Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބްރެޒިލް-ކިއުބާ

ބްރެޒިލް އިން ކިއުބާއާއެކު ވިޔަފާރި އަދި ސިޔާސީ ގުޅުން އަލުން ބަދަހިކުރަނީ

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބްރެޒިލް އިން ދަނީ އެގައުމާއި ކިއުބާ އާ ދެމެދު އޮތް ގުޅުން އަލުން ވަރުގަދަ ކުރުމަށް މަސައްކަތްކުރަމުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 20 އޯގަސްޓު 2023 | އާދީއްތަ 04:02
ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ އަދި ކިއުބާގެ ރައީސް މިގުއެލް ޑިއޭޒް ކަނެލް

ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ އަދި ކިއުބާގެ ރައީސް މިގުއެލް ޑިއޭޒް ކަނެލް

ބްރެޒިލް އިން ކިއުބާއާއެކު ވިޔަފާރި އަދި ސިޔާސީ ގުޅުން އަލުން ބަދަހިކުރަން ނިންމާފައިވާކަމަށް އެގައުމުގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާގެ އަރިސް ބޭފުޅަކު ހާމަކުރައްވައިފިއެވެ.

ބްރެޒިލް ސަރުކާރުގެ އިސް އޮފިޝަލަކު މިހެން ވިދާޅުވެފައި މިވަނީ ހުކުރު ދުވަހު، ހަވާނާގައި ކުރިއަށްގެންދެވުނު ބްރެޒިލްގެ ރައީސް އާއި ކިއުބާގެ ރައީސް މިގުއެލް ޑިއޭޒް ކަނެލްގެ ބައްދަލުކުރެއްވުމަށްފަހުއެވެ.

މީގެ ކުރިން 2003ން 2016ށް، ބްރެޒިލްގެ ވެރިކަމުގައި ލޫލާ ހުންނެވި އިރުވެސް ބްރެޒިލް އާއި ކިއުބާ އާ ދެމެދު އޮތް ގުޅުން ވަރަށް ވަރުގަދައެވެ. ނަމަވެސް 2019 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޖެއަރ ބޮލްސޮނާރޯގެ ވެރިކަމުގައި ބްރެޒިލް އާއި ކިއުބާގެ ގުޅުމަށް ވަނީ ހީނަރުކަން އައިސްފައެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބްރެޒިލް އިން ދަނީ އެގައުމާއި ކިއުބާ އާ ދެމެދު އޮތް ގުޅުން އަލުން ވަރުގަދަ ކުރުމަށް މަސައްކަތްކުރަމުންނެވެ.

ހަވާނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބްރެޒިލްގެ ރައީސްގެ އެޑްވައިޒަރު ސެލްސޯ އަމޮރިމް ވަނީ ބްރެޒިލް އާއި ކިއުބާއާ ދެމެދު އޮތް ރަހުމަތްތެރިކަމަކީ ފާހަގަކޮށްލެވޭފަދަ އެކުވެރިކަމަކަށް ހެދުމަށް މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފައެވެ. މިއީ ސަރަހައްދުގެ ސުލްހަޔަށާއި އިގުތިސާދީ ކުރިއެރުމަށް މުހިންމު ފިޔަވަޅެއްކަމަށްވެސް ބްރެޒިލްގެ ރައީސްގެ އެޑްވައިޒަރު ވަނީ ސިފަކުރައްވާފައެވެ.

މީގެ އިތުރުން، ބްރެޒިލްގެ ސިއްހީ ތަޖުރިބާކާރުންނާއި ދަނޑުވެރިކަމުގެ ދާއިރާގެ މަންދޫބުން ވަރަށް އަވަހަށް ކިއުބާއަށް ދަތުރުކުރާނެ ކަމަށްވެސް އަމޮރިމް ވަނީ ވިދާޅުވެފައެވެ.

ކިއުބާއަކީ ބްރެޒިލްގެ އެކި ސަރަހައްދުތަކުގައި މަސައްކަތްކުރުމަށް، ބިދޭސީ ޑޮކްޓަރުން ރެކްރޫޓް ކުރުމަށް 2013 ވަނަ އަހަރު ބްރެޒިލުން ފެށި 'މޯރ ޑޮކްޓަރސް ޕްރޮގްރާމް'ގައި ބޮޑު ސަމާލުކަމެއްދޭ ގައުމެކެވެ. މިޕްރޮގްރާމް އަކީ ބޮލްސޮނާރޯއާ އަށް ކަމުދިޔަ ޕްރޮގްރާމަކަށް ނުވުން، އެމަނިކިފާނުގެ ވެރިކަމުގައި މި ޕްރޮގްރާމް ވަނީ ހުއްޓާލައިފައެވެ. މިއާއެކު ކިއުބާގެ ސަރުކާރާއެކު އޮތް ގުޅުމަށް ނުތަނަވަސްކަން މެދުވެރިވިއެވެ.

މިއަހަރުގެ ޖޫން މަހު ޕެރިސްގައި ކުރިއަށްދިޔަ ނިއު ގްލޯބަލް ފައިނޭންސިން ޕެކްޓް ސަމިޓްގެ ހަވާސާ ގައިވެސް ބްރެޒިލްގެ ރައީސް އާއި ކިއުބާގެ ރައީސް ވަނީ ބައްދަލުކުރައްވާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ކޯޓަށް ހާޒިރުކޮށްފި

ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ކޯޓަށް ހާޒިރުކޮށްފި

11 މެއި 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017
ބްރެޒިލްގައި އުފައްދާ އެއްގަމު މަސްް އެތެރެކުރުން ހޮންގކޮންގ އިންވެސް ހުއްޓާލައިފި

ބްރެޒިލްގައި އުފައްދާ އެއްގަމު މަސްް އެތެރެކުރުން ހޮންގކޮންގ އިންވެސް ހުއްޓާލައިފި

22 މާރިޗު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017
ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

15 މާރިޗު 2017

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު