މީހުން ހަކުރު ބަލީގެ މީހުންނަށް ވާނެއެވެ.

ޑރ. މަލްހާ ރާއްޖެޓީވީގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، 2022 ވަނަ އަހަރު 16 އަހަރުން މަތީގެ އާބާދީއަށް ހުޅުވާލައިގެން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހަކުރު ބައްޔަށް ސްކްރީނިންގ ޕްރޮގްރާމް ކުރިއަށް ގެންދިޔަ ކަމަށެވެ. ނަތީޖާ ދައްކާ ގޮތުން މިހާރުގެ އާބާދީގެ 12 އިންސައްތަ މީހުންނަކީ ހަކުރު ބަލީގެ މީހުންނެވެ. ހަކުރު ބަލިނެތް ކަމަށް ބުނެ ޓެސްޓު ހެދި 11 އިންސައްތަ މީހުންގެ ހަކުރު ބަލި ހުރިކަމަށް ފާހަގަކުރެވުނު ކަމަށާއި، އިތުރު ޓެސްޓުތައް ހެދުމަށް އިރުޝާދު ދެވުނު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ތަފާސްހިސާބުތަކާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި، ދިވެހިންގެ އާދަކާދައާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ވަރަށް ބޮޑަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

ޑައިބެޓީސް ސޮސައިޓީގެ ކްލިނިކްގައި ރަޖިސްޓްރީވެފައިވާ 2000 މީހުންގެ ތެރެއިން 200ށްވުރެ ގިނައީ ޓައިޕް-1ގައި ފަރުވާ ހޯދަމުންދާ ކުޑަކުދިންނެވެ. ޓައިޕް-1ގައި ފަރުވާ ހޯދާ ކުދިން ދުވާލަކު ހަ ފަހަރު ހަކުރު ޗެކް ކުރަންޖެހެއެވެ. ދުވާލަކު ހަތަރު ފަހަރު އިންސިއުލިން ނަގަންޖެހެއެވެ. މިއީ ފަރުވާ ކުޑަ ކުރެވޭނެ ބައްޔެއް ނޫނެއެވެ. މި ބައްޔަށް ހުށަހެޅުމުގެ ކުރިން ވެސް ބަލި ދެނެގަނެވިއްޖެނަމަ، ދިރިއުޅުމުގެ އާދަކާދައަށް ގެނެވޭ ބަދަލާއެކު ކޮންޓްރޯލް ކުރުމުގެ ފުރުސަތު އެބައޮތެވެ. ހަކުރު ބަލި ޖެހި، އެކަށީގެންވާ ފަރުވާ ނުލިބިއްޖެނަމަ ލޮލުގެ ފެނުމަށް އަސަރުކުރުމާއި ލޮލުގެ ޕްރެޝަރު މަތިވުމާއި ލޮލުގެ އެކި ބައިތަކަކަށް އަސަރުކޮށް ފެނުމަށް އެކަމުގެ ނޭދެވޭ އަސަރުކުރެއެވެ. ހަކުރު ބަލި ރަނގަޅު ނުވެއްޖެނަމަ ނާރުތަކަށްވެސް ގެއްލުންވުމުގެ ފުރުސަތު އެބައޮތެވެ. މީގެ އިތުރުންވެސް ސިއްހީ އެކިއެކި މައްސަލަތައް ހަކުރު ބައްޔާއެކު ދިމާވެއެވެ.

މިއީ ގައިން ގަޔަށް ނާރާ ބައްޔަކަށް ވީނަމަވެސް، މިއަދު ހަކުރު ބައްޔާމެދު ދިވެހިން ސަމާލުވާން އެބަޖެހެއެވެ. އެގޮތުން ޑައިބެޓީސް ސޮސައިޓީގެ ފަރާތުން ދަނީ މުޅި ރާއްޖޭގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ. މި ޕްރޮގްރާމްތަކާއެކު، ބައްޔަށް ފަރުވާ ހޯދާ މީހުންނަށްވެސް ހިތްވަރުދިނުމާއި، ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް އުންމީދު ގެނެސްދެއެވެ. މިއަދު މި މުޖުތަމައުގައި ހަކުރުބަލީގެ މީހުންވެސް ދަނީ އެހެން މީހުންނެކޭ އެއްފަދައިން މުޖުތަމައުގައި ހަރަކާތްތެރިވަމުންނެވެ.

ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި އިތުރުވެފައިވާ މިންވަރަށް ބަލާއިރު، ތަފާސް ހިސާބުތަކުން ދައްކާގޮތުން، އަހަރެއްގެ މައްޗަށް މަރުވާ މީހުންގެ ނިސްބަތުން ގާތްގަނޑަކަށް 85 އިންސައްތަ މީހުން މަރުވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުންނެވެ. އޭގެ ތެރެއިން އެންމެ ފާހަގަކުރެވެނީ ކެންސަރާއި ހަކުރު ބައްޔާއި ހާޓް އެޓޭކާއި ސްޓްރޯކް އަދި ފުއްޕާމޭގެ ބަލިތަކެވެ. ހަކުރު ބައްޔަކީ ޖެހުމަށްފަހު އިތުރު ނުރައްކާތައް ކުރިމަތިވުމުގެ ފުރުސަތު އޮންނަ ބައްޔެކެވެ. ޑައިބެޓީސް ސޮސައިޓީން މައުލޫމާތު ދޭގޮތުގައި ބޮޑަށް ހަކުރު ބައްޔަށް ހުށަހެޅިގެންދަނީ ކަސްރަތާ ދުރުވެ، ކެއުންބުއިމުގެ އާދަކާދަ ގެންގުޅެވޭ ގޮތުންނެވެ. މިގޮތުން 16 އަހަރާއި 25 އަހަރުގެ ޒުވާނުންގެ އެނަރޖީ ޑްރިކްސް ވަރަށް ގިނައިން ބޯކަން ޑައިބެޓީސް ސޮސައިޓީން ފާހަގަކޮށްފައިވެއެވެ. އަދި މިއުމުރުފުރައަކީ ރަނގަޅު ސިއްހަތެއްގައި ހުރުމަށާއި، ހަށިގަނޑު ބައްޓަންކުރަން ކުރުމަށް އެންމެ ރަނގަޅަށް މަސައްކަތް ކުރަންޖެހޭ އުމުރުފުރައެވެ. ނަމަވެސް ބޮޑެތިވަމުންދާ ކުދިންނާއި، ޒުވާނުންގެ ކެއިންބުއިމަށް މި ގެންނަ ނުރަނގަޅު ބަދަލުތަކުން ސަލާމަތްކުރުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަންޖެހެއެވެ. ބެލެނިވެރިން ސަމާލުވާންޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!

ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!

20 ޖޫން 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
 ހުސްގަޔާ ރުކަށް އަރާއޮތް ރާވެރިބެ ކޯޓް ފަޓްލޫނުގައި ކައުންސިލަށް!

ހުސްގަޔާ ރުކަށް އަރާއޮތް ރާވެރިބެ ކޯޓް ފަޓްލޫނުގައި ކައުންސިލަށް!

05 ޖޫން 2017
އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟

އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟

31 މެއި 2017
ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!

ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!

11 އެޕްރީލު 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު