Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އަފްޣާނިސްތާން

މިނިސްޓްރީގެ ދޮރުމަތިން ބޮމެއް ގޮއްވާލާ ޠާލިބާނުގެ މިނިސްޓަރެއް އަވަހާރަކޮށްލައިފި

ޚަލީލް ޙައްޤާނީ އަކީ ޠާލިބާނުގެ ތެރޭގައި ނުފޫޒު ގަދަ ޙައްޤާނީ ނެޓްވޯކްގެ އިސް މެންބަރެކެވެ. އެމެރިކާ އިން އޭނާ ވަނީ ބައިނަލްއަޤްވާމީ ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅާ އޭނާ އާ ބެހޭ މައުލޫމާތު ދިން ފަރާތަކަށް 5 މިލިއަން ޑޮލަރު ކަނޑައަޅާފައެވެ. 

ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2024 | ބުރާސްފަތި 15:15
ޚަލީލު ހައްގާނީ ހުސްވި މަހު ކާބުލްގައި، އެމެރިކާ އިން އޭނާގެ ބޮލަށް 5 މިލިއަން ޑޮލަރު ހުށަހަޅާފައިވޭ

ޚަލީލު ހައްގާނީ ހުސްވި މަހު ކާބުލްގައި، އެމެރިކާ އިން އޭނާގެ ބޮލަށް 5 މިލިއަން ޑޮލަރު ހުށަހަޅާފައިވޭ

މިނިސްޓްރީ ގެ ދޮރުމަތީގައި ބޮމެއް ގޮއްވާލައިގެން ޠާލިބާން ސަރުކާރުގެ ރެފިއުޖީންނާ ބެހޭ މިނިސްޓަރު ޚަލީލް ޙައްޤާނީ އަވަހާރަ ކޮށްލައިފިއެވެ.

މިއީ 2021 ގައި އަފްޣާނިސްތާނުގައި ޠާލިބާނުން ވެރިކަމަށް އައި ފަހުން އެންމެ އިސް މަޤާމެއްގައި ހުރި މީހަކު އަވަހާރަކޮށްލި ފުރަތަމަ ފަހަރެވެ. 

އަފްޣާނިސްތާނުގެ ދާޚިލީ ކަންކަމާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި، ޙައްޤާނީ އަވަހާރަ ކޮށްލީ އޭނާގެ އޮފީހުން ނުކުންނެވި ވަގުތު އެއްޗެއް ގޮއްވާލައިގެންނެވެ.

މި ހާދިސާގައި އިތުރު 6 މީހުން މަރުވެފައިވެއެވެ. 

ޚަލީލް ޙައްޤާނީ އަކީ ޠާލިބާނުގެ ތެރޭގައި ނުފޫޒު ގަދަ ޙައްޤާނީ ނެޓްވޯކްގެ އިސް މެންބަރެކެވެ. އެމެރިކާ އިން އޭނާ ވަނީ ބައިނަލްއަޤްވާމީ ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅާ އޭނާ އާ ބެހޭ މައުލޫމާތު ދިން ފަރާތަކަށް 5 މިލިއަން ޑޮލަރު ކަނޑައަޅާފައެވެ. 

އިސްލާމިކް ސްޓޭޓް ގްރޫޕް (އައިއެސް) އިން ވަނީ މި ހަމަލާގެ ޒިންމާ ނަގާފައެވެ. 

އައިއެސްގެ "ނިއުސް އޭޖެންސީ" އަމާގުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އައިއެސްގެ ހަނގުރާމަވެރިއަކު މިނިސްޓަރުގެ އޮފީހުގެ ބޭރުގައި މަޑުކޮށްގެން ހުރެ، އޭނާ ނުކުންނެވި ވަގުތު އެއްޗެއް ގޮއްވާލީއެވެ. 

ރޮއިޓަރސް ނިއުސް އޭޖެންސީން ބުނި ގޮތުގައި، ޠާލިބާނުގެ ތަރުޖަމާނެއް ވަނީ ޙައްޤާނީ އަވަހާރަވީ އައިއެސްގެ ހަމަލާއެއްގައިކަން ކަށަވަރުކޮށްދީފައެވެ. 

ޚަލީލް ޙައްޤާނީގެ އަޚު ޖަލާލުއްދީނަކީ 1980 ގެ އަހަރުތަކުގައި އަފްޣާނިސްތާނުގައި ސޯވިއެޓް ސިފައިންނާ ދެކޮޅަށް ހަނގުރާމަކުރި މަޝްހޫރު ގެރިއްލާ ލީޑަރެކެވެ. އަދި ޠާލިބާނުގެ 20 އަހަރުގެ ހަނގުރާމައިގައި ގިނަ ހަމަލާތަކެއް ދިން ޙައްޤާނީ ނެޓްވޯކް އުފެއްދީ ވެސް އޭނާއެވެ. 

އަވަހާރަކޮށްލި މިނިސްޓަރުގެ ބޭބެ ޖަލާލުއްދީނުގެ ދަރިފުޅު ސިރާޖުއްދީން ޙައްޤާނީއަކީ މިހާރުގެ ޠާލިބާން ސަރުކާރުގެ އެތެރޭގެ ކަންކަމާ ބެހޭ މިނިސްޓަރެވެ. 

2021 ގައި އަފްޣާނިސްތާނުގައ ތިބި ބޭރުގެ ސިފައިން އެ ގައުމުން ފައިބައިގެން ދިޔުމާއެކު ޠާލިބާނުންގެ ފުރިހަމަ ބާރު އެ ގައުމުގައި ހިންގަން ފެށިފަހުން އާންމު ސަލާމަތީ ހާލަތު ރަނގަޅުވެފައިވީ ނަމަވެސް، ތަންތަން ގޮއްވުމާއި ފިދާއީ ހަމަލާ ތައް އެ ޤައުމުގައި އަދިވެސް ދޭތެރެ ދޭތެރެއިން ހިނގަމުން އަންނަކަން ފާހަގަ ކުރެވެއެވެ. 

މި ހަމަލާތަކުގެ ތެރެއިން ގިނަ ހަމަލާތަކުގެ ޒިންމާ ނަގަމުން އަންނަނީ އިސްލާމިކް ސްޓޭޓް ޚުރާސާން ޕްރޮވިންސް ނުވަތަ އައިއެސްކޭޕީއިންނެވެ.

އަފްޣާނިސްތާންތާލިބާން

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

25 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ

08 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު