Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އަފްޣާނު ހިޖުރަވެރިއެއްގެ ވާހަކަ

"ލޯ ކުރިމަތިން މަރު ސިފަވެގެން ދިޔައިރު، އެންމެ ފުރަތަމަ ހަނދާންވީ މައިންބަފައިން މަތިން"

ދަތުރުކުރަމުން ދިޔަ ކުޑަކުޑަ ބޯޓު ބަންޑުން ޖަހާލުމާއެކު، އެއީ މި ދުނިޔެ މައްޗަށް އޭނާ ނޭވާލާނެ އެންމެ ފަހު ވަގުތުތައް ކަމުގައި އިދުރީސް ގަބޫލުކުރި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 19 އޯގަސްޓު 2023 | ހޮނިހިރު 15:57
"ލޯ ކުރިމަތިން މަރު ސިފަވެގެން ދިޔައިރު، އެންމެ ފުރަތަމަ ހަނދާންވީ މައިންބަފައިން މަތިން"

"ލޯ ކުރިމަތިން މަރު ސިފަވެގެން ދިޔައިރު، އެންމެ ފުރަތަމަ ހަނދާންވީ މައިންބަފައިން މަތިން"

ފަރަންސޭސިވިލާތުން ފުރައިގެން އިންގްލަންޑްއަށް ދަތުރު ކުރަމުން ދަނިކޮށް، އެ ދެމުގައި އޮންނަ ކަނޑުއޮޅިއަށް ބޯޓު ބަންޑުން ޖަހާލުމާއެކު، އިދުރީސް، 22އ އަށް ހަތަރު އުދަރެސް ފެނުޖެހުނު ކަމުގެ އިހުސާސް ކުރެވުނެވެ. އޭނާއާއި އަދިވެސް އިތުރު ބަޔަކު އަރުވައިގެން ދަތުރުކުރަމުން ދިޔަ ކުޑަކުޑަ ބޯޓު ބަންޑުން ޖަހާލުމާއެކު، އެއީ މި ދުނިޔެ މައްޗަށް އޭނާ ނޭވާލާނެ އެންމެ ފަހު ވަގުތުތައް ކަމުގައި އިދުރީސް ގަބޫލުކުރިއެވެ.

ނަމަވެސް، ހިނދުކޮޅެއްގެ ތެރޭގައި އެ ފިކުރުތަކުން އޭނާ ނެރެދިނީ އުފަން ވަޒަނުގައި ތިބި އޭނާގެ މައިންބަފައިންގެ ހަނދާންތަކެވެ. ފުރާނަ އަތް މައްޗަށް ލައިގެން ދަތުރު ފެށީ، އެ އާއިލާއަށް އުޖާލާ މުސްތަގުބަލެއް ހޯދައިދިނުމުގެ ވަރުގަދަ އަޒުމުގައިކަން ހަނދާންވި ހިސާބުންނެވެ. މާ ސިންގާ ކަނޑުގެ އަޑިއަށް ޣަރަގުނުވެ، ފެންމަތީގައި އޮވެވޭތޯ މަސައްކަތް ކުރުމަށް އިދުރީސްއަށް ލިބުނު ހިތްވަރަކަށް ވީ އެކަމެވެ.

އޯގަސްޓް 12 ވަނަ ދުވަހު ބޯޓު ފެތުނު ހާދިސާގައި 6 މީހުން ވަނީ މި ދުނިޔެއާ ވަކިވެ ގޮސްފައެވެ. ހާދިސާއިން ސަލާމަތްވި މީހުންގެ އަދަދު 60ށްވުރެ މައްޗަށް އަރައެވެ. އޭގެތެރޭގައި ގިނައީ، އިދުރީސްފަދަ އަފްޣާން ރައްޔިތުންނެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވީ ފަރަންސޭސި އަދި އިނގިރޭސި ރެސްކިއު ޓީމުތަކުންނެވެ. ސަލާމަތްވި މީހުންގެ ތެރޭގައި އިދުރީސާއި، އުމުރުން 15 އަހަރުގެ ފަވާޒުވެސް ހިމެނެއެވެ.

ހާދިސާގެ 4 ދުވަސް ފަހުން ކަލެއިސްގައި ތިބެ، އިދުރީސާއި ފަވާޒް ދިޔައީ އެމީހުންގެ ތަޖުރިބާތައް މީޑިއާއާ ހިއްސާ ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ފުރަތަމަ ވާހަކަ ފެށީ އިދުރީސެވެ.

އިދުރީސް ކިޔައިދިން ގޮތުން، ބޯޓުގެ އިންޖީނު ހަލާކުވެ، ބޯޓަށް ފެން އަރައި، ދިޔަވާން ފެށީއެވެ. ބޯޓުގައި ތިބި ފަސިންޖަރުންގެ އަދަދު، ކެޕޭސިޓީއަށްވުރެ ބޮޑުތަނުން އިތުރު ކަމަށްވެސް އޭނާ ބުންޏެވެ. ރާޅު ބާނިތަކުގައި ހުރި އޮއިވެސް ފިސާރި ގަދަކަމަށާއި، އިސާހިތަކު ބޯޓު ދެފަޅިވި ކަމަށް އިދުރީސް ބުންޏެވެ.

ބޯޓު ބަންޑުން ޖަހާލައި އެންމެން ކަނޑުވުމާއެކު، ފުރާނަ ސަލާމަތް ކުރުމަށްޓަކައި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދިޔަކަމަށް އިދުރީސް ކިޔައިދިނެވެ. ބޯޓުގެ އެކިއެކި ބައިތަކުގައި ހިފަހައްޓައިގެން ފެންމަތީގައި ސަލާމަތުން އޮތުމަށް މަސައްކަތްކުރީ، އެކި ފަހަރު އެކި މީހުންނަށް ފުރުސަތު ދީގެންނެވެ. ބޯޓުގެ ބައެއްގައި ހިފަހައްޓާލައިގެން އޮންނަން ނުލިބޭ ވަގުތުތައް ހޭދަކުރީ ހާދިސާ ހިނގި ސަރަހައްދާ މާ ދުރަށް ނުދާ ގޮތަށް، ފެނުތެރޭގައި ފަތަފަތައި އޮވެގެންނެވެ. ވަރުބަލި ފިލުވާލަނީ ބޯޓުގެ ބައެއްގައި ހިފަހައްޓާލަން ލިބޭ ފުރުސަތުގައެވެ.

ފަރަންސޭސިވިލާތާ އިނގިރޭސިވިލާތާ ދެމެދު އޮންނަ ކަނޑުއޮޅިއަކީ މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް އެންމެ ކާރޫބާރޫ ބޮޑު ޝިޕިންގްލޭންތަކުގެ ތެރެއިން އެއް ލޭނެވެ. އިންތިހާއަށް އޮއިގަދަ ސަރަހައްދެއްވެސް މެއެވެ. ކުދި ބޯޓުތަކުގައި އެ ސަރަހައްދުން ދަތުރުކޮށް އުޅުމަކީ އިންތިހާއަށް ނުރައްކާ ކަމެކެވެ.

ނަމަވެސް އިންސާނީ ވަގުފާރިކުރާ މީހުންނާއި ވަގަށް މީހުން އެތެރެ ކުރުމުގެ މަސައްކަތުގައި އުޅޭ ފަރާތްތަކުން، ކުދިކުދި ޑިންގީތަކަށް މީހުން އަރުވައިގެން އެ ސަރަހައްދުން ދަތުރުކުރުވައެވެ. ފެނުން މަތީގައި ޑިންގީ ކިރިޔަކިރިޔައި އޮންނަ ފަހަރުވެސް އާދެއެވެ. އިނގިރޭސިވިލާތުގެ ގޮނޑުދޮށަށް ބީއްސާލެވުމުގެ ކުރިން، ހަމަ ކޮންމެ ފަދަ ވަގުތެއްގައިވެސް ބޯޓު ބަންޑުން ޖަހާލާފާނެ ކަމުގެ ބިރު ތާއަބަދު އޮންނަ ހާލުގައެވެ.

އޯގަސްޓް 12 ވަނަ ދުވަހުގެ ހާދިސާގައި 6 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު، އެ މައްސަލާގައި 4 މީހަކާ ސުވާލުކޮށް، ރަސްމީ ތަހުގީގުތައް ފަށާފައި ވާކަމަށް މައުލޫމާތު ލިބެއެވެ. އެއީ ވަގަށް މީހުން އެތެރެކުރުމުގެ މަސައްކަތުގައި އިސްވެ އުޅޭކަމަށް ތުހުމަތުކުރެވޭ އިރާގު 2 މީހަކާއި އެ 2 މީހުންނަށް އެހީވި ކަމަށް ތުހުމަތު ކުރެވޭ ސޫދާނު 2 މީހެކެވެ.

މަރުގެ ތުންފަތް މައްޗަށް ވެއްޓުމަށްފަހުވެސް ފުރާނަ ސަލާމަތްވި ކަމަށްޓަކައި މާތް ﷲގެ ހަޒުރަތަށް އިދުރީސް ޝުކުރު ދަންނަވައެވެ. ދެން ދުވަހަކުވެސް އެފަދަ ނުރައްކަލެއްގެ ތެރެއަށް ނަފުސު ވައްޓައިނުލުމަށްވެސް އިދުރީސް ވަނީ އަޒުމު ކަނޑައަޅާފައެވެ.

އިދުރީސް އަފްޣާނިސްތާނުން ފޭބީ މީގެ އަހަރެއް ކުރިންނެވެ. އޭގެ ފަހުން ފަރަންސޭސިވިލާތުގައި 8 މަސްދުވަސް ހޭދަކުރިއެވެ. އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލު ކުރުމުގެ އުއްމީދުގައި، ފަރަންސޭސިވިލާތުގެ އުތުރު ގޮނޑުދޮށް ސަރަހައްދުގައެވެ.

އިދުރީސާ ޖެހިގެން، ހުދު ކުލައިގެ ހުޑީއެއް ލައިގެން އެ ހުރީ ފަވާޒެވެ. ދެން ކުރާނީ ކީއްކަމެއް އެ މައުސޫމު ސިކުނޑިއަކަށް އަދި ނުވިސްނެއެވެ. ނަމަވެސް، ހިނގައިދިޔަ ހާދިސާއިން ގަތް ބިރު އިންތިހާއެވެ.

މީޑިއާއަށް އޭނާގެ މޫނު ފެންނާކަށް ފަވާޒް ބޭނުމެއް ނުވެއެވެ. މޫނު ފޮރުވައިގެން ހުރެ ވާހަކަދައްކަމުން ފަވާޒް ވަނީ ބޯޓު ބަންޑުން ޖަހާލި ހާދިސާގެ ތަޖުރިބާތައް ކިޔައިދީފައެވެ. ހާދިސާ ހިނގުމާއެކު އެންމެ ފުރަތަމަވެސް ފަވާޒް ފެށީ ފަތާށެވެ. ނަމަވެސް، ދެން ޚަބަރު ހުސްވީއެވެ.

ފަވާޒް ވަނީ ފަރަންސޭސިވިލާތުގައި 2 މަހެއްހާ ދުވަސް ހޭދަކޮށްފައެވެ. ގިނަ ރޭތައް ހޭދަކުރީ މަގުތައް މަތީގައެވެ. ނިދީވެސް މަގު މަތީގައެވެ. ދިރިއުޅުމައިގެން ކުރިޔަށް ދާނެ ގޮތަކާމެދު ސުވާލު ކޮށްލުމުން ފަވާޒް އެންމެ ފުރަތަމަ ބުނީ، އަނެއްކާވެސް ޗެނަލް ހުރަސް ކުރަން މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް، މާ ލަސްތަކެއް ނުވެ ޖަވާބު ބަދަލު ކޮށްލިއެވެ.

އީރާނާއި ސޫރިޔާ އަދި އަފްޣާނިސްތާންފަދަ ގައުމުތަކުން އިނގިރޭސިވިލާތަށް މި މަހު އެކަނިވެސް 2000ށްވުރެ ގިނަ ހިޖުރަވެރިން ވަނީ އެތެރެވެފައެވެ. މިދިޔަ ދުވަސްތަކަކީ މޫސުންވެސް ރަނގަޅު ދުވަސްތަކަށް ވުމާއެކު، އިނގިރޭސިވިލާތުގެ ހިމާޔަތަށް އެދިގެން ދަތުރުކުރި މީހުންގެ އަދަދު ގިނަވީއެވެ.

ހިޖުރަވެރިންގެ އަދަދު އިތުރުވެގެން ދިއުމަކީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ރިޝީ ސުނާކަށް މިހާރުވެސް ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ގިނަ ގޮންޖެހުންތަކަށް އިތުރުވާ ތަކުލީފެކެވެ. "ބޯޓުތައް ހުއްޓުވުމަކީ" ވެރިކަމުގެ އާ ދައުރަކަށް ފައިވިއްދަވައިގެން ހުންނެވި ސުނާކުގެ ވައުދުފުޅެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު